atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
"ބޭސްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައުން" އެއީ ވިލާ ފައުންޑޭޝަނަށް ފޮނުވާލި ރޮކެޓެއްދޯ!
08 ސެޕްޓެންބަރ 2010
image
އެމްޑީޕީގެ މެނިފެސްޓޯގައިވާ، ގުލްސަންޕާމަލުގެ ނުވަތަ ޓެމްޕްލް ފުލާވަރުގެ ފަސްފިޔައަށް ޚާއްޞަކޮށްފައިވާ ފަސް ވަޢުދުގެތެރެއިން އެންމެ މުހިއްމު އެއްވަޢުދަކީ "ބޭސްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައުން" ހިމެނޭ ވަޢުދެވެ. އެވަޢުދަކީ، ... ތަފްސީލް
 
ކުޅިވަރު
ދިރާގު ދިވެހި ލީގުގެ ފަހުބުރު: ލީގު ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ބުނަމުން އަންނަ ވީބީ އިއްޔެރޭ ކުޅުނު މެޗްވެސް ކާމިޔާބު ކޮށްފި
07 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގުގެ ފަހުބުރުގެ ކުޅުންވެސް ނިމުމަކަށް އަންނައިރު، ލީގް ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ބުނަމުން އަންނަ ވީބީ ސްޕޯޓްސް ކުލަބް އިއްޔެ ރޭ ކުޅުނު މެޗްވެސް ... ތަފްސީލް
 
އަދުގެދުނިޔެ
ގުއަތިމަލާއަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެންގޮސް، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މެކްހަށް ޖަހައިފި
07 ސެޕްޓެންބަރ 2010
image
މެކްސިކޯގެ ދެކުނަށާއި، ގުއަތިމަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންގޮސް، ގެއްލިފައިވާ މީހުން ހޯދުމާއި، ޙާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތް މެކްހަށް ޖަހައިފިއެވެ. މިއީ، ... ތަފްސީލް
 
ކޯސްޓްގާޑުގެ 10 ވަނަ ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
 
09 މާޗް 2010
ޙާމިދު - ހާމަނޫސް
image
އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތާއި އަލަށް ގުޅުނު ސިފައިންނަށް ހިންގި 10 ވަނަ ކޯސްޓްގާޑު ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު ޝިޔާމްއެވެ.

މިރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންގެ ހެވިކަން ދައްކާލާފައިވެއެވެ. އަދި ދަސްވެނިންނަށް ކޯސްޓްގާޑުގެ ބެޖު ހަވާލުކޮށްދިނުމާއި ވަނަވަނައަށްދިޔަ ފަރާތްތަކަށް ތައްޓާއި ހަނދާނީލިޔުން ޙަވާލުކޮށްދިނުން އޮތެވެ.

ތިންމަސްދުވަހުގެ މުއްދަތަށް ހިންގި މިކޯހުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ޝަހުމްއެވެ. ސްޓާރ ބޯޑް ޕްލެޓޫންގެ އެންމެ ރަނގަޅު ދަރިވަރަކަށް ޕްރައިވެޓް އިބްރާހީމް ޙާނީ އަޙުމަދު ހޮވުނުއިރު، ޕޯޓް ޕްލެޓޫންގެ އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު ޔާމީންއެވެ. ކިޔަވައިދެވުނު މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙުމަދު ރިފްޝާން މުޙައްމަދުއެވެ. ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެޙުމާން ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝިޔާމް އެވެ.

2009 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 10ން 2010 ވަނަ އަހަރުގެ މާރޗްމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިޔަ މިކޯހުގައި 56 ދަރިވަރުން ބައިވެރިވެ ފާސްވެފައިވެއެވެ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައާއި މާލޭގައި ހިންގި މިކޯހުގައި ކިޔަވައިދެވުނު މާއްދާތަކުގެ ތެރޭގައި ހަށިހެޔޮކަމާއި، ނިޔަމިކަމާއި، ފަސްޓްއެއިޑާއި ނޭވަލް ކޮމިޔުނިކޭޝަނާއި ކަނޑުގެ ޤާނޫނާއި އަދި ސިފައިންގެ ޤާނޫނާއި ޤަވާއިދުތައް ހިމެނެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޖިއޮގްރަފީ އާއި މީޓިއޮރޮލޮޖީއާއި ޗާޓްވޯކާއި ސީމަންޝިޕާއި ބޯޑިންއާއި ފަޔަރ ފައިޓިންގއާއި ސާޗް އެންޑް ރެސްކިޔުއާއި އިންފޮމޭޝަން ޓެކްނޮލޮޖީއާއި އިންޖިނިއަރިން އަދި އިލެކްޓްރިކަލް އިންޖިނިއަރިންގ އަސާސީ ފެންވަރަށް ވަނީ ދަސްކޮށްދީފައެވެ.

މީގެއިތުރުން ދީނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ބައެއް ސީނިއަރ ބޭފުޅުންގެ ލެކްޗަރތަކާއި، ސަވައިވަރ ޓެކްނިކްސް އަދި ކޯސްޓްގާޑު ސަބް ޔުނިޓްތަކުގެ ތަޢާރަފް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.
މިކޯސް ނިންމުމުގެގޮތުން ރޭ ބޭއްވެވި މިރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ޑައިރެކްޓަރ މޭޖަރ މުޙައްމަދު އިބްރާހިމްއާއި، ސިފައިންގެ އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ސިފައިންގެ އިތުރުން ކޯހުގެ ދަރިވަރުންގެ އާއިލާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd