އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
ހަބަރު
ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، ބައެއް މީޑިޔާތަކުން ޕާޓީ ބަދުނާމްކުރާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ހުއްދަ ނުހޯދައި ޑީއާރްޕީގެ ނަމާއި ލޯގޯ ބޭނުންނުކުރުމަށް އިހްތިޖާޖް ޓީމަށް އަންގައިފި
ހުޅުމާލެ ފެރީއަކާއި ލޯންޗެއްޖެހި 11 މީހަކަށް އަނިޔާވެއްޖެ
ޖީސީއީ އޯލެވެލް ނަތީޖާ: ބޭނުންވި ނަތީޖާ ވޭތިވެދިޔައަހަރު ހާސިލް ނުކުރެވުނުކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ
ނައިބު ރައީސް ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ޢާންމު ޚިދްމަތްދޭ ތަންތަން ބައްލަވާލައްވައިފި
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ ރާއްޖެ ވަޑައިގެންފި
ރިޕޯޓް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ ...
ތަފްސީލް
ކުޅިވަރު
ދިޕޫލް 2010 ނިމިއްޖެ
08 ފެބްރުއަރީ 2010
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ. ޖުމްލަ 72 ...
ތަފްސީލް
އަދުގެދުނިޔެ
ޠާލިބާނުންގެ ވެރިޔާ ބަލޫޗިސްތާނުގައިއުޅޭ ކަމާއިމެދު ޝައްކު
08 ފެބްރުއަރީ 2010
ގުއެއްޓާ: ގުއެއްޓާގެ ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި، ތާލިބާނުންގެ އިސްވެރިން އެހިސާބުގައި އުޅެމުންދާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ތުހުމަތުކުރާފަދައިން ތާލިބާނުންނާއި އަލްގައިދާގެ ލީޑަރުން އެހިސާބުގައި އުޅޭނަމަ ...
ތަފްސީލް
ތަޖްރިބާވެރި ލީޑަރާއެކު - ޖުމްހޫރީ ޕާޓީ ކުރިޔަށް!
23 އޮގަސްޓު 2008
މުޙަންމަދު ނަޞީރު، އއ.މާޅޮސް
ޤައުމީ ލީޑަރުންގެ ސިޔާސަތަށް ނަޒަރު ހިންގާއިރު، ޢާއްމުގޮތެއްގައި ތިން ރޮނގެއް ފާހަގަކުރެވެއެވެ. އެއީ، ޒަމާނުއްސުރެ ޤައުމުއޮތް ޙާލަތުގައި، އިޞްލާޙީ ބަދަލަކާނުލައި މަޑުމަޑުން އޮތުމާއި، ވެރިކަން ދެމެހެއްޓުމުގެ ގޮތުން، ރައްޔިތުން ހައްލާލެވޭ ވަގުތީ ކަންތައްތަކެއް ހިންގުމާއި، ޤައުމުގެ މުސްތަޤްބަލަށްޓައި، ބިނާކުރަނިވި، އަދި ދެމެހެއްޓެނިވި ލަނޑުދަނޑިތަކެއް ޙާޞިލްކުރުމެވެ. ލީޑަރެއްގެ ލީޑަރޝިޕްގެ ދަށުން ޤައުމަކަށް، ތަމައްދުނާއި ތަހްޒީބުގެ މައިދާނަށް ނުކުމެވެނީ އެންމެފަހުން މިބަޔާންކުރި ސިޔާސަތު އޭގެ ޙަޤީޤަތުގައި ހިންގިގެންނެވެ. ދިވެހިރާއްޖެ، މިއަދުގެ ދުނިޔޭގައި، ތަރައްޤީވާންވީ މިންވަރަށް ތަރައްޤީ ނުވެއޮތުމުގެ ސިއްރަކީ، މިސިޔާސަތު އެކަށީގެންވާ ގޮތެއްގައި ހިންގިފައި ނެތުމެވެ.
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމި، އެތެރެވަރިއަށް ތަރައްޤީގެ އޮއިވަރު އަންނަންފެށީ، ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. އޭގެފަހުން މިއަދާހަމައަށް ގާތްގަނޑަށް ފަސްދޮޅަކަށް އަހަރުވެއްޖެއެވެ. އެތެރެވަރީގެ ކުދިކުދި ޤައުމުތައް ތަރައްޤީގެ ތެރެއަށްވަނީ މިވޭތުވެދިޔަ ބައިޤަރުނެއްހާ ދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް، ދިވެހިރާއްޖެ އަދިވެސް މިއޮތީ، އެލިސްޓުގެ އެންމެ ފުލުގައެވެ.
އަހަރެންވެސް އެއްބަހެވެ. ދިވެހިރާއްޖެއަކީ، ހިކިފަސްތަންކުޑަ، ޤުދުރަތީ ވަސީލަތްތައް މަދު ޤައުމެކެވެ. މީސްކޮޅުމަދު، ހިކިފަސްތަނަށްވުރެ ކަނޑުބޮޑު، ހަނަފަސް ބިންތަކެއްއޮތް، ދުރުދުރުގައިވާ ކުދިކުދި ރަށްތަކެކެވެ. މިކަންކަމަކީ، ބައިނަލްއަޤްވާމީ ނަޒަރުން ބަލާއިރު، ތަރައްޤީވެ ކުރިއަރައި ދިއުމަށް ހުރަސްއެޅޭ ކަންތައްތަކެވެ. އެތެރެވަރީގެ އެހެނިހެން ޤައުމުތަކާ އެއްސަފުގައި ފައިހަމަ ކުރުމަށްޓަކައި، މިހުރަސްތައް ނައްތާލަން އެބަޖެހެއެވެ. ވޭތުވެދިޔަ ބައިޤަރުނަށް ބަލާއިރު، ތަރައްޤީއަށް ހުރަސްއެޅޭ ސަބަބުތައް ނަފީކުރުމަށް، އެއްވެސް އިރެއްގައި އެއްވެސް ސަރުކާރަކުން ޢަމަލީ މަސައްކަތެއް ކުރެވިފައެއް ނެތެވެ.
މިހެންވުމުން، އިޤްތިޞާދީ ގޮތުންނާއި މާލީގޮތުން، ޞިއްޙީގޮތުންނާއި ތަޢުލީމީ ގޮތުން، އަދިވެސް، އިޖްތިމާޢީ އެހެނިހެން ރޮނގުރޮނގުން ދިވެހި ޤައުމު މިއޮތީ އަސާސީ ޒަރޫރީ އޮޅިތައްވެސް ގިރާނުކުރެވިއެވެ. މިބަހުގެ މާނައަކީ، ދިވެހިރާއްޖެއަށް، ރާއްޖޭގެ ވެރީން "ޚިދުމަތެއް" ނުކުރައްވައޭ ބުނުމެއް ނޫނެވެ. ނަމަވެސް، ސާފު ބޯފެންނުލިބޭ، ގްރޭޑް 7 ގެ ތަޢުލީމުން މަޙްރޫމްވެފައިވާ އަދި، ޕްރައިމަރީ ފެންވަރަށް ޞިއްޙީ ޚިދުމަތް އަތުނުޖެހޭ ވަރަށްގިނަބަޔަކު މިރާއްޖޭގައި އެބައުޅެއެވެ. ހަމައެޔާއެކު، އިޤްތިޞާދީ ގޮތުން "ފަގީރުކަން" ނައްތާލެވޭ ގޮތެއް އަދިވެސް ނުވެއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު މުޅީންވެސް ބިނާވެފައިމިއޮތީ ކަނޑުދަތުރުފަތުރުގެ ނުވަތަ އެއްގަމަށްވުރެ ބޮޑަށް، ކަނޑާ ގުޅުންހުރި ވަސީލަތް ތަކުގެމަތީގައެވެ. މަސްވެރިކަމާއި، ޓޫރިޒަމެވެ. ނާލުދަތުރުތަކާއި، ބޯޓް ދަތުރުތަކެވެ. ފެރީ ސާރވިިސްއާއި، ސަފާރީކުރުމެވެ. މިކަންކަމުގެ ތެރޭން އެއްވެސްކަމެއް މިޒަމާނުގެ ފެންވަރަށް އަދި ތަރައްޤީއެއް ނުވެއެވެ. ޓޫރިޒަމް އިންޑަސްޓްރީ އެކަށީގެންވާ ފެންވަރަކަށް އުފުލުނު ކަމަށްވިޔަސް، އޭގެފައިދާ އަދިވެސް މިއޮތީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޙިއްޞާ ނުވެއެވެ. މަސްވެރިކަމުން، ޤައުމުގެ އިޤްތިޞާދުގެ ބޮޑުބައި ޙިއްޞާކުރިޔަސް އަދިވެސް އަވައްޓެރި ޤައުމުތަކުގައި މަސްވެރިކަންކުރާ ފެންވަރަށް ރާއްޖޭގައި މަސްވެރިކަމެއް ނުކުރެވެއެވެ. ބޯޓް ދަތުރުކުރުމުގެ ރޮނގުން، ރާއްޖެ ދަނީ ދަށަށެވެ. މުޅި ރާއްޖެ ޝާމިލްވާ ފެރީ ނިޒާމެއް އަދިވެސް ނެތެވެ.
މިހެންވުމުން، ތަނުންލިބެންހުރި ޤުދުރަތީ ވަސީލަތްތައްވެސް، ދިވެހިންނަށް މިވަނީ ރަނގަޅު ގޮތުގައި ނުލިބިއެވެ. އޭގެ ފައިދާ ނަގަންވީގޮތުގައި ނުނެގިއެވެ. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ މުއްސަނދިކަން ގެންދަނީ ބޭރުމީހުންނެވެ. ގިނަރިސޯޓްތަކާއި، ގިނަސަފާރީ ހިންގަނީ ބިދޭސީ ހޮޓެލް ޗޭނު ތަކުންނެވެ. ދުވާލަކު އެއްފަހަރު، ރަށަށްނުލަފާ، މަސްވެރިކަން ކުރެވޭ ފެންވަރުގެ ޓެކްނޮލޮޖީއެއް، ދިވެހި މަސްވެރިންގެ އަތަކަށް އަދިއެއްނާރައެވެ. ވީއިރު، އަވަށްޓެރި ޤައުމުގެތަކުގެ މަސްބޯޓްފަހަރު، "ފަޅުދަށުން" މަސްވެރިކަން (ވަގަށް) ކުރާއިރު، ބެލެހެއްޓޭނެ އިންތިޒާމެއްނެތެވެ. ބިޑްކާމިޔާބު ކޮށްގެން ލިބޭ ފަޅުރަށް، ބިދޭސީންނަށް ވިއްކާލަނީ، ދިވެހިންގައި ރިސޯޓެއް ތަރައްޤީކުރާނެ މާލީ ތަނަވަސްކަމާއި، އަދި ކަމުގެ ތަޖްރިބާވެސް ނެތީމައެވެ. އަމުދުން، މިކަންކަމުގެ ޤާބިލްމީހުން ޤައުމުގައި ތައްޔާރު ކުރެވިފައެއްވެސްނެތެވެ. މިއަދު، ޑިމޮކްރަސީގެ އާފަތިހަކަށް ދިވެހި ޤައުމު ހޭލާއިރު، ޙާލަތު އޮތީ މިފެންވަރުގައެވެ.
މިއަދު، ދިވެހިން މިކުރިމަތިލަނީ، ދުވަހަކުވެސް ދެކިފައިނުވާފަދަ މިނިވަން ސިޔާސަތަކާއެވެ. މިސިޔާސަތުގެމެދަށް ޖުމްހޫރީ ޕާޓީ ނުކުންނައިރު، އަދި، ދިވެހި ޤައުމީ އޮޑީގެ ހުންގާނު ހިފުމަށް ކަށަވަރުކުރެވޭ އުއްމީދުތަކެއް އާކުރާއިރު، ޖުމްހޫރީ ޕާޓީއާ އެކުވެފައިވަނީ ތަޖްރިބާއާއި ޔަގީންކަމުގެ ވިންދުތަކެކެވެ. ޚާއްޞަކޮށް، ޕާޓީގެ ލީޑަރުގެ އަމިއްލަ ސިކުނޑިއާ ގުޅިފައިވާ ތަޖްރިބާއާއި ޔަގީންކަމެވެ. ޖުމްހޫރީ ޕާޓީ ކުރިއަށްމިދަނީ ނުވަތަ ކުރިޔަށްދިއުމުގެ ދަތުރު ފަށަނީ، މިއަގުހުރި އިބްރަތްތަކުގެ ބާރުގައެވެ. ދިވެހި ޤައުމުގެ މާޒީއާއި ޙާލަތާއި މުސްތަޤްބަލުގެ ތަޞައްވުރު ކުރިމަތީގައި ރަނގަޅަށް ސާބިތުކޮށްގެނެވެ. ދިވެހި ޤައުމު ވޭތުކުރި ވޭންދެނިވި ދުވަސްތަކާއި، ދެކެމުންދާ ހިތްދަތި މަންޒަރުތަކާއި، ކުރިމަގުގައިއޮތް ހުރަސްތައް ރަނގަޅަށް ދެނެގެން ތިބެއެވެ.
މިއަދު، ޤައުމަށް ބޭނުމީ، ރަނގަޅު މާޙައުލަކަށް ނޭވާލެވޭނެ، ޤައުމީ ސިޔާސަތެކެވެ. ޤައުމު އެދި ގޮވަނީ، އިޖްތިމާޢީ ޢަދާލަތަށެވެ. ހަމަހަމަ ކަމާއި އިންޞާފަށެވެ. ޒާތީ މަޞްލަޙަތުތައް ދޫކޮށް، ޖަމާޢަތުގެ މަޞްލަޙަތު ތަކުގައި ހިފުމަށެވެ. އަވަށްޓެރި ޤައުމުތަކުގެ ރައްޔިތުން އިޙްސާސްކުރާ އުފާވެރިކަން، މިޤައުމަށް ގެނެސްދިނުމަށެވެ. ޖުމްހޫރީ ޕާޓީ، ތަޖްރިބާއާއި ހެޔޮވިސްނުމުގައި ކުރިމަތިލާފައިވަނީ އެމަޤްޞަދުތައް ޙާޞިލްކޮށްދިނުމަށެވެ. އޭގެ ފަހަތުގައިވަނީ، ވޭތުވި ތިރީސްއަހަރުގެ ސިޔާސީ ބަލިފައިތަކުގެ ޙަޤީޤަތެވެ. ކުރިމަތީގައިވަނީ، ޤައުމަށް ހެޔޮއެދޭ ޤައުމުގެ ޢިއްޒަތްތެރި ޚާދިމުންގެ އިޚްލާޞްތެރި ޚިދުމަތްތަކެވެ. އެހުރިހާ ކަމެއްގެ މެދުގައި ހުންނެވީ، ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމެވެ.
ޤާސިމް އިބްރާހީމްގެ ސިޔާސީ ޚިދުމަތުގެ ތެރޭން ހަމައެކަނި، މާލީދާއިރާގެ ތަރައްޤީ ބަޔާންކުރިޔަސް ހެއްކަކަށް ފުދޭނެއެވެ. ޤާސިމް، ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، މަނިޓަރީ ރިޒާވްގައި (2005 ވަނައަހަރު) ހުރީ 185 މިލިޔަން ޑޮލަރެވެ. 2006 ވަނައަހަރު ނިމުނުއިރު 229 މިލިއަންޑޮލަރ ރިޒާވްގައި ޖަމާކުރައްވައިފިއެވެ. 2007 ވަނައަހަރު އެޢަދަދު ވަނީ 309 މިލިޔަނަށް އިތުރުކުރައްވާފައެވެ. ނަމަވެސް، ޤާސިމް އިބްރާހީމް މާލީ ވަޒީރުކަމުން ވަކިވެވަޑައިގެންފަހުން މިހާރުވަނީ އެޢަދަދު 257 މިލިއަނަށް ދަށްވެފައެވެ........... މިއަދު ޤައުމަށް ދިމާވެފައިމިވާ އިޤްތިޞާދީ މާލީ މައްސަލަތަކުގެ ހުރިހާވެސް އަސްލަކީ، ލިބޭ އެއްޗަކަށްވުރެ ޚަރަދުބޮޑު، ކެޕިޓަލް ޚަރަދަށްވުރެ ރިކަރަންޓް ޚަރަދު އިތުރު، އިސްރާފާއި ދަޅަދެއްކުން ހައްދުފަހަނާޅައިފައިވާ ސިޔާސަތެއް ހިންގުމެވެ. ޖުމްހޫރީ ޕާޓީ މިކަމުން ޢިބްރަތް ޙާޞިލްކުރެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަކީ، އެދޯހަޅި ސިޔާސަތު ލޮލުންދެކި އަތުން ހިފާފައިވާ އަދި، އޭގެ އެތެރޭގެ ޙަޤީޤަތްތައް ތަޖްރިބާ ކުރައްވާފައިވާ ބޭފުޅެކެވެ. ޤާސިމް އިބްރާހީމް، ޖުމްހޫރީ ޕާޓީ ކުރިޔަށް ގެންދަވާނީ، މިތަޖްރިބާތަކުގެ އަލީގައެވެ. ޕާޓީގެ ލީޑަރަށް މަރުޙަބާ ދަންނަވަމެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް