atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައްސަލައަކީ، އިންތިޚާބުތަކާ ގުޅިފައިވާ މައްސަލައަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައފި
 
11 މާޗް 2010
ޙާމިދު - ހާމަނޫސް
image
މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައްސަލައަކީ، އިންތިޚާބުތަކާ ގުޅިފައިވާ މައްސަލައަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ، މިހާރު ޖަރުމަނުވިލާތުގައި ހިނގަމުންދާ އައި.ޓީ.ބީ. ބަރލިން ފެއަރއަށް ކުރެއްވި ޒިޔާރަތުގައި، އެޤައުމުގެ ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުތަކުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ގިނަބަޔަކު އެދޭގޮތަކަށް ކަމަށާއި، އެހެންކަމުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ޙައްލުކުރުމަށް ޢާންމު ރައްޔިތުން އެސަރުކާރަކަށް ގޮވާލަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިއީ، އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭނެ ވަރަށް ރަނގަޅު މެސެޖެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަންވީ ކޮން ސަބަބުތަކަކާ ހުރެތޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ އެއީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖެއިން ދެވޭ މެހްމާންދާރީއާއި ޚިދުމަތްތަކަކީ، އެންމެ ފެންވަރު ރަނގަޅު މެހްމާންދާރީއާއި ޚިދްމަތްތައް ކަމަށްވާތީއެވެ. އަދި ރާއްޖެއަކީ ޤުދްރަތީގޮތުން ވަރަށް ޚާއްޞަ ކަންތައްތަކެއް އެކުލެވިފައިވާ ޤައުމެއްކަމުގައި ވިދާޅުވިއެވެ.

މިޕްރެސް ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަން ޙުސައިން ޢަފީފްވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd