atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ޔޫތް ހެލްތް ކެފޭގެ ފަރާތުން ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަނީ
 
10 މާޗް 2010
މުޙަންމަދު ޝާން - ހާމަނޫސް
image
ޔޫތް ހެލްތް ކެފޭގެ ފަރާތުން ޒުވާނުންނަށް އަމާޒުކޮށްގެން "ތީމެޓިކް އައުޓްރީޗް" ޕްރޮގްރާމްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެކަމަށް ކުޅިވަރާބެހޭ މިނިސްޓްރީން ބުނެފިއެވެ.

ކުޅިވަރާބެހޭ މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކިސަރަހައްދުތަކުގައިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން ގަލޮޅު އެކްޓިވިޓީ ސެންޓަރަށްދާ ޒުވާނުންނަށާއި، ބުރު ޕާރކަށް އައިސްގޮސްއުޅޭ ޒުވާނުންނަށާއި، ރާޅުގަނޑު ސަރަޙައްދަށް ގޮސްއުޅޭ ޒުވާނުންނަށްވެސް މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވެއެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ބުރު ޕާރކްގައި މިއަދުވަނީ ހިންގާފައެވެ. ގަލޮޅު އެކްޓިވިޓީ ސެންޓަރަށްދާ ޒުވާނުންނަށް މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި ހުޅުމާލޭގައި ހުންނަ މިނީ އެކްޓިވިޓީސް ސެންޓަރުގައި މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މިމަހު 14 ވަނަ ދުވަހުއެވެ.

މިޕްރޮގްރާމްގައި މަޢުލޫމާތުދޭނީ ފުރާވަރު ޢުމުރުގެ ކުދިންނަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުންނާއި، ޖިންސީގުޅުންމުން އަރާ ބަލިތަކާއި އެޗް.އައި.ވީ އެއިޑްސްއާއި ބެހޭގޮތުންނެވެ.

މިޕްރޮގްރާމްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކަމުގެ ތަމްރީން ލިބިފައިވާ، ޤާބިލް ދެޖިންސުގެ ޒުވާނުންނެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd