atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
ޑީއާރްޕީގެ 13 މެމްބަރަކަށް ވަޒީފާ އަނބުރާ ދިނުމަށް ކޯޓުން އަމުރުކުރި މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ހައިކޯޓަށް ހުށަހަޅަން ނިންމައިފި
އެ ޙުކުމަކީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހާއި ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ކުރެއްވި ހުކުމެއް: ސިވިލް ސާވިސް ކޮމިޝަން
 
02 ޖޫން 2008
އިބްރާހިމް ވަހީދް (އަސްވާޑް) -
image
ޚާއްސަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް ނިސްބަތްވާ، 13 މެމްބަރަކު އެނދިވަޑައިގަތް ގޮތަށް އެބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވަނީ ޤަަވާއިދާ ޚިލާފަށް ކަމަށް ނިންމައި އެބޭފުޅުންގެ ވަޒީފާ އިޔާދަ ކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް މަދަނީ ކޯޓުން އިއްޔެ ހުކުމްކުރެއްވުމުން އެމައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން މިނޫހަށް މައުލޫމާތުދެއްވިގޮތުގައި މިމައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމެވީ މައްސަލަ ނިމުނުގޮތާއިމެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީއެވެ.

އިއްޔެ މަދަނީ ކޯޓުން ކުރި ހުކުމަކީ ރާއްޖޭގެ ޤާނޫން ހަދާ މަޖިލީހާއި ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ކުރެއްވި ހުކުމެއްކަމަށް ސިވިލް ސާވިސް ކޮމިޝަނުން ދެކޭކަމަށައި، އެކަމާ އެކޮމިޝަނުން ހިތްހަމަ ނުޖެހޭތީ މައްސަލަ އިސްތިޢުނާފް ކުރުމަަށް ހައިކޯޓަށް ހުށަހަޅަން ނިންމެވީކަމަށް ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެއްވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާ، ސިވިލް ސާވިސް ކޮމިޝަނާއި ހިންގަން ހަވާލުކުރި ޤާނޫނާއި، ޤާނޫން އަސާސީއާއި ޚިލާފްވާ ބައެއް ކަންކަން އޮތްކަމަށް އިއްޔެ ޙުކުމް ކުރެއްވީތީ އަޅުގަނޑުމެން އެމައްސަލަ ހައި ކޯޓަށް މިހުށަހަޅަނީ. މި ކޮމިޝަނުން ދެކޭގޮތުގައި އެޙުކުމަކީ ރާއްޖޭގެ ޤާނޫން ހަދާ މަޖިލީހާއި ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ކުރެއްވި ހުކުމެއް. އެކަމާ މިކޮމިޝަނުން ހިތްހަމަ ނުޖެހޭތީ ހައިކޯޓަށް ހުށަހަޅަން ނިންމީ. އެކަމަކު ހައިކޯޓަށް ހުށަހަޅާނީ ކޮން ތާރީޚެއްގައިކަމެއް ދަންނަވާކަށް ނޭނގޭ" ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިނޫހަށް މައުލޫމާތުދެމުން ވިދާޅުވިއެވެ.

މަދަނީ ކޯޓްގެ ސީނިއަރ މެޖިސްޓްރޭޓް ޢަލީ ނަސީރު އާއި އެކޯޓްގެ ޤާޟީ އަބުދުﷲ އަލީ ކުރިއަށް ގެންދެވި ޝަރީއަތުގައި ޑީއާރުޕީއަށް ނިސްބަތްވާ އެކި އަތޮޅުތަކަށް އިންތިޚާބުވެފައި ތިބި 10 މެމްބަރުން ކުރަމުންދާ ދައުވާގެ ހުކުމުގައި ބުނެފައި ވަނީ ސިވިލް ސާވިސް ގާނޫނުގެ 41 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރަކީ މިހާރު އަމަލު ކުރެވެމުންދާ ޤާނޫނު އަސާސީއާ ތައާރުޒުވާ މާއްދާއަކަށް ވާތީ، އެމާއްދާ ބާތިލްވާ ކަމަށާއި، އެހެން ކަމުން އެ ދިހަ ބޭފުޅުން ސިވިލް ސާވިސްގައި އަދާކުރަމުންއައި ވަޒީފާއަށް އަނބުރާ އިޔާދަކޮށް ވަޒީފާ ހަމަޖައްސައި ދިނުމަށް ސިވިލް ސާވިސްގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.

ސިވިލް ސާވިސް ގާނޫނުގެ 41 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރަކީ މިހާރު އަމަލު ކުރެވެމުންދާ ޤާނޫނު އަސާސީއާ ތައާރުޒުވާ މާއްދާއަކަށް ވާތީ، އެމާއްދާ ބާތިލްވާ ކަމަށް ޝަރީޢަތުން ޙުކުމްކުރެއްވިއިރު ސިވިލް ސާވިސް ގާނޫނުގެ 41 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަންބަރު އަމަލު ކުރެވެމުންދާ ޤާނޫނު އަސާސީއާ ތައާރުޒުވަނީ ޤާނޫނު އަސާސީގެ ކޮންމާއްދާއަކާއި ކިހާވަރަކަށްކަން ޙުކުމުން ސާފުކޮށްދެއްވާފައި ނުވާކަމަަށް ބައެއް ޤާނޫނީމާހިރުން ވިދާޅުވެއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމާ ދެކޮޅަށް މަދަނީ ކޯޓަށް ދަޢުވާއުފުލި ޑީއާރުޕީއަށް ނިސްބަތްވާ ދިހަ މެމްބަރުންނަކީ ގދ. މެންބަރު މުހައްމަދު ވަހީދު އަލީ, ހދ. މެންބަރު އަބްދުﷲ ނަސީރު, ޅ. މެންބަރު އަބްދުﷲ އަލީ, ފ. މެންބަރު އަންވަރު އަލީ, ވ. މެންބަރު މޫސާ ނިޒާރު, ގއ. މެންބަރު އިބްރާހިމް ޚަލީލް އަބްދުﷲ, ސ. މެންބަރު އިބުރާހިމް ޠާހިރު, ށ. އަތޮޅު މެންބަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން, ށ. އަތޮޅު މެންބަރު މޫސާ ރަމީޒު, ގދ. މެންބަރު އަބްދުﷲ ލަތީފު އެވެ.

ރައީސުލް ޖުމްހޫރިއްޔާ ޢަންޔަން ކުރައްވާފައިވާ ތިން މެމްބަރުން ކުރައްވާފައިވާ ދަޢުވާގެ ޙުކުމުގައި ބުނެފައި ވަނީ ސިވިލް ސާވިސްގެ ޤާނޫނަށް ޢަމަލު ކުރަން ފެށިފަހުން އެތިން ބޭފުޅުން ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެފައިވާކަން ސިވިލް ސާވިސް ކޮމިޝަނަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި، އެހެން ކަމުން ސިވިލް ސާވިސް ޤާނޫނުގެ ތަރަހައިގެ ތެރެއިން އެތިން ބޭފުޅުންނަކީ ވަޒީފާއިން ވަކި ނުކުރެވޭނެ ތިން ބޭފުޅުން ކަމަށް ނިންމައި އެތިން ބޭފުޅުން ކުރިން އުޅުނު ވަޒީފާ އަނބުރާ ދިނުމަށެވެ. ރައީސްގެ މިތިން މެމްބަރުން ނަކީ މުހައްމަދު އަނިލްއާއި އަބްދުއްރަޝީދު ނާފިޒު އާއި މުޙައްމަދު ޤުބާދު އަބޫބަކުރެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd