atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ޒުވާން އަންހެން ލޯޔަރަކު، ޤާސިމް އިބްރާހީމާ ދިމާކުރުން
05 ފެބްރުއަރީ 2012
image
ޑިސެމްބަރ 23 ގެ މުޒާހަރާއިން ފެށިގެން މިހާތަނަށް މިހިނގައިދިޔަ މުޒާހަރާތައް ނުވަތަ ހަމަނުޖެހުންތައް ހިންގީ ހަމައެކަނި ޤާސިމު އިބްރާހީމްތޯ ސުވާލުކޮށްލުމަކީ މިއަދު އަޅުގަޑުގެ ފުރަތަމަ ޕޮއިންޓެވެ. އެމްއެމްއޭ ... ތަފްސީލް
 
ކުޅިވަރު
ވީއޭއެމްގެ ޕްރެޒިޑެންޓްސް ކަޕް: ވިޗެންޒާގެ މައްޗަށް ފަސޭހަ މޮޅަކުން ޖުވެނައިލް ސެމީއަށް
05 ފެބްރުއަރީ 2012
image
4 ވަނަ ވީ.އޭ.އެމް ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ރޭ ކުޅުނު މެޗް ވިިޗެންޒާގެ މައްޗައް ފަސޭހަ މޮޅަކުން މޮޅުވުމަށްފަހު ނައިފަރު ޖުވެނައިލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ... ތަފްސީލް
 
އަދުގެދުނިޔެ
އީރާނަށް ޢަސްކަރީ ޙަމަލާއެއް ދެވޭނެ ތާއީދު ލިބެމުންދާކަމުގައި އިޒްރޭލުން ބުނެފި
05 ފެބްރުއަރީ 2012
image
ހެރްޒްލިޔާ-އިޒްރޭލް: އިޒްރޭލުން އީރާނުދެކެ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުން  ދުނިޔެއަށް އޮތް ބިރެއްގެގޮތުގައި އީރާން ސިފަކޮށްގެން އީރާނަށް ޢަސްކަރީ ޙަމަލާއެއް ދޭނެގޮތެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ ... ތަފްސީލް
 
ގިނަޢަދަދެއްގެ ޞައްޙަނޫން ޑޮލަރުތަކެއް އަތުލައިގެންފި
 
05 ސެޕްޓެންބަރ 2010
މުޙައްމަދު ޝާން (ހާމަ ނޫސް)
image
ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ޞައްޙަނޫން ޔޫއެސް ޑޮލަރުތަކެއް ހޯދައިފިއެވެ.

މިކަމުގެ މަޢުލޫމާތު އިސްކަންދަރު ބިލްޑިންގގައި ނޫސްވެރިންނަށް ދެއްވަމުން ޕްރޮޕަޓީ އެންޑް ކޮމާޝަލް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝިދު ވިދާޅުވީ، މިދިޔަ އޮގަސްޓްމަހު 16 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޅ.ހިންނަވަރު ސެލް/ ޙުސައިން ޢަލީ ދިރިއުޅޭ މއ.ކުއްޅަފިލާގޭ ކޮޓަރިއެއް ބަލާފާސްކުރި ކުރުމުން އެކޮޓަރީތެރޭގައިހުރި ކަބަޑެއްގެތެރެއިން އެއް ސީރިއަލް ނަމްބަރެއް ޖަހާފައިވާ ގިނަ ޢަދަދެއްގެ ޞައްޙަނޫން 100 ޑޮލަރުގެ ނޫޓުތަކެއްވަނީ ފެނިފައެވެ. މިގޮތުން ފެނިފައިވާ ޞައްހަނޫން ޑޮަލަރުތަކުގެ ޖުމުލަ ޢަދަދަކީ /-248300  (ދެލައްކަ ސާޅީސް އަށްހާސް ތިންސަތޭކަ) އެވެ.
މިމައްސަލައާއިގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް މައްސަލަދަނީ ތަޙުޤީޤް ކުރަމުންނެވެ.

މީގެ އިތުރުން މިސެޕްޓެމްބަރުމަހު 1 ވަނަ ދުވަހު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަޢަދަދެއްގެ ޞައްޙަނޫން ފައިސާތަކެއް ގެންގުޅޭކަމުގެ ތުހުމަތުގައި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް އެމީހުންގެ ހަށިގަނޑާއި ދިރިއުޅޭތަން ބަލާ ފާސްކުރިކުރުމުން ގިނަޢަދަދެއްގެ ޞައްޙަނޫން ޔޫއެސް ޑޮލަރާއި އަދި ޞައްޙަނޫން ދިވެހި ފައިސާތަކެއްވެސްވަނީ ފެނިފައެވެ. މި 2 މީހުން އަތުން ފެނުނު ޞައްޙަނޫން ޔޫއެސް ޑޮލަރުގެތެރޭގައި އެއްސީރިއަލް ނަމްބަރެއްޖަހާފައިވާ-/50000 (ފަންސާސްހާސް ޑޮލަރު) އާއި 100 ރުފިޔާއާއި 50 ރުފިޔާގެ ޞައްޙަނޫން ދިވެހި ފައިސާވެސް ފެނިފައިވެއެވެ. މި 2 މީހުންގެ މައްސަލަވެސް ފުލުހުންދަނީ ތަޙުޤީޤް ކުރަމުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްތަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ވިދާޅުވީ، މިހާރަކަށް އައިސް ޞައްޙަނޫން ޔޫއެސް ޑޮލަރުގެ ވިޔަފާރިކުރުމުގެ ބޭނުމުގައި މަކަރާއި ހީލަތުން އޮޅުވާލައިގެން ޑޮލަރު ވިއްކަމުންދާ މައްސަލަތަށް ގިނަޢަދަދަކަށް ފުލުހުންނަށް ހުށަހެޅެމުންދާކަމަށެވެ. މިހެންކަމުން ޔޫއެސް ޑޮލަރު ގަންނައިރު ހުރިހާ ފަރާތްތަކުންވެސް ޑޮލަރުގެ ޞައްޙަކަމާއިމެދު ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް މޯލްޑިވް ޕޮލިސް ސާރވިސްއިން އިލްތިމާސް ކުރާކަމަށެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd