atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
ސިވިލް ސާރވިސްގެ މުވައްޒަފުންނާ ބެހޭގޮތުން ގެންގުޅުއްވާނެ ސިޔާސަތު ޤައުމީ އެއްބައިވަންތަ ގުޅުމުން ހާމަކުރަށްވައިފި
 
13 އޮކްޓޫބަރ 2008
އަސަދުﷲ މުޙައްމަދު - ހާމަނޫސް
image
ޤައުމީ އެއްބައިވަންތަކަމުގެ ގުޅުމުން އުފައްދާ ސަރުކާރެއްގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާ ބެހޭގޮތުން ގެންގުޅުއްވާނެ ސިޔާސަތު މިއަދު ހާމަކުރަށްވައފިިއެވެ. މިސިޔާސަތު ހާމަކުރެއްވުމަށް، ޤައުމީ އެއްބައިވަންތަކަމުގެ ގުޅުމުގައި ހިމެނޭ އެމްޑީޕީއާ ޖުމްހޫރީ ގުޅުމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދު ވިދާޅުވީ، ސިވިލް ސާރވިސްގެ މުވައްޒަފުންގެ ގޮތުގައި ހިމެނޭ މުއައްސަސާތަކުގައި ހިމެނޭ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ސަލާމަތީ ބާރުތަކާއި، ފުލުހުންނާއި، ކަތީބުންނާއި، އަތޮޅުވެރިންނާއި، އަތޮޅުވެރިންގެ އެހީތެރިންނާއި، މުއާވިނުންނާ ދޭތެރޭ ގެންގުޅުއްވާނެ ސިޔާސަތަކީ ވަރަށްފުރިހަމަ ސިޔާސަތެއް ކަމަށެވެ.
ސަލާމަތީބާރުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ތައުރީފް ހައްޤު މަސައްކަތްތަކެއްކަމަށާއި، އެބޭފުޅުންނަކީ ކަމަށް ޤާބިލް ބަޔެއް ކަމަށާއި، އެއީ މިހާރު ވަޒީފާގެގޮތުން ޕްރޮފެޝަނަލް ފޯސްއަކަށް ބަދަލުވެފައިވާ ބައެއްކަމަށް މުޙައްމަދު ނަޝީދު(އަންނި) ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ވަރަށް ޒިންމާބޮޑު މަސައްކަތެއް ކުރައްވަމުންދާ ބައެއް ކަމަށާއި، އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރުމަށް ވަރަށް މުޙިންމު މަސައްކަތެއް ކަމަށވެސްް ވިދާޅުވިއެވެ. ސިފައިންނަކީ ރާއްޖޭގައި އުފެދިފައިވާ އެންމެ ދޮށީ މުއައްސަސާކަމަށް މުޙައްމަދު ނަޝީދު ވިދާޅުވިއެެވެ. އަދި އެބޭފުޅުންނަކީ އެކަށީގެންވާ ރަނގަޅު ފައިޓިންގ ފޯސްއެއް ކަމަށާއި، އެއީ ކަންކަމުގައި އަވަސް ޚިދުމަތްތަކެއް ދިނުމުގެ ޤާބިލް ބައެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެންމެ ކަތީބުންނާ، އަތޮޅުވެރިންނާއި، އަތޮޅުވެރިންގެ އެހީތެރިންނާއި، މުއާވިނުންގެ ތެރޭގައި ނުހަނު އިޚްލާސްތެރިކަމާއެކު، ރަށްރަށުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅުން އެބަ ތިއްބެވި ކަަމަށާއި، އެބޭފުޅުންގެ މުސްތަޤްބަލް ކުރިއަށް ގެންދިއުމުގައި އެބޭފުޅުން ބޭނުންވާގޮތެއް އެނގޭހިދުން، އެބޭފުޅުންނަށް އެކަށޭނަ، ޤަބޫލުކުރައްވާނެ ވަރުގެ ރަނގަޅު ޚިދުމަތްތަކެއް، އެއްބައިވަންކަމުގެ ގުޅުމުގެ ސަރުކާރަކުން ދެއްވާނެ ކަމަށް އަންނި ވިދާޅުވިއެވެ.
ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ސަލާމަތީ ބާރުތަކުގައި އުޅުއްވާ ބޭފުޅުންނަށް އެކަށީގެންވާ ޚިދުމަތްތަކެއްދީ، އެބޭފުޅުންނަށް ދޭންޖެހޭ މަޤާމުތައްދީ، އިނާޔާތްތައްދިނުމަކީ ވަރަށް އިސްކަންދެއްވާނެ ކަމެއް ކަމަށް މުޙަންމަދު ނަޝީދުގެ ރަނިންމޭޓް ޑރ.މުޙައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވިއެވެ. އަދި އެބޭފުޅުންނަކީ ދުނިޔޭގެ ފެންވަރުގައި ވަރަށް ފެންވަރު ރަނގަޅު ބައެއްކަމުގައި ދެކޭތީ، އެބޭފުޅުންނަށް އދ.ގެ ޕީސްކިޕީގ ފޯސްގެ ޚިދުމަތް އަދާކުރެއްވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަކީ ސިފައިންނަށާއި މުޅިޤައުމަށް ވަރަށްބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށާއި، މިޚިދުމަތް ރާއްޖޭގެ ސިފައިންނަށް ލިބޭނެގޮތް ހެދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސިފައިންނާ ފުލުހުންގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެގޮތުން ފެމެލީ ކޯޓާ ދޫކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުމުގައި ސިފައިންނާއި ފުލުހުންގެ ޚިދުމަތްތަކަށް ޖުމްހޫރީ ގުޅުމުގެ ލީޑަރު ޤާސިމް އިބްރާހިމް ތަޢުރީފްކުރެއްވިއެވެ. "އަޅުގަނޑުވެސް އެސަރުކާރެއްގައި ހިމެނިގެން އުފެދޭ ސަރުކާރެއްގައި ސިފައިންނާ ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އަޅުގަނޑުމެން ތައުރީފްކުރަން. ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ އަމާންކަން ދެމެހެއްޓުމަށްޓަކައި އެބޭފުޅުން މަސައްކަތަކެއް ކޮށްފައިވަނީ. އެބޭފުޅުން ބަދުނާމްވާފަދަ ގޮތްތަކަކަށް މީގެކުރީގައި ކަންތައްތައް ކުރެވިފައިވާކަން އެބައެނގޭ. މަޖުބޫރީ ހާލަތްތަކެއް ކުރިމަތިވެގެން ކަންތައްތަކެއް ކުރެވިފައިވީނަމަވެސް އެކަންކަމުގެ ހަޤީގަތް އޮޅިފައެއްނެތް. އެހެންނަމަވެސް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައިގެން މަސައްކަތްކުރާ ދުވަހަކު އެއިން އެއްވެސް ބޭފުޅަކަށް ނަހައްޤުން އެއްވެސްކަމެއް ކުރެވި، ބޭއިންސާފުން ކަމެއް ކުރާނެކަމަށް ނުބައްލަވާ. ދިވެހިރާއްޖޭގެ އެއްވެސް ފަރާތަކަށް އެފަދަކަމެއް ނުކުރެވޭނެ. މިއުޅެނީ  ވަކިމީހަކާމެދު ވަކިގޮތަކަށް ޓްރީޓްކުރެވޭ ސަރުކާރެއް ޤާއިމްކުރުމަކަށް ނޫން. އެއްބައިވަންތަކަމާ ރަހުމަތްތެރިކަން ޤާއިމްކޮށް ރައްޔިތުން ބޭނުންވާ، ރައްޔިތުން ހިތްހަމަޖެހޭ އުފާފާގަތި ދިރުޅުމެއް ޤާއިމްކޮށްދޭނެ ސަރުކާރެއް ޤާއިމްކުރުމަށް." ޤައުމީ އެއްބައިވަންތަކަމުގެ ގުޅުމުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ޢިބްރާހިމް ވިދާޅުވިއެވެ.
ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުހައްމަދު ނަޝީދު ވިދާޅުވީ، ފުލުހަކާ ދިމާއަށް ދުވަހަކުވެސް ބަރުބަހެއް ވިދާޅުވެފައި ނުވާނެ ކަމަށާ، އަދި އެއިން އެއްވެސްބޭފުޅަކާ ޒާތީ މައްސަލައެއް ނޯންނާނެކަމަށާ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި އެބޭފުޅުންގެ ދައުރު ވަރަށް ފުޅާވެގެންދާނެ ކަަމަށެވެ. މިސުވާލުގެ ޖަވާބުގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ސިފައިންނާ ފުލުހުންނަކީ އެންމެ ކުރީސަފުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި، ޕޮލިޓިކަލް ސިނާރިއޯގައި އެއްވެސްކަހަލަ ތަފާތު ޚިޔާލެއް އައިސްފިކަމަށްވާނަމަ، އެބޭފުޅުން މެދުވެރިކޮށް މިޤައުމުގެ ވެރިއަކަށް ހުންނެވިމީހާ، ޒަމާނުއްސުރެ ވެރިކަން ދަމަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ ހައްޤުން ކަމަށްވިޔަސް ނަހައްޤުން ކަމަށްވިޔަސް މިކަން ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. ޤާނޫނުއަސާސީއާ ޚިލާފަށް ކަންތައްތަކެއް ކުރުމަށް އަމުރުކުރާއިރުވެސް އަނބިދަރީންގެ ހާލަތަށްތަށްޓަކައި މަޖުބޫރުވެގެން ކަންތައްތަކެއް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ސިފައިންނާ ފުލުހުންނަށް ކޮންމެބަޔަކުވެސް ޢަމަލުކުރަންވީގޮތުގެ ޤާނޫނެއް ހެދިފައިވާ ކަމަށާއި، ކޮންމެ ކަމަކަށް "ޔޭސް ސަރ" ކިޔަން މަޖުބޫރެއް ނުކުރެވޭނެކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެެވެ.
މިބައްދަލުވުމުގައި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ސިވިލް ސާރވިސްގެ މުވައްޒަފުންގެގޮތުގައި ހިމެނޭ މުއައްސަސާތަކުގައި ހިމެނޭ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ސަލާމަތީ ބާރުތަކާއި، ފުލުހުންނާއި، ކަތީބުންނާ، އަތޮޅުވެރިންނާއި، އަތޮޅުވެރިންގެ އެހީތެރިންނާއި، މުއާވިނުންނަށް ވަކިފަރާތަކަށް ބުރަވެ، އަދި ބިރުގަންނަން ނުޖެހޭނެ ކަމަށް އެގުޅުމުންވަނީ ހާމަކޮށްފައެވެ. 

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd