atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
އެމެރިކާއާއި އީރާން އަފްޣާނިސްތާނުގައި ތޮޅެނީ
 
11 މާޗް 2010
ޖާދު - ހާމަނޫސް
image
ކާބުލް: އެމެރިކާ ލަދުގަންނަވާލުމަށްޓަކައި އީރާނުގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ. ނިޖާދު ވިދާޅުވީ އަފްޣާނިސްތާނުގައި ބައިނަލްއަޤްވާމީ ބާރުތައްކަމަށް ބުނާ ލަޝްކަރުތަކަށް ޓެރަރިޒަމް ނުހުއްޓުވޭނެ ކަމަށާއި، މިގޮތަށްކުރާ ކަންތައްތަކުން މަގުފަހިވެގެންދާނީ އިތުރު މަދަނީންތަކެއް ކަށްވަޅަށް ފޮނުވުން ކަމުގައެވެ.

ނިޖާދު ވިދާޅުވިގޮތުގައި، އެމެރިކާއިން އަފްޣާނިސްތާނުގައި އެކުޅެނީ ދެސިފަޔަށްއޮތް ގޭމެއް ކަމުގައެވެ. އެއީ އެމެރިކާއިން އެއްދުވަސްވަރެއްގައި އެއްބާރުލުން ދިން ހަނގުރާމަވެރިންނާ ތަޅާފޮޅުން ކަމުގައެވެ.

ނިޖާދުގެ މިވާހަކަފުޅު ބިނާވެގެން މިދިޔައީ، އެމެރިކާގެ ދިފާއީވަޒީރު ރޮބަޓް ގޭޓްސް އަފްޣާނިސްތާނާމެދު އީރާނުން ގެންގުޅޭ ސިފަތަކާއިމެދު ދެއްކެވި ވާހަކަފުޅުގެ ހިޔަންޏެއް ފަދައިންނެވެ. އެއީ އީރާނުން އަފްޣާނިސްތާނުގެ ބާޣީން ނޭޓޯގެ ލަޝްކަރަށް އިހްތިރާމް ނުކުރުމަށް ހިތްވަރުދެމުން އަފްޣާނިސްތާނާ ގުޅުން ރަނގަޅުކުރަން އުޅޭކަމަށް ދެއްކެވި ވާހަކަފުޅާއިގުޅިގެންނެވެ. ގޭޓްސް ވިދާޅުވީ އީރާނަކީ "ދެކޮޅުންކާ ވެނެއް" ކަމުގައެވެ. ނަމަވެސް ތެހެރާން ގޭޓްސްގެ މިވާހަކަފުޅު ދޮގުކުރެއެވެ. ނިޖާދުވަނީ ގޭޓްސްގެ ބަސްފުޅު އޭނާގެ އަނގަފުޅަށް ވައްދަވާ ލައްވާފައެވެ.

އަފްޣާނިސްތާނަށް އެތައްފަހަރަކު ޒިޔާރަތްކުރައްވާފައިވާ ނިޖާދު ވިދާޅުވީ، ޓެރަރިސްޓުން އުފެއްދީ އެމެރިކާއިން ކަމުގައެވެ. އަދި މިހާރު ޓެރަރިސްޓުންނާއި ދެކޮޅަށް ހަނގުރާމަ ކުރަނީކަމަށް އެމީހުން ބުނާކަމުގައެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd