އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސިފައިންގޭގައި އުޅުނުމީހަކު ދައުވާކޮށްފި
ރައީސް ނަޝީދުގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލުމުގައި ޕީޖީ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށް އޭސީސީން ބުނެފި
ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ބިލާއި، ޓޫރިޒަމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެއްލެވި ބައެއް މައްސަލަތަކާއިގުޅިގެން ނިންމާފައިވާ ނިންމުންތައް ހާމަކުރައްވައިފި
ގިނަގިނައިން ފާފަކުރާ މީހުންވެސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށް ކުރީގެ ރައީސް ގޮވާލައްވައިފި
ގެސްޓްހައުސްގައި މަރުވެފައި އޮއްވާ ފެނުނުމީހާގެ މައުލޫމާތު ހާމަކޮށްފި
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ...
ތަފްސީލް
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ...
ތަފްސީލް
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ...
ތަފްސީލް
އޫރުރޯގާ ވެކްސިން އަތޮޅުތަކުގައި ދޭންފެށުން: ދެތިން އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅަކަށް ވެކްސިން ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެ
10 މާޗް 2010
އަސަދުﷲ މުޙައްމަދު - ހާމަނޫސް
އަތޮޅުތަކުގައި އިންފުލުއެންޒާ-އޭ އެޗް1 އެން1 ވެކްސިން ދޭން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ވިދާޅުވާގޮތުގައި، ރާއްޖޭގެ ގިނަ އަތޮޅުތަކަށް މިވެކްސިން ފޮނުވުމަށްފަހު މިހާރު ދެމުންދާ ކަމަށެވެ. ޕަބްލިކް ހެލްތު ޕްރޮގުރާމް މެނޭޖަރ މުނާ އަބްދުﷲ މިއަދު ވިދާޅުވީ، މިދިޔަމަހުގެ 16 އިން ފެށިގެން ވެކްސިން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރައްވަން ފަށްޓަވާފައިވާކަމަށެވެ. އެހެންނަމަވެސް ބޯޓްތަކުގެ ދަތުރުފަތުރު ހުންނަގޮތުން ކޮންމެވެސް ވަރަކަށް އަތޮޅުތަކަށް ވެކްސިން ފޮނުވުން ލަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެތިން އަތޮޅެއް ފިޔަވައި، ހުރިހާ އަތޮޅަކަށްވެސް މިހާރު ވެކްސިން ފޮނުވާފައިވާ ކަމަށާއި، ފޮނުވުނު ހުރިހާ އަތޮޅެއްގެ ރަށްތަކަށް ވެކްސިން ދޭން ފަށާފައި ނުވާނެކަމަށް "ހާމަ" ނޫހަށް މައުލޫމާތު ދެއްވަމުން މުނާ ވިދާޅުވިއެވެ. އެހެން ދިމާވަނީ، ވެކްސިން ދިނުމަށް ރަޖިސްޓްރީ ކުރުމާއި، ވެކްސިން ދިނުމުގެކުރިން ވެކްސިނާއިބެހޭ މައުލޫމާތު މީހުންނަށްދީ ހޭލުންތެރި ކުރުވަންޖެހޭތީ ކަމަށްވެސް މުނާ ވިދާޅުވިއެވެ.
ވެކްސިން މިހާރު ދެމުންދާ އަތޮޅުތަކުގެތެރޭގައި، ހދ، ހއ، ރ، ބ، ޅ، ލ، ކ، ށ، ގެ އިތުރުންވެސް، އެހެން އަތޮޅުތައް ހިމެނެއެވެ. ހެލްތު މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، ހުވަދުއަތޮޅަށްވެސް މިހާރު ވެކްސިންވަނީ ފޮނުވާފައެވެ. އެހެންނަމަވެސް އަދި ހުވަދު އަތޮޅުގައި ވެކްސިންދޭން ފަށާފައިނުވާނެކަމަށް ހެލްތުން މައުލޫމާތު ދެއްވައެވެ.
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދުވަނީ ވެކްސިން ދޭންފަށާފައެވެ. މިޕްރޮގްރާމްގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، ސިއްޙީ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، މާބަނޑުމީހުންނަށެވެ. މިބުރުގައި އިންފުލުއެންޒާ އޭ އެޗް1 އެން1 ވެކްސިންދިނުމަށް ޝަރުތުހަމަވާ 475 މީހުން ތިބިކަމަށް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އެފަރާތްތަކަށް ދިނުމަށް 480 ޑޯޒް ވެކްސިންގ އެއަތޮޅަށް ލިބިފައިވާކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
މިޕްރޮގްރާމްގައި އެއަތޮޅު ހުޅުދޫމީދޫ ފިޔަވައި، އެހެން ރަށްރަށުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުގެ ޓީމްތައް ގޮސްކަމަށާއި، ހުޅުމީދޫގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގައި ހުންނަ ސިއްޙީ މަރުކަޒު މެދުވެރިކޮށް ކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވެއެވެ.
ހުޅުމީދޫއަށް ފޮނުވާ ވެކްސިން މިއަދުގެ ވަގުތެއްގައި ސިއްޙީ މަރުކަޒާއި ހަވާލުކުރެވޭނެކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތް އޮފިސަރ ފާތުމަތު ހުސެއިން ވިދާޅުވިއެވެ. ކުރިއަށްއޮތްތާގައި މިވެކްސިން އެއަތޮޅުގައި، ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންގެތެރެއިން ކެންސަރުބަލިފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ. އައްޑުއަތޮޅަކީވެސް އިންފުލުއެންޒާގެ އެއްވެސް ކޭސްއެއް ފެނިފައިނުވާ އަތޮޅެކެވެ.
ސްވައިން ފުލޫގެ ވެކްސިން ރ.އަތޮޅުގައި މިއަދުވަނީ ދޭންފަށާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ވެކްސިން ދޭން ފަށާފައިވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ މީހުންނާއި މާބަނޑު މީހުންނަށެވެ. މިހާތަނަށް އުނގޫފާރުން 17 މާބަނޑު މީހުންނަށާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ 33 މީހަކަށް ވެކްސިން ޖެހޭއިރު، މިވެކްސިންޖަހާފައިވަނީ މިވެކްސިން ދިނުމުގެކުރިން ވެކްސިންއާއިބެހޭ މައުލޫމާތު ދިނުމަށްފަހު ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށްކަމަށް އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
މިހަފްތާތެރޭގައި އަތޮޅުގެ އެހެން ރަށްރަށުގައިވެސް މިވެކްސިން ޖަހަން ފެށުމަށްޓަކައި ރަށްރަށަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެހޮސްޕިޓަލުން ހާމަކުރަށްވައެވެ. ރ.އަތޮޅުން އިންފުލުއެންޒާގެ 5 ކޭސް ފެނިފައިވެއެވެ. މިރޯގާ ޖެހިގެން އެއަތޮޅު އިނގުރައިދޫން މީހަކުވަނީ މަރުވެފައެވެ. މިއީ މިބަލި ޖެހިގެން ރާއްޖެއިން މަރުވި ފުރަތަމަ މީހާއެވެ.
ސައުދީ އަރަބިއްޔާ ސަރުކާރުން މިމަހު 3 ވަނަދުވަހު ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ 15،000 ޑޯޒްގެ އެޗް1 އެން1ގެ ވެކްސިން އަދި ހުސްނުވާ ކަމަށާއި، މިހާރު ޑަބްލިއުއެޗްއޯއިން 31200 ޑޯޒްގެ ވެކްސިން ރާއްޖެއަށް ފޮނުވާފައިވާކަމަށް ހެލްތުން މައުލޫމާތު ދެއްވައެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް