atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
އެމެރިކާއިން އިޒްރޭލަށް ސަލާމަތީ ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ބިޑެން ހާމަކޮށްފި
 
10 މާޗް 2010
ޖާދު - ހާމަނޫސް
image
ހިފާފައިވާގުދުސް: އީރާންދެކެ އިސްރާއީލު ގަންނަ ބިރާއި، އީރާނަށް ހަމަލާދިނުމަށް އެކި ސިފަސިފައިގާ ދުނިޔޭގެ ކުރިމަތީގައި އަގުވެއްޓެމުންދާ އިސްރާއީލުންކުރާ މަސައްކަތުގައި އިސްރާއީލުގެ ހިމާޔަތަށް އަނެއްކާވެސް އެމެރިކާ ތެދުވެއްޖެކަން ދައްކައިފިއެވެ. އެގޮތުން އެމެރިކާގެ ނައިބުރައީސް ޖޯބިޑެން ވިދާޅުވީ، އިސްރާއީލަށް ސަލާމަތީ ރައްކާތެރިކަން ދިނުމަށް އެމެރިކާއޮތީ އިހުބުނިގޮތުގައި ވެގެންނެވެ. އަދި ފަލަސްތީނާއި އިސްރާއީލާދެމެދު ވާހަކަ ދެއްކުމަށް ވެވިފައިވާ އެއްބަސްވުމަކީ ސުލްހައަށް ފައިވެފައިވާ މަގެއްކަމުގައެވެ.

އެމެރިކާއިން އިސްރާއީލުގެ ހިމާޔަތަށް ތައްޔާރުވެއްޖެކަން އެނގުމާއިއެކު އިސްރާއީލުން ނިޔުޔޯކަށް ދަތުރުކުރި ޖެނެރަލަކު އެމެރިކާއަށް ގޮވާލާފައިވަނީ، އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމުގެނަމުގައި ހުރިހާ ބާރެއްގެ ބޭނުން އީރާނާއި ދެކޮޅަށް ކުރުމަށެވެ. އަނެއްކޮޅުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަރަބި ލީގުގެ ވެރިޔާ އަމްރު މޫސާއަށް ފޯނުކުރައްވާ އެދިވަޑައިގަތީ، އަރަބީންގެ އެންމެންގެ އެއްބާރުލުންދީގެން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލު ވެރިވެގަތުން ހުއްޓުވައިދިނުމަށެވެ. އެގޮތުން ހުޅަނގު އައްސޭރީގައި އަލަށް އެޅުމަށް އިސްރާއީލުން ނިންމާފައިވާ 1،600 ގެ އިސްރާއީލުން ބިނާކުރުން ހުއްޓުވައިދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

އައްބާސްއާއި އަމްރު މޫސާގެ މިމަޝްވަރާގައި އައްބާސްވަނީ، އިސްރާއީލުގެ އަރައިގަތުން ހުއްޓުވުމަށްޓަކައި ވަގުތުން ކަނޑައެޅި ސިޔާސަތުތަކެއް އެކަށައަޅައި، އިސްރާއީލުގެ ވިގަނިކަން ފިލުވުމަށްވެސް ވާހަކަދައްކާފައިވެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd