އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސިފައިންގޭގައި އުޅުނުމީހަކު ދައުވާކޮށްފި
ރައީސް ނަޝީދުގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމުގައި ޕީޖީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށް އޭސީސީން ބުނެފި
ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ބިލާއި، ޓޫރިޒަމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވި ބައެއް މައްސަލަތަކާއިގުޅިގެން ނިންމާފައިވާ ނިންމުންތައް ހާމަކުރައްވައިފި
ގިނަގިނައިން ފާފަކުރާ މީހުންވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސް ގޮވާލައްވައިފި
ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނުމީހާގެ މައުލޫމާތު ހާމަކޮށްފި
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ...
ތަފްސީލް
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ...
ތަފްސީލް
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ...
ތަފްސީލް
އަޝްކަރުވެރިކަމަށް މަޖިލީހުގެ ރުހުން ހޯދަންޖެހެނީ ރައީސަށް އިތުބާރުނުކުރެވޭތީ
11 މާޗް 2010
އަބްދުﷲ މުއާޛް
ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ މާބިރުގަންނަކަމެކެވެ. ރާއްޖޭގެ ޤާނޫނުއަސާސީ ތަރުތީބުކުރެވިފައިވާގޮތުން ބަޔަކު ކިތަންމެ ނުރުހުނަސް ރައްޔިތުންގެ މަޖިލީހަކީ އެންމެ ބާރުވެރިފަރާތެވެ. ތިންބާރު ވަކިވެފައިއޮތަސް ރައްޔިތުންގެ ބާރަކީ ކުޑަބާރަކަށް ނުވާނެތާއެވެ. މުޅި ދައުލަތުގައި ހިމެނެނީ ރައްޔިތުންގެ ބާރެވެ. ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބާރުއޮތީ ޤާނޫނުއަސާސީގައިވާ ހަމަތަކެއްގެމަތީން ދެފަރާތަކާއި ޙަވާލުކޮށްފައެވެ. އެގޮތުން ރައްޔިތުންގެތެރެއިން ވޯޓުދޭ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަބަޔަކު ވޯޓުދީގެން ރައީސުލްޖުމްހޫރިއްޔާއަކު ހޮވައި، ޤާނޫނުއަސަސީއާއި ޤާނޫނުގައިވާ ގޮތުގެމަތީން ސަރުކާރު ހިންގުން މީހަކާވަނީ ޙަވާލުކޮށްފައެވެ. ސަރުކާރު ހިންގާ މީހުންގެތެރޭގައި ތިބެނީ ހައްތަހާވެސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މީހުންނެވެ. ސަރުކާރު ހިންގުމަށް ދަތިވިޔަނުދިނުމަށް ބޭނުން މީހަކުލައިގެން ޤާނޫނީ ހަމަތަކުގެމަތީން ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރު ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ރައްޔިތުން އޮންނަނީ ދީފައެވެ. އަނެއްކޮޅުން ރައްޔިތުން ބާރުދީފައިވާ އަނެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. އެމަޖިލީހަކީ ރައްޔިތުން އިންތިޚާބުކޮށްފައިތިބޭ އެތައްބަޔަކު ތިބޭތަނެކެވެ. އެތަނުން ކަމެއްކުރެވޭނީ އެމީހުންގެ އަޣްލަބިއްޔަތު ލިބިގެންނެވެ. އެމީހުނަށް އެމަޖިލީހުގައި ކަނޑައެޅިގެން ޤާނޫނުއަސާސީ މަނާނުކުރާ ކޮންމެ ނިންމުމެއް ނިންމައި، ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމުގެ ބާރު އޮވެއެވެ. ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ޤާނޫނުއަސާސީގައި ބުނާގޮތަށް މީހުން ޢައްޔަނުކުރެވެނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ. ކަނޑައެޅިގެން ޤާނޫނުއަސާސީގައި ބުނެފައިނުވާ ކަންކަމަށް ގޮތްކަނޑައެޅުމުގެ ބާރު މަޖިލީހަށް އޮވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ވަޒީރުން އައްޔަނުކުރުމުގެކުރީން މަޖިލީހުގެ ރުހުން ހޯދުން ރައީސަށް ލާޒިމެވެ. ޤާނޫނުއަސާސީގައި ބުނެފައިނެތަސް ރައީސް ޢައްޔަނުކުރާ ވަޒީރުން ނޫންމީހުން ޢައްޔަނުކުރުމުގެ ކުރީން މަޖިލީހުގެ ރުހުން ހޯދުމަށް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެއެވެ. އެގޮތަށް ރައީސް ޢައްޔަނުކުރާ ބައެއް މަޤާމުތަކަށް މީހުން ޢައްޔަނުކުރުމުގައާއި ވަކިކުރުމުގައި، މަޖިލީހުގެ ރުހުން ހޯދަންޖެހޭނެކަމަށް މަޖިލީހުން ކަނޑައެޅުމަކީ ޤާނޫނުއަސާސީއާއި ޚިލާފްކަމަކަށްނުވާނެއެވެ. އެކަކު އެކަނި ނިންމާ ނިންމުމަކަށްވުރެ ރައްޔިތުން އިންތިޚާބުކޮށްފައިތިބި އެތައްބަޔަކު ބަހުސްކޮށް އެއްބަސްވެވިގެން ނިންމާނިންމުމަކީ ރައްޔިތުންގެ މަސްލަޙަތާއި ދައުލަތަށް އެންމެފައިދާހުރި ނިންމުމަކަށް ނުވެނުދާނެއެވެ. އެގޮތަށް ހަދާ ޤާނޫނަކާ އެއްގޮތަށް މީހުން ޢައްޔަނު ކުރުމަކީ ދައުލަތް ހިންގުމުގެ ބާރުގެތެރެއަށް ރައްޔިތުންގެ މަޖިލީހުން ނުފޫޒު ފޯރުވުންކަމަށް ބެލެވޭނެގޮތެއް ނުއޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަކީ، އެއްބާރުން އަނެއްބާރަށް ބާރުފޯރުވުންކަމުގައި ދެކޭނަމަ ދެކޭނީ މޮޔައިންނެވެ. ދައުލަތުގެ މައި ތިންބާރުގެތެރެއިން ޝަރުޢީ ނިޒާމްގައި ކަންހިންގަން އޮންނަގޮތަށް އެކަނި ވިސްނާލިޔަސް މުޅިއެބާރަށް މަޖިލީހުގެ ބާރު ފޯރުވަނީކަމުގައި ބެލުމުގެޖާގަ އެބައޮތެވެ. ފަޑިޔާރުން ޢައްޔަނުކުރުމުންފެށިގެން މައްސަލަތަކުގެ ޙުކުމްތަކަށްދާންދެން ޤާނޫނުތަކެއްގެގޮތުގައި ލިޔެ ޤަރާރުކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރުންނަށް އޮންނަނީ ޤާނޫނު ބުނާގޮތަކަށް މައްސަލާ ފައިސަލާކުރުމުގެ ބާރެވެ. ޝަރީޢަތާއިގުޅޭ ޤާނޫނުތަކާއި އިދާރީ ހިންގުމުގެ ޤަވާޢިދުތަކަށްދާންދެން ބާރުވެރިކުރުވަނީ މަޖިލީހުންނެވެ. ޤާޟީންނާއި ފަނޑިޔާރުން ބޭނުންވާހާގޮތަކަށް ނޫނެވެ. ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ކަންކަންވެސް ހުރީ އެމަގުގައެވެ. ސަރުކާރުން ކަންކަން ހިންގުމުގައި ޢަމަލުކުރާންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތައް ހިންގާންޖެހެނީވެސް ރައްޔިތުންގެ މަޖިލީހަށެވެ. ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގުމުގައި ބޯލަނބާ ކިޔަމަންތެރިވާންޖެހެނީ ހަމައެކަނި ޤާނޫނުއަސާސީއާއި ޤާނޫނުތަކަށެވެ. ރައީސް ބޭނުންވާއިރަށް ޤާނޫނުތަކާއި ޤަވާޢިދުތަކަށް ހިތުހުރިގޮތަކަށް ބަދަލެއް ނުގެނެވެއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހަށް ބޭނުންވެއްޖެނަމަ ޤާނޫނާއި ޤަވާޢިދުތަކަށް ބޭނުންވާ ބަދަލެއް ގެނައުމުގެ ބާރު އޮވެއެވެ. ދައުލަތުގެ ފައިސާ ޚަރަދުކުރެވެނީވެސް މަޖިލީހުން ކަނޑައަޅާގޮތަކަށް ކަނޑައަޅާ ވަރަކަށެވެ. ރައްޔިތުންގެބާރު ރައްޔިތުން ދީފައިވަނީ ނިކަން ރަނގަޅަށެވެ. ރައްޔިތުންގެ މަޖިލީހުން ބުނާގޮތަކަށް ދައުލަތް ހިންގުން ރައީސުލްޖުމްހޫރިއްޔާއާއި ޙަވާލުކޮށްފައިވަނީއެވެ. އެކަން އެނގޭ އަނެއްކަމަކީ ރައީސާއި ވަޒީރުންވެސް މަޖިލީހަށް ޖަވާބުދާރީވާންޖެހޭއިރު މަޖިލީހުން ރައީސަށް ޖަވާބުދާރީވާން ނުޖެހުމެވެ.
ކަންމިހެން އޮތްއިރު، ވަކިބައެއްގެ މަސްލަޙަތަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެހެންބާރުތަކަށް ބާރުފޮރުވަނީއޭ ކިޔާހަޅޭލަމުން ކަންއޮތްގޮތް އޮޅުވާލަން ކިތަންމެ މަސައްކަތެއްކުރިޔަސް ބޭނުންހާކަމެއް ބޭނުންގޮތަކަށް ނުކުރެވޭކަން ހަތިޔާރުއެޅި ލަޝްކަރުގެ ވެރިކަން ދިނުމުގައިވެސް މަޖިލީހުން ފާސްކުރަންޖެހޭގޮތަށް ހަމަޖެހިގެން ދިޔުމުން އެނގިކަށަވަރުވެއްޖެއެވެ. ޤާނޫނުއަސާސީގެ ދެފޮޅުވަތްދޭތެރެއިންވިޔަސް ނެގެންއޮތްހާ ނާޖާއިޒުފައިދާއެއް ނަގަންއުޅޭ ވެރިޔަކު ހުންނަ ޤައުމެއްގައި ރޮނގުން ބޭރުވިޔަނުދިނުމަށް ކުރެވެން އޮތްހާކަމެއް ނުކޮށެއް ނުވާނެއެވެ. އެހެންނޫންނަމަ ޢަޝްކަރުވެރިކަމަށް މީހަކުލާންވީމާ މަޖިލީހުގެ ވަގުތުތަކެއް އެކަމަށް ނަގާލައިގެން މަޖިލީހުގެ ރުހޭބަސް ހޯދާންޖެހޭ ހިސާބަށް ދާކަށްނުޖެހުނީހެވެ. އިތުބާރާއި އިޚްލާސްތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ފެންނަނަމަ އަޝްކަރުވެރިކަމަށް މަޖިލީހުގެ ރުހުން ހޯދާ ހިސާބަކަށް ނުދިޔައީހެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް