atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
image
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ ... ތަފްސީލް
 
ކުޅިވަރު
ދިޕޫލް 2010 ނިމިއްޖެ
08 ފެބްރުއަރީ 2010
image
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ. ޖުމްލަ 72 ... ތަފްސީލް
 
އަދުގެދުނިޔެ
ޠާލިބާނުންގެ ވެރިޔާ ބަލޫޗިސްތާނުގައިއުޅޭ ކަމާއިމެދު ޝައްކު
08 ފެބްރުއަރީ 2010
image
ގުއެއްޓާ: ގުއެއްޓާގެ ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި، ތާލިބާނުންގެ އިސްވެރިން އެހިސާބުގައި އުޅެމުންދާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ތުހުމަތުކުރާފަދައިން ތާލިބާނުންނާއި އަލްގައިދާގެ ލީޑަރުން އެހިސާބުގައި އުޅޭނަމަ ... ތަފްސީލް
 
ދިވެހި ރެޑް ކްރެސެންޓްގެ ބިލާއި، އާއިލާއާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމިޓީއަށް ފޮނުއްވައިފި
 
03 ފެބްރުއަރީ 2009
ޝަރާ - ހާމަނޫސް
image
ދިވެހި ރެޑް ކްރެސެންޓްގެ ބިލާއި، އާއިލާއާއިބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް މަޖިލީހުން ބަލައިގަނެ އިޖްތިމާއީ ކަންކަމާއިބެހޭ ކޮމިޓީއަށް މިއަދު ފޮނުއްވައިފިއެވެ.  

މިއަދުގެ ޖަލްސާގައި ރެޑް ކްރެސެންޓްގެ ބިލާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ގިނަ މެންބަރުންވަނީ، މިޖަމާއަތުގެ ތެރެއިން ލާފައި ލާދީނީ ނުފޫޒެއް ފޯރަފާނެކަމުގެ ބިރު ފާޅުކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ދައުލަތުގެ ބަނޑާރަ ނައިބް އަލްއުސްތާޛާ ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނާއި ގަވާއިދުގެތެރޭގައި ލާދީނީ ކަންކަމަށް އެއްވެސް ޖާގައެއް ނެތްކަމަށާއި، އަދި ޖާގައެއް ނުވެސް އޮންނާނެކަމަށެވެ.

މިއަދުގެ ޖަލްސާގައި މިލަދުންމަޑުލު ދެކުނު ބުރީގެ މެންބަރު އަލީ މުހައްމަދު ހުށަހެޅި ނޫނު ހޮޅުދޫގެ އުތުރު ފަރާތް އާދަޔާ ޚިލާފަށް ގިރައި، އެހިސާބުގެ ގެތަކަށް ރާޅުއަރަމުންދާތީ، އެރަށުގެ ހަތްދިހަ އަށްފަރާތުގެ އެދުމުގެމަތިން ނ.ހޮޅުދޫ އިރަމާގޭ މުހައްމަދު ޒުހުރީ ހުށަހަޅާ ޕެޓިޝަނެއް ހުށަހަޅައި، އެޕެޓިޝަންވަނީ ޕެޓިޝަން ކޮމިޓީއަށް ފޮނުއްވާފައެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd