atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
"ބޭސްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައުން" އެއީ ވިލާ ފައުންޑޭޝަނަށް ފޮނުވާލި ރޮކެޓެއްދޯ!
08 ސެޕްޓެންބަރ 2010
image
އެމްޑީޕީގެ މެނިފެސްޓޯގައިވާ، ގުލްސަންޕާމަލުގެ ނުވަތަ ޓެމްޕްލް ފުލާވަރުގެ ފަސްފިޔައަށް ޚާއްޞަކޮށްފައިވާ ފަސް ވަޢުދުގެތެރެއިން އެންމެ މުހިއްމު އެއްވަޢުދަކީ "ބޭސްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައުން" ހިމެނޭ ވަޢުދެވެ. އެވަޢުދަކީ، ... ތަފްސީލް
 
ކުޅިވަރު
ދިރާގު ދިވެހި ލީގުގެ ފަހުބުރު: ލީގު ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ބުނަމުން އަންނަ ވީބީ އިއްޔެރޭ ކުޅުނު މެޗްވެސް ކާމިޔާބު ކޮށްފި
07 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގުގެ ފަހުބުރުގެ ކުޅުންވެސް ނިމުމަކަށް އަންނައިރު، ލީގް ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ބުނަމުން އަންނަ ވީބީ ސްޕޯޓްސް ކުލަބް އިއްޔެ ރޭ ކުޅުނު މެޗްވެސް ... ތަފްސީލް
 
އަދުގެދުނިޔެ
ގުއަތިމަލާއަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެންގޮސް، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މެކްހަށް ޖަހައިފި
07 ސެޕްޓެންބަރ 2010
image
މެކްސިކޯގެ ދެކުނަށާއި، ގުއަތިމަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންގޮސް، ގެއްލިފައިވާ މީހުން ހޯދުމާއި، ޙާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތް މެކްހަށް ޖަހައިފިއެވެ. މިއީ، ... ތަފްސީލް
 
ގެޔަކަށް ވަދެ ފުލުހުން މާރާމާރީ ހިންގިކަމަށް ބެލެވޭ މައްސަލައެއް ބަލަން ފަށައިފި
 
09 މާޗް 2010
އަސަދުﷲ މުޙައްމަދު - ހާމަނޫސް
image
ފުލުހުން ސ. ހިތަދޫގެ ގެޔަކަށް ރޭ ވަދެ މާރާމާރީ ހިންގިކަމަށް ބެލެވޭ މައްސަލައެއް ބަލަމުންދާކަމަށް އައްޑޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވެއްޖެއެވެ. މިމައްސަލައަކީ ރޭ 22:45 އެހާއިރު ހިތަދޫގައި ގްރޫޕް މާރާމާރީއެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބުމާއިގުޅިގެން އެކަން ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވި ފުލުހުން ހިތަދޫ ގެއަކަށް ވަދެ މާރާމާރީ ހިންގިކަމަށް ބުނާ މައްސަލައެކެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަންގެ ޗީފް އިންސްޕެކްޓަރ އާދަމް އިޔާޒު ވިދާޅުވީ، މިފަދަ މައްސަލައެއް ފުލުހުންނަށް ތުހުމަތު ކުރެވުމާއިގުޅިގެން ފުލުހުން މިކަމުގައި އިހުމާލްވެފައިވޭތޯ ބެލުމަށް އެމައްސަލަ ފުލުހުންގެތެރޭގައިވާ މުސްތަގިއްލު ކޮމިޝަނަކުން ތަހުޤީކް ކުރަމުންދާ ކަމަށެވެ.

މިމައްސަލައާއިގުޅިގެން އައްޑޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވީ، ހިތަދޫ މުޑުދާސް ގެ ކައިރީގައި މާރާމާރީ ހިންގުމަށް ތައްޔާރުވެފައިވާ ގްރޫޕެއް އޮތްކަމުގެ މައުލޫމާތު ލިބުމާއިގުޅިގެން ފުލުހުން އެތަނަށް ދިއުމުން, އެތާނގައިތިބި އެންމެން ދުވެ ފިލާފައިވާ ކަމަށާއި، އެތަނުން އެކަކުގޮސް ފިލަންވަނީ މުޑުދާސްގެއަށް ކަމަށެވެ. އަދި މުޑުދާސް ގެއަށް ވަންމީހާ ފުލުހުން ހިފައްހައްޓާފައިވަނީ, އޭނާ ފިލަން ދުއްވައިގަތުމުން ފަހަތުންގޮސް ކަމަށްވެސް އިޔާޒު "ހާމަ" ނޫހަށް މައުލުމާތު ދެއްވަމުން މިއަދު ވިދާޅުވިއެވެ.

އެއާއިލާއިން މިމައްސަލަ ހުށަހަޅާފައިވަނީ، ފުލުހުން މުގުރުން ޖަހައި އެގޭ 32  އަހަރުގެ ހުސެން އަހުމަދުގެ ނިތްކުރިމަތިން 2  އިންޗިއެއްހާވަރުގެ ތަނެއް ފަޅާލާފައިވާ ކަމަށް ބުނެއެވެ. އޭނާގެ ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވަނީ ފިލަން އުޅުމުގެތެރޭގައި އެގޭޔާއި ދިމާލުން ހުރި ޓިނުގަޑެއްގައި ޖެހިގެންކަމަށް އައްޑޫ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއްވައެވެ.

ރޭގައި ހިންގުމަށް ތައްޔާރުވަމުންދިޔަ މާރާމާރީއާއި ގުޅިގެން އެއްވެސްމީހަކު ހައްޔަރުކޮށްފައި ނުވާކަމަށް އިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް މިމާރާމާރީއަށް ތައްޔާރުކޮށްފައިވާ ހަތިޔާރުތައް އަތުލައިގަނެ، މިމާރާމާރީ ކޮންޓްރޯލް ކުރެވުނު ކަމަށާއި، މާރާމާރީއަށް ތައްޔާރުކޮށްފައިވަނިކޮށް ފުލުހުން އަތުލައިގަތް ތަކެތި މީޑިއާއަށް ދައްކާނެކަމަށްވެސް އެސްޓޭޝަނުން ހާމަކުރައްވައެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަންގެ ޗީފް އިންސްޕެކްޓަރ އާދަމް އިޔާޒް ވިދާޅުވީ، ފުލުހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މުސްތަގިއްލު ކޮމިޝަނެއް އެބަހުރި ކަމަށާއި، އާއިލާއިން މިމައްސަލަ ހިނގާފައިވާގޮތް ބަލަން ބޭނުންވާނަމަ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށެވެ.

ރޭ ފުލުހުން މާރާމާރީ ހިންގައި އަނިޔާކުރިކަމަށްބުނާ މީހާގެ އާއިލާއިން ބުނިގޮތުގައި، ފުލުހުން މިއަމަލު ހިންގާފައިވަނީ 4  މީހަކާއިއެކު އެގޭ ސިޓިންގރޫމާއި ދިމާލުން ބޭރުގައި ތާސްކުޅެން ތިއްބާ ކުއްލިއަކަށް ފުލުހުންގެ ދެމީހަކު އެތަނަށް ވަނުމުން ހުސެން އަހުމަދު ދުވެފައިގޮސް އެގޭ ކޮޓަރިއަކަށް ވަނުމުން، އޭނާގެ ފަހަތުން ފުލުހުންގެމީހާ ދުވެފައިގޮސް ކޮޓަރިއަށް ވަދެކަމަށެވެ. އަދި މިއަމަލު ފުލުހުން ހިންގުމާއިގުޅިގެން އެގޭގެ މީހުންނަށް ނަފްސާނީގޮތުން ވަރަށްބޮޑަށް އަސަރުކޮށްފައިވާކަމަށްވެސް އެއާއިލާއިން ބުނެއެވެ. ފުލުހުންގެ ދެމީހަކު ވަދެ މާރާމާރީ ހިންގުމަށްފަހު ނުކުމެގެން ދިޔައީ ކަމަށާއި  އަދި މިމައްސަލައާއި ގުޅިގެން އެފަރާތުން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގުޅުމުން އެތަނުންވެސް ވަރަށް ހަޑިހުތުރު ބަހުން މުޚާތަބް ކޮށްފައިވާކަމަށް އެއާއިލާއިން މައުލޫމާތު ދީފައިވެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd