atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ރާއްޖެ 21 އަށްވުރެ މަދު ނުވަތަ ގިނަ ދާއިރާތަކަކަށް ބަހާލުމަކީ ކުރެވޭނެކަމެއް ނޫންކަމަށް މަޖިލީހުން ބުނެފި
ފެނާއި ނަރުދަމާއި ކަރަންޓުގެ ނިޒާމު ހަމަޖައްސައިދިނުމުގައި ސަރުކާރުވަނީ ފޭލްވެފައި: ތަސްމީން
 
11 މާޗް 2010
އިބްރާހިމް ވަހީދް (އަސްވާޑް)
image
ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގުމަށްޓަކައި 21 ދާއިރާއަށްވުރެ މަދު ނުވަތަ އެއަށްވުރެ ގިނަ ދާއިރާތަކަކަށް ބަހާލުމަކީ ކުރެވޭނެކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނަށް އިއްޔެ މަޖިލީހުން ދެއްވި ޖަވާބް އިއްވަމުންނެވެ.

"ލާމަރުކަޒީ ޢުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަކީ ޤާނޫނުއަސާސީން ދިވެހި ދައުލަތަށް ލާޒިމް ކޮށްފައިވާކަމެއް. އަދި މިގޮތުން ލާމަރުކަޒީ ޢުޞޫލުން ރާއްޖެ ހިންގުމުގައި އިދާރީ ދާއިރާތައް ބަހާލެވޭނެ 21 ދާއިރާ، ޤާނޫނުއަސާސީގައިވަނީ ކަނޑައަޅާފައި. އެހެންކަމުން ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގުމަށްޓަކައި އެއަށްވުރެ މަދު ނުވަތަ އެއަށްވުރެ ގިނަ ދާއިރާތަކަކަށް ބަހާލުމަކީ ކުރެވޭނެކަމެއް ނޫން" ރާއްޖެ 7 ޕްރޮވިންސަކަށް ބަހާލައިގެން ލާމަރުކަޒީ އުސޫލުން ހިންގެވުމުގައި މަޖިލީހުގެ އެއްބާރުލެއްވުމަށް ރައީސް އެދިވަޑައިގެން ދެއްކެވި ވާހަކަތަކަށް ތަސްމީން ވިދާޅުވިއެވެ.

ޑީއާރްޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށާއި، އެޕާޓީގެ ލީޑަރުކަމަށްވެސް އިންތިޚާބްވެފައިވާ ތަސްމީން ވިދާޅުވީ "ޔަގީންކޮށް ފެންނަށް އޮތްގޮތުގައި" ތަރައްޤީވަމުންއަންނަ ރާއްޖޭގެ ރަށްރަށަށް އެންމެ ބޭނުންވެފައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ޕޮލިސީއާއި، ކުރައްވާ މަސައްކަތްވަނީ ފޭލްވެފައިކަމަށެވެ.

"ރާއްޖޭގެ މާހައުލުގައި މިފަދަ ޚިދްމަތްތަކެއް ދިނުމުގެ ތަޖްރިބާޔާ އަދި ޤާބިލްކަން ލިބިފައިވާ ދެކުންފުނިކަމުގައިވާ ސެޓްލްކޯއާއި އެމް.ޑަބްލިޔު.އެސް.ސީ. ހިނގަހިނގާހުއްޓާ، އޭގެއިތުރަށް ޔޫޓިލިޓީ ކުންފުނިތަކެއް އުފައްދަވައިގެން މިހާތަނަށް ކުރެވިފައިވާ ހަމައެކަނި މަސައްކަތްތަކަކީ ރައްޔިތުންގެ ފެންޕްލާންޓްތަކާއި، އިންޖީނުގެތައް އެކުންފުނިތަކަށް، ޤާނޫނުގެ ރޫހާއި ރައްޔިތުންގެ އެދުމާއި އިދިކޮޅަށް ނެންގެވުންކަމުގައި ދަންނަވަން ޖެހޭނީ ހިތާމައާއެކުގައި" ތަސްމީން ވިދާޅުވިއެވެ.

މީގެއިތުރުން، ގެދޮރުގެ ހިޔާވަހިކަން ފޯރުކޮށްދިނުމުގައި ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ  ވަޢުދުތަކުގެ ޢަމަލީ އެއްވެސް ނަތީޖާއެއް އަދި ފެންނަން ނެތްކަން ތަސްމީން ފާހަގަކުރެއްވިއެވެ. މިގޮތުން ނިމިދިޔަ ރިޔާސީ ދައުރުގައި، ހުޅުމާލޭގައި ބިނާކުރެވުނު ފްލެޓްތަކުގެ ތަޅުދަނޑިތައްވެސް އަދި އޭގެ ވެރިފަރާތްތަކާ އެއްކޮށް ޙަވާލުކޮށް ނުނިމޭކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއަކީ ދިވެހި މުޖްތަމަޢަށް މިއަދުދިމާވެފައިވާ އެންމެބޮޑު މައްސަލަކަމުގައި ގިނަފަރާތްތަކަކުން ޤަބޫލުކުރައްވާ ކަމަށާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެންމެބޮޑު 6 މީހުންގެ މަޢްލޫމާތު ސަރުކާރަށާއި، ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވާއިރު، އޭގެ ގިނަމީހުން އަދިވަނީ ހައްޔަރުނުކުރެވިކަން ތަސްމީން އިއްޔެ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވިފައިތިބި މީހުން އެކިފަހަރުމަތިން އެކިބޭނުމަށް ދޫކުރަމުން ގެންދާތީވެ، މުޖުތަމަޢުގެ ގިނަބަޔަކަށް ވަނީ މިފަދަ ފަރާތްތަކުގެ އުނދަގޫ ކުރިމަތިވެފައިކަމަށް ވިދާޅުވިއެވެ. މަސްތުވާ ތަކެއްޗަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރުމުގެ ވަޢުދު ތަކުރާރު ކުރުމަކުން، އެދޮރުތައް އޭގެ އަމިއްލަ ޒާތުގައި ބަންދުވެގެންނެއް ނުދާނެކަމަށް ތަސްމީން ވިދާޅުވިއެވެ.

ދިވެހި މުޖްތަމަޢުއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އެއްގޮންޖެންކަމަށް ތަސްމީން ފާހަގަކުރެއްވީ، ޤާނޫނާއި ޤަވާއިދުގެ ބާރު މިގައުމުގައި ނުހިނގުމެވެ. މިގޮތުން ކުށްކުރާ ފަރާތްތަކާއި ގައިދީންގެ ބާރާއި އަޑު މުޖްތަމަޢުގެ އާދޭހަށްވުރެ ބާރުގަދަވެ، ރާއްޖޭގެ ރަށްރަށުގެ މަގުތަކުގައި ލޯ އެންޑް އޯރޑަރ ގެއްލިފައިވާކަން ތަސްމީން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކަކީ، ޤާނޫނާއި ޤަވާއިދުގެ ބާރުވެރިކަން ހިނގާ، ބިރުވެރިކަމާއި ޖެހިލުންވުމުގެ ތެރޭގައި ނުތިބެ، ބޭނުންކުރެވޭ  މަގުތަކަކަށް ހެދުމަށް، މިއަދު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. "ޤައުމެއް އެންމެ އެދޭވެގޮތުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދެވޭނީ ޤާނޫނަށް ތަބާވާ، ޤާނޫނަށް ޙުރުމަތްތެރިކޮށްހިތާ މުޖުތަމައެއް ޤާއިމުކުރެވިގެން. މިކަމުގައި އެންމެ އިސްދައުރެއް އަދާކުރަންޖެހޭ ފަރާތްތަކީ ސަރުކާރު، އަދި ދައުލަތުގެ މުއައްސަސާތައް. ރައްޔިތުން އެދޭފަދަ ޑިމޮކްރެޓިކް ވެއްޓެއް ޤާއިމުކުރެވޭނީ ދައުލަތުގެ އިސްސަފުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންނަށް ރަނގަޅު ނަމޫނާ ދައްކަވާ ބޭފުޅުންނަށް ވެގެން. އިތުބާރު ކުރެވޭ ބޭފުޅުންނަށް ވެގެން" ރިޔާސީ ބަޔާނަށް ޖަވާބް ދެއްވަމުން ތަސްމީން ވިދާޅުވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd