atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތް: ރޭގެ މެޗް ކާމިޔާބުކުރީ ކަލާފާން ސްކޫލްގެ ޓީޗަރުންގެ ޓީމު
 
11 މާޗް 2010
މުޙަންމަދު ޝާން - ހާމަނޫސް
image
މާލޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ނެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށްގެންދާ، އިންޓަރސްކޫލް ދެމުބާރާތްކަމުގައިވާ ޓީޗަރުންގެ 3 ވަނަ ނެޓްބޯޅަ މުބާރާތާއި، ބެލެނިވެރިންގެ 7 ވަނަ ނެޓްބޯޅަ މުބާރާތުގައި ރޭވެސްވަނީ މެޗެއް ކުޅެފައެވެ.

ރޭ ކުޅުނު މެޗްގައި ބައްދަލްކުރި ދެޓީމަކީ އިސްކަންދަރު ސްކޫލްގެ ޓީޗަރުންގެ ޓީމާއި، މާފަންނު މަދަރުސާގެ ޓީޗަރުންގެ ޓީމެވެ. މިމެޗް 27 ޕޮއިންޓް 22 ޕޮއިންޓުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލްގެ ޓީޗަރުންގެ ޓީމުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، މެޗް ކާމިޔާބުކުރި، އިސްކަންދަރު ސްކޫލްގެ ނުހުޒާ އިބްރާހިމްއެވެ. އޭނާވަނީ ބަޔަށް ޖުމްލަ 20 ޕޮއިންޓް ކާމިޔާބު ކޮށްދީފައެވެ. މެޗުން ބަލިވި މާފަންނު މަދަރުސާގެ ޓީމުން ބަޔަށް އެންމެގިނަ ޕޮއިންޓް ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީ، މަދިހާ އަބްދުލް ރަހްމާންއެވެ. އޭނާވަނީ ޖުމްލަ 19 ޕޮއިންޓް ކާމިޔާބު ކޮށްދީފައެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއްވާގޮތުގައި، ރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަމެޗް ގްރޫޕް 2 ގެ ތިން ޓީމެއް އެއްވަރުވެ، ގްރޫޕް 2 ވަނަ ޓީމް ހޮވަން އިތުރު މެޗެއް ކުޅެން ޖެހުމުގެ ސަބަބުން، އެމެޗް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ. އެހެންކަމުން ރޭ ކުޅެފައިވަނީ ގްރޫޕް 2 ގެ 2 ވަނަ މަޤާމް ހޮވުމުގެގޮތުން ކުޅެފައިވާ ނޮކްއައުޓް މެޗެކެވެ. އެގޮތުން އެމެޗް ކާމިޔާބުކޮށް ގްރޫޕްގެ ދެވަަނަ ޓީމެއްގެގޮތުގައި ހޮވިފައިވަނީ ކަލާފާން ސްކޫލްއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd