atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
މިޔަންމާގެ ގާނޫނަކުން ސޫޗީއަށް އިންތިޚާބުގައި ބައިވެރިވުމުގެ ދޮރު ބަންދު
 
10 މާޗް 2010
ޖާދު - ހާމަނޫސް
image
ޔަންގޯން: މިޔަންމާގެ ވެރިކަންކުރާ އަސްކަރީ ޖުންތާއިން އާއިންތިޚާބީ ގާނޫނެއް އެކުލަވާލައި، އެގާނޫނުގެ ދަށުން މިޔަންމާގެ އިންތިޚާބު 90 އިގެ ތެރޭގައި ކާމިޔާބުކުރެއްވި އިދިކޮޅު ލީޑަރު އޮންސޮން ސޫޗީއަށް އިންތިޚާބުގައި ބައިވެރިވުން މަނާކޮށްފިއެވެ. މިއަހަރު މިޔަންމާގައި ބާއްވާނެކަމަށް ޖުންތާއިންބުނި އިންތިޚާބުގައި ސޫޗީއަށް ބައިވެރިނުވެވޭނެގޮތް މިހެދީ އޭނާއަށް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމަށް ހުރަސްއަޅައިގެންނެވެ.

އިންތިޚާބާއިބެހޭ ގާނޫނުގެ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމާއިބެހޭ ބައިގައި ހިމަނާފައިވަނީ ކޯޓެއްގެ އަމުރަކުން ކުށްވެރިވެފައިވާ އެއްވެސްމީހަކަށް ސިޔާސީ ޕާޓީއެއްގައި ބައިވެރި ނުވެވޭނެ ކަމުގައެވެ.

ފާއިތުވި 20 އަހަރު ދުވަހުގެތެރެއިން 14 އަހަރު ސޫޗީ ހޭދަކޮށްފައިވަނީ ބަންދުގައެވެ. އަދި އެންމެފަހުން ސޫޗީ ކުއްވެރިވެފައިވަނީ ގޭބަންދުގައި ހުއްޓާ ގާނޫނު މަނާކުރާ ކުށެއް އަނެއްކާވެސް ކޮށްގެންކަމަށް ބުނެފައެވެ. އެއީ މިދިޔައަހަރުގެ އޯގަސްޓްމަހު ގޭބަންދުގެ ހުކުމެއް ތަންފީޒުވަމުންދަނިކޮށް އެމެރިކާ މީހަކު ސޫޗީގެ ގެއަށް ވަނުމުގެ ސަބަބުންނެވެ.

އަދި ހުސްވިއަހަރު ނޮވެމްބަރުމަހު ސޫޗީގެ ގޭބަންދުގެ މުއްދަތު އިތުރުކޮށް ސޫޗީއަށް އިންތިޚާބުގައި ބައިވެރިވުން މަނާވެގެންދާނެ ގޮތްތަކެއް ޖުންތާއިން ނިންމާފައިވާކަމަށް ބެލެވިފައިވެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd