atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ޗެމްޕިއަންސް ލީގް 2010: ރޭގެމެޗް 4-0 އިން މެންޗެސްޓަރ ޔުނައިޓެޑަށް
 
11 މާޗް 2010
މުޙަންމަދު ޝާން - ހާމަނޫސް
image
ޗެމްޕިއަންސް ލީގްގައި ރޭވެސްވަނީ މުހިންމު ދެމެޗެއް ކުޅެފައެވެ. ރޭކުޅުނު ދެމެޗުގެތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ މެންޗެސްޓަރ ޔުނައިޓެޑްއާއި އޭސީ މިލާންއެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ރެއާލް މެޑްރިޑާއި ލިޔޯންއެވެ.

މިދެމެޗްގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު މެޗަކީ، މެންޗެސްޓަރ ޔުނައިޓެޑްއާއި މިލާން ބައްދަލުކުރި މެޗެވެ. މިމެޗް ނިމިގެން ދިޔައީ 4-0 ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް މެޗް ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗްގައި މޮޅު ކުޅުމެއްދެއްކި ަ މެންޗެސްޓަރ ޔުނައިޓެޑްގެ ފުރަތަމަ ލަނޑުޖަހާ، ލީޑް ހޯދައިދިނީ މެޗްގެ ފުރަތަމަހާފްގެ 13 ވަނަ މިނެޓްގައެވެ. އެލަނޑު މެންޗެސްޓަރއަށް ކާމިޔާބުކޮށްދިނީ އިގިރޭސި ގައުމީ ޓީމްގެ ހުނަރުވެރި ފޯވާޑް ވޭން ރޫނީއެވެ. މެޗްގެ ފުރަތަމަ ހާފްގައި މެންޗެސްޓަރ ޔުނައިޓެޑްއިން ގޯލެއްޖަހާ ލީޑް ހޯދުމުން، މިލާންގެ ކުޅުންތެރިންގެ ފަރާތުން ހާސްކަން ފެނިގެންދިޔަކަން ފާހަގަ ކުރެވުނެވެ.

މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައިރުވެސް ކުރީގައިއޮތީ މެންޗެސްޓަރ ޔުނައިޓެޑްއެވެ. ދެވަނަ ހާފަށް ދެޓީމްވެސް ނުކުތީ ފުރަތަމަހާފްގައި ދެޓީމްގައިވެސް ކުޅުނު ކުޅުންތެރިންނާއެކުގައެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓްގައި ފެނިގެންދިޔައީ، މިލާންގެ ގޯލަށް މެންޗެސްޓަރ ޔުނައިޓެޑްއިން ގޯލެއް ޖެހިތަނެވެ. އެގޯލް ކާމިޔާބުކޮށްދިނީ، ފުރަތަމަ ހާފްގައިވެސް ޔުނައިޓެޑްއަށް ގޯލް ކާމިޔާބުކޮށްދިން ވޭން ރޫނީއެވެ. ޔުނައިޓެޑްއިން ދެގޯލްޖަހާ ކުރިހޯދުމާއެކު މިލާންގެ ކުޅުންތެރިންގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ނުދާކަންވެސް ފާހަގަކުރެވުނެވެ.

ރޭގެ މެޗްގައި ޔުނައިޓެޑްއިންޖެހި އެޓީމްގެ ތިންވަނަ ގޯލް ޖަހާފައިވަނީ މެޗްގެ 59 ވަނަ މިނެޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕާކްއެވެ. ޔުނައިޓެޑުންޖެހި އެޓީމްގެ އެންމެފަހުގޯލް ޖަހާފައިވަނީ މެޗްގެ 87 ވަނަ މިނެޓްގައި ފްލެޗަރއެވެ.

ރޭގެ މެޗުން އޭސީމިލާން ބަލިވުމުން އެޓީމަށްވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލް ކުޅުމުގެ ފުރުސަތުވެސް ގެއްލިފައެވެ. ރޭގެ މެޗުން މިލާން ބަލިވުމުން ދުނިޔޭގެ ވަރަށްގިނަ މީޑިޔާތަކުގެ ފާޑު ކިޔުން އެޓީމަށް ރައްދުވެފައިވެއެވެ. ބައެއް މީޑިޔާތަކުން ބުނެފައިވަނީ، ރޭގެ މެޗުން ބަލިވުމުގެ އަސްލަކަށްވީ، ބޮޑު ޚަރަދުކޮށްގެން ބެކަމް ޓީމަށް ގެނައުންކަމުގައެވެ.

ރޭ ކުޅެނު ދެވަނަ މެޗްގައި ރިއާލް މެޑްރިޑާއި ލިޔޯން ބައްދަލުކުރިމެޗް ނިމިގެން ދިޔައީ 1-1 ން ދެޓީމު އެއްވަރު ވެގެންނެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd