އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސިފައިންގޭގައި އުޅުނުމީހަކު ދައުވާކޮށްފި
ރައީސް ނަޝީދުގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމުގައި ޕީޖީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށް އޭސީސީން ބުނެފި
ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ބިލާއި، ޓޫރިޒަމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވި ބައެއް މައްސަލަތަކާއިގުޅިގެން ނިންމާފައިވާ ނިންމުންތައް ހާމަކުރައްވައިފި
ގިނަގިނައިން ފާފަކުރާ މީހުންވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސް ގޮވާލައްވައިފި
ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނުމީހާގެ މައުލޫމާތު ހާމަކޮށްފި
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ...
ތަފްސީލް
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ...
ތަފްސީލް
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ...
ތަފްސީލް
ޗީފް އޮފް ޑިފެންސް ފޯސް، މަގާމަށް އައްޔަންކުރުމާއި ވަކިކުރުމުގައި މަޖިލީހުގެ ރުހުން ހޯދުމަށް ރިޔާސަތުން ވޯޓް ދެއްވައިގެން ފާސްކޮށްފި
10 މާޗް 2010
އިބްރާހިމް ވަހީދު (އަސްވާޑް)
ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ނޫންގޮތަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅުން އައްޔަންކޮށް ވަކިނުކުރެވޭނެގޮތަށް، ސިފައިންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިސްލާހް ގެނެސްފިއެވެ.
ކުޅުދުއްފުށީ ދެނުކު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ސިފައިންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް މިއިސްލާހް ގެންނަން ފާސްވީ، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް އަބްދުﷲ ޝާހިދު އެއިސްލާހަށް ތާއީދުކުރައްވައި ވޯޓް ދެއްވުމުންނެވެ.
މަޖިލީހުގެ ރުހުމާއެކު ޗީފް އޮފް ޑިފެންސް ފޯސް މަގާމަށް އައްޔަންކުރުމާއި ވަކިކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރަން ފެންނަކަމަށް އަދި ނުފެންނަ ކަމަށްވެސް 35 މެމްބަރަކު ވޯޓް ދެއްވިއެވެ. ވަކިގޮތަކަށް ވޯޓުދޭން ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. ވޯޓް ހަމަހަމަވުމުން މަޖިލީހުގެ ގަވާއިދުބުނާގޮތުން ރިޔާސަތަށް ވޯޓްގައި ބައިވެރިވެވަޑައިގަންނަވަން ޖެހެއެވެ. އެހެންކަމުން އަބްދުﷲ ޝާހިދު މިފުރުސަތުގައި ވޯޓްދެއްވީ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ޗީފް އޮފް ޑިފެންސް ފޯސް އައްޔަންކޮށް ވަކިކުރުމަށެވެ.
ޑީއާރްޕީގެ ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖްތާޒު ހުށަހަޅުއްވައި، ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސައިން މަނިކް ތާއީދުކުރެއްވި އިސްލާހުގައި ބުނެފައިވަނީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މީހަކު އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަމެއް ފޮނުވުމުން، މަޖިލީހުގެ ކޮމިޓީއަކުން އެނަން ދިރާސާކޮށް މަޖިލީހަށް ފޮނުވާ ޖަލްސާގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް، އެމަގާމުން ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ހުށަހެޅުމުން، މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ހުށަހަޅާ ރިޕޯޓްގެމައްޗަށް ބިނާކޮށް، މަޖިލީހުގައި ނަގާ ވޯޓުން ޗީފް އޮފް ޑިފެންސް ފޯސް މަގާމުން ވަކިކުރުމަށް ފެންނަކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން ތާއީދުކުރުމުންނެވެ. ޗީފް އޮފް ޑިފެންސް ފޯސް މަގާމުން ވަކިކުރަން ނުފެންނަކަމަށް މަޖިލީހުން ފާސްކޮށްފިނަމަ އޭނާ އެމަގާމުން ވަކި ނުކުރެވޭނެ ކަމަށާއި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާނަމެއް މަޖިލީހުގެ ތަޅުމުން ފާސްނުވެއްޖެނަމަ، ދެވަނަ ފަހަރަށް އެނަމެއް ނުފޮނުވޭނެކަމަށްވެސް އެއިސްލާހުގައިވެއެވެ.
މިއިސްލާހު ފާސްވިނަމަވެސް، މިއަދުގެ ޖަލްސާގައި މުޅި ބިލްއެކީ ފާސްކުރުމަށް ވޯޓަކަށް އަހާފައެއް ނުވެއެވެ. މިއިސްލާހާއި އެންމެބޮޑަށް ދެކޮޅުހަދާ ވެރިކަންކުރާ އެމްޑީޕީން ރޭ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި، އެޕާޓީގެ ޗެއަރޕާސަން މާރިޔާ ދީދީވަނީ އިސްލާހު ތަސްދީގު ނުކުރައްވައި، އެމައްސަލަ ސުޕްރީމް ކޯޓަށް ވެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވާލާފައެވެ. އެއިސްލާހު ފާސްކުރުމަކީ ގާނޫނުއަސާސީއާ ޚިލާފަށް މަޖިލީހުން ކުރާކަމަކަށް ވިދާޅުވެ، މާރިޔާވަނީ މިގާނޫން ތަސްދީގުނުކުރުމަށްވެސް ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތްކުރައްވަނީ ގާނޫނުއަސާސީން އެބައިމީހުންނަށް ލިބެންނެތް ބާރެއް ހޯދުންކަމަށްވެސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މިހާރު ހުންނެވީ މޭޖަރޖެނެރަލް މޫސާ އަލީ ޖަލީލެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް