އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
"ހެލްޕް ޕާކިސްތާން" ގެ ނަމުގައި ރާއްޖޭގެ މީޑިއާއިން ޚާއްޞަ ޓެލެތޯންއެއް ބާއްވަނީ
މަކުނުދޫ ރައްޔިތުން ފުރަތަމަ ދުވަހުގެ ރޯދަ އަލުން ހިފަންޖެހޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ލަފާދެއްވައިފި
އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް ރައީސް ނަޝީދަށާއި ޗެއާޕާސަންއަށް ދަންނަވާފައިވާނޭކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙްތަކާއެކުވެސް ބައެއް ހުރަސްތައް އަދިވެސް އެބަހުރި: އިލެކްޝަންސް
ކޮލިފިކޭޝަން އޮތޯރިޓީގެ އައު ބޯރޑުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 2 މީހަކު ހައްޔަރުކޮށްފި
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ...
ތަފްސީލް
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ...
ތަފްސީލް
ވޭތުވެދިޔަ 30 އަހަރުވެސް ދިޔައީ "ވަރަށްގަދަކޮށް" ކަމަށާއި، ދެން އިތުރު "ގަދަ ފަސްއަހަރު" ދައްކަވަން ނޫޅުއްވުމަށް ވަޠަން އެދޭ ގުޅުމުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ޑިއާރްޕީގެ ޒަޢީމަށް ގޮވާލައްވައިފި
14 އޮކްޓޫބަރ 2008
އިބްރާހިމް ވަހީދް (އަސްވާޑް) -
ދިވެހިރައްޔިތުންނަށް މިވެރިކަން ބަދަލުކުރެވިދާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބުނު ދުވަހަކީ 8 އޮކްޓޯބަރުވީ ބުދަދުވަސްކަމުގައި ވަޠަން އެދޭ ގުޅުމުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި ވިދާޅުވެއްޖެއެވެ. އަންނި މިހެން ވިދާޅުވީ އެގުޅުމުގެ ފަރާތުން ރޭ ކެމްޕެއިންގެ ދެވަނަ ބުރު އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރައްޔިތުން މިއުއްމީދުކުރާ އަނެއް ގޮތް، ވަތަން އެދޭގޮތަށް ދިޔައިމާ ލިބޭނެކަން ރައްޔިތުން ވަރަށް ސާފު ސަރީހަ އިބާރާތުން އިންތިޚާބުން ކިޔައިދީފިކަމަށްވެސް މުޙަންމަދު ނަޝީދު އަންނި ވިދާޅުވިއެވެ. "ހެޔޮ ވެރިކަން ކުރުމަށްޓަކައި ޑިމޮކްރަސީގެ ރީތި އުސޫލުތައް އަށަގެންނެވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު ދަންނަވާނީ 1950ގެ އަހަރުތަކުގައި ގާހިރާގެ ހިރަފުހުގައި އުޅުއްވާފައި އަދި ވަޑައިގެންނެވިއެއްކަމަކު ތިމަންނާއަށް ޑިމޮކްރަސީ އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ އޭގެ ފިލާވަޅު އަޅުގަނޑުމެންނަށް ދޭން ނުހައްދަވާށޭ. އަޅުގަނޑުމެންނަށް އެނގިއްޖެއޭ ތިވިދާޅުވާ ޑިމޮކްރަސީ ހުރިގޮތް. އަދަގޮނޑިއާއި ޗޭނާއި އޭންގަލް ދަގަނޑާއި އަޅުގަނޑުމެން ދަންނަމޭ ފެން ގޮޅިވެސް. ޓިނު ގޮޅިވެސް. އަޅުގަނޑުމެންނަށް ތިގަދަ ފަސްއަހަރު ދައްކަވަން ދެން ނޫޅުއްވާށޭ. ފިސާރި ގަދަފަދައޭ، ފިސާރި ގަދަކޮނޭ މިދިޔަ 30 އަހަރުވެސް އަޅުގަނޑުމެންނަށް ފެނިފަ މިއޮތީ. ބައްޔެއް ނޫނޭ. ހަމަގައިމުވެސް އަޅުގަނޑަށް ދިމާވި 20 ވަރަކަށް އަހަރު ދިމާވީ ގަދަކޮށް. އެހެންވީމާ، މާތް ކަލާކޯއޭ އަޅުގަނޑު ދަންނަވާނީ މަނިކްފާނުއޭ ދެން ތިގަދަކަން ނުދައްކާށޭ. އަދިހަމަ އަބަދުވެސް ހިތަށްއަރާ ވާހަކައެއް އިނގޭތޯ އުމުރުން 80 އަށް އަޅާލީމާ ގަދަވާހަކަ ދެއްކީމާ އެދެއްކެނީ ރަކިސް ބޮނޑެއްގެ ވާހަކައޭ" ރޭގެ ޖަލްސާގައި ވަރަށް ޖޯށާއި ފޯރީގައި ވާހަކަފުޅުދައްކަވަމުން ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން މިއުއްމީދުކުރާ ސަލާމަތުގެ އައްސޭރިއަށް މިދިވެހިރާއްޖެ ގެންދިޔުން އެއީ އަޅުގަނޑުމެންގެ ވާޖިބެއްކަމަށާއި، ޖީލެއްގެގޮތުގައި ކުރާން ޖެހިފައި އޮތްކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ދަރީން އަދި އަޅުގަނޑުމެންގެ ދަރީންގެ ދަރީން، އަޅުގަނޑުމެން މިއުޅުނު ހާލުގައި އުޅޭކަށް ބޭނުންނުވާކަމަށާއި، މިރާއްޖެ އެހެންގޮތަކަށް ބަދަލުކުރެވެން އެބައޮތްކަމަށް އަންނި ވިދާޅުވިއެވެ.
މިއިންތިހާބުގެ ފުރަތަމަބުރުގެ ތެރެއިން ދިވެހިރާއްޖޭގައި ސިޔާސީ ޝަޚްސިއްޔަތުތަކެއް ހުރިކަން އަޅުގަނޑުމެންނަށް އެނގިގެންދިޔަކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުގެ މަޤާމު ކިތަންމެ ވަރަކަށް ފުރުއްވިނަމަވެސް އަދި އެހެންވެސް މަތިވެރި މަޤާމެއް ފުރުއްވިކަމުގައިވިޔަސް ސިޔާސީ ލީޑަރަކަށް ވާނީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވޯޓަކާއި ކުރިމަތިލީމައިކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގިއްޖެ މުސްތަގްބަލްގެ ސަރުކާރެއް އޮންނާން ވީގޮތް. އެއީކީ އަޅުގަނޑުގެ ޅިޔަނުންނާއި އަޅުގަނޑުގެ ދެބެންގެ ދެދަރި މީހުންނާއި އަޅުގަނޑުގެ އެއްބަފާމީހުން ލައިގެން ކުރާކަމެއް ނޫންކަން، މިއީ ރައްޔިތުން އެދޭމީހުން ލައިގެން ކުރާ ކަމެއްކަން. އަޅުގަނޑުމެންނަށް ގުޅިފައިއޮތް ސަރުކާރެއް ހެދުމަށް ނޫންގޮތެއް ރައްޔިތުންނެއް ލަފައެއް ނާރުވާ. އިންތިޚާބުގެ ނަތީޖާ ވަރަށްސާފު. ކަލޭ އެކަނި ތިކަން ކުރާން ނޫޅެއްޗޭ. އަޅުގަނޑަކު ނޫޅެން. އަޅުގަނޑުމެން ބޭނުމީ އަޅުގަނޑުމެން އެންމެން އެކީގައި މިކަން ކުރެވޭނެ ގޮތެއް، އިންތިޒާމެއް ގާއިމްކުރުން. އަޅުގަނޑުމެން އުފައްދާ ސަރުކާރެއްގައި އަޅުގަނޑުމެންގެ އެކަނި ސަރުކާރަކަށް، ވަކި ޕާޓީއެއްގެ ވަކި ބައެއްގެ ވަކި މީހެއްގެ ވަކި އާއިލާއެއްގެ ވަރި ރަށެއްގެ ސަރުކާރަކަށް ވެގެން ނުދާނެ. އެއީ ދިވެހިންގެ ސަރުކާރެއް. ދިވެހި ރައްޔިތުންގެ ސަރުކާރެއް" މިޖަލްސާ އަޑުއަހަންތިބި އެތައް ހާސް ބަޔަކާއި މުޚާތަބްކޮށް އަންނި ވިދާޅުވިއެވެ.
އެކިފަރާތްތަކުން މައުމޫން ވެރިކަމުގައި ނުބަހައްޓަންވީ ސަބަބުތައް ހާމަކުރެއްވިއިރު އަންނި ވިދާޅުވީ މައުމޫނަށް ދެން ފުރުސަތު ނުދޭންވީ އެންމެބޮޑު ސަބަބުކަމަށް އެމަނިކުފާނަށް ފެނިލައްވަނީ މިހާ ގިނަދުވަހު ވެރިކަމުގައި ހުންނެވީތީކަމަށެވެ. "ހަމަ އެސަބަބަށްޓަކައި، އިތުރު ސަބަބުތަކަށްޓަކައެއް ނޫން. އަޅުގަނޑުމެން ސިއްހަތު، މަދަރުސާ، މީގެން އެއްވެސް ވާހަކައެއް ދައްކާކަށް އަޅުގަނޑެއް ނެތިން. 30 އަހަރު މަނިކްފާނު ހުންނަވައިފީމެއް ނޫންހޭ، ދެން މާތް ކަލާކޯއަށްޓަކައި ފައިބާވަޑައިގަންނަވާށޭ" އަންނި ވިދާޅުވިއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް