އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސިފައިންގޭގައި އުޅުނުމީހަކު ދައުވާކޮށްފި
ރައީސް ނަޝީދުގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމުގައި ޕީޖީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށް އޭސީސީން ބުނެފި
ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ބިލާއި، ޓޫރިޒަމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވި ބައެއް މައްސަލަތަކާއިގުޅިގެން ނިންމާފައިވާ ނިންމުންތައް ހާމަކުރައްވައިފި
ގިނަގިނައިން ފާފަކުރާ މީހުންވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސް ގޮވާލައްވައިފި
ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނުމީހާގެ މައުލޫމާތު ހާމަކޮށްފި
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ...
ތަފްސީލް
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ...
ތަފްސީލް
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ...
ތަފްސީލް
އަމުރު މަޢުރޫފުގެ އުސޫލާއި ޚިލާފުވިކަމަށްބުނެ ލަންކާއިން އދ.ގެ ވެރިޔާއަށް ފާޑުކިޔައިފި
11 މާޗް 2010
ޖާދު - ހާމަނޫސް
ކޮލަމްބޯ: ސްރީލަންކާގެ އެކްސްޕޯޓް ޑިވެލޮޕްމަންޓް އެންޑް އިންޓަރނޭޝަނަލް ޓްރޭޑްގެ ވަޒީރު ޕްރޮފެސަރ ޖީއެލް ޕީރިސް އދ.ގެ ވެރިޔާ ދެކުނުކޮރެޔާގެ ބަންކީ މޫންއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ސްރީލަންކާއާއިމެދު ލަފާހޯއްދެވުމަށް ކޮމިޓީއެއް އެކުލަވާލެއްވުމަށް ބަންކީމޫން ހުށަހެޅުއްވި ހުށަހެޅުއްވުމަކީ އަސާސީ އުސޫލުތަކާއި ޚިލާފަށް ކުރެއްވި ކަމެއް ކަމުގައެވެ.
ކެބިނެޓްގެ ޕްރެސް ބްރީފިންއެއްގައި ގާނޫނީ ދާއިރާގައި ޒަމާންތަކެއް ހޭދަކުރެއްވި މިޕްރޮފެސަރ ވިދާޅުވީ، އދ.ގެ ވެރިޔާގެ މިއަމަލަކީ އދ.ގެ އުސޫލީ ބިންގަލުގެ އިލްމާއި މުޅިން ޚިލާފުކަމެއް ކަމުގައެވެ.
މިވަޒީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އދ.ގެ ވެރިޔާގެ މިފިޔަވަޅަކީ ހުރިހާ ނަޒަރިއްޔާއެއްގެ ބެލުމުންވެސް ނުރަނގަޅު ފިޔަވަޅެއް ކަމުގައެވެ. އަދި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ކަނޑައެޅިގެން މިކަމާ ދެކޮޅުހައްދަވާފައިވާ ކަމުގައެވެ. އަދިވެސް އިތުރަށް ވިދާޅުވީ، އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ މަޖިލީހުގައި ވަރަށް ދިގުކޮށް ސްރީލަންކާއިން އިންސާނިއްޔަތާއި ދެކޮޅު އަމަލު ހިންގާފައިވޭތޯ ކުރެވުނު ތުހުމަތާއިމެދު މަޝްވަރާ ކުރެވުނު ކަމަށާއި ބޮޑު އަޣުލަބިއްޔަތަކުން ނެގުނު ވޯޓުގައި އެތުހުމަތުތަކާއި ދެކޮޅު ހަދާފައިވާ ކަމުގައެވެ. އެހެން ކަމާއެކު އޭނާ ވިދާޅުވީ، ކުރުމުއްދަތެއްގެ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ބާރުގަދަ ގައުމުތަކެއްގެ ބޭނުންތަކަކަށް ސްރީލަންކާގެ މައްޗަށް އަމުރުވެރިވުމުގެ ބާރު އެއްވެސްފަރާތަކަށް ލިބިގެންނުވާ ކަމުގައެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް މިފަދަ ގޮތްތަކަކަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ތުހުމަތު ކުރެވިފައިވާގޮތަށް ސަރުކާރު ބަދަލުކުރުމަށްޓަކައި ދާޚިލީ ކަންކަމަށްވެސް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިއޮތުމަކީ ނާއިންސާފެއް ކަމުގައެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް