atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ސަރިދާލޭސް: ބޭފުޅުން
 
09 މާޗް 2010
ސަރިދާލޭސް
image
ދިވެހިރާއްޖޭގައި އޮންނަ، ފަންތީ އިމްތިޔާޒު ތިންބަޔަކަށް ބައިކުރެވެއެވެ. އެއީ ދަށުދަރަޖަ އާއި، މެދުދަރަޖަ އާއި، މަތީ ދަރަޖައެވެ. މަތީދަރަޖަ އަކީ ބޭފުޅުންނެވެ. މެދުދަރަޖަ އަކީ، ބޭކަލުންނާއި ބޭކަނބަލުންނެވެ. ދަށު ދަރަޖައަކީ އާދައިގެ މީހުންނެވެ.

ބޭފުޅުން ފަރީއްކުޅުވައި، ވަޑައިގެން، ވިދާޅުވަނީއެވެ. ބޭކަލުންނާއި ބޭކަނބަލުން ކޭންބައްލަވައި، ހިންގަވައި، ބުނުއްވަނީއެވެ. އާދައިގެ މީހުން ކައިބޮއި، ހިނގައި، ބުނަނީއެވެ. މިހާބޮޑު ތަފާތުހުރި ފަންތިތަކެއް އުފެދެނީ، ވެރިންނާއި، ބޮޑުންނާއި، ރައްޔިތުން ވަކިވެފައި އޮތުމަށްޓަކައެވެ. ދުނިޔޭގެ އެހެން ތަންތާނގައިވެސް، އިހުޒަމާނުގައި މިފަންތިތައް އުފެދިފައި ވެއެވެ.

ބޭފުޅުންނަކީ، ރަސްކަލުންނާއި ރަނިކަނބަލުންނާއި، އެބޭފުޅުންގެ ދަރިންނާއި ކާފަ މާމަ ދަރިންނެވެ. އަދި، ރަސްރަނި ބޭފުޅުންނާ އެއްބަނޑު އެއްބައްޕާފުޅު ބޭފުޅުންނާއި އެބޭފުޅުންގެ ދަރިންނާއި ކާފަ ދަރިންނެވެ. މިއީ، ގަނޑުވަރުތެރޭގެ ބޭފުޅުންނެވެ. އެތެރެކޯލުގެ ޝާހީ ބޭފުޅުންނެވެ. ރަސްމަތިފުށުގެ ބޭފުޅުންނެވެ. ދެންތިއްބަވަނީ، ވަޒީރުންނާއި، ފުރަދާނައިންނާއި، ކިލެގެ ބޭކަލުންނެވެ.

ކިލެގެ ބޭކަލުންނަކީ ރަދުންގެ މަޝްވަރާ މަޖިލީހެވެ. އެއީ، ފާށަނާކިލެގެ، ރަންނަބަނޑޭރި ކިލެގެ، ދޮށިމޭނާކިލެގެ، މާފަތްކިލެގެ، މާފުދޭރިކިލެގެ، ދަހަރަދަކިލެގެ، އޮޅިގިނައިކިލެގެ، ކައުޅަންނައިކިލެގެ، ކުޑަރަންނަބަނޑޭރި ކިލެގެ، އަދި ކުޑަދޮށިމޭނާކިލެގެ އެވެ. އެގާރަވަނަ ކިލެގެ އަކީ ރަސްކިލެގެއެވެ. މިދަރަޖާގައި ތިއްބަވާ އަންހެން ބޭފުޅުންނަކީ، ރަނިކިލެގެ، މާވާކިލެގެ، ކަބާދިކިލެގެއެވެ. ރަނިކިލެގެއަކީ ރަދުންގެ އަނބިކަމަނާއެވެ. މާވާކިލެގެ އަކީ، ރަދުންގެ މައިކަމަނާއެވެ. ކަބާދި ކިލެގެއަކީ، ރަދުންގެ ދައިތާފުޅު ނުވަތަ ކޮއްކޯފުޅެވެ.

ކިލެގެ ބޭކަލުންގެ ތެރެއިން 5 ބޭފުޅުންނަކީ، ރަސްކަމުގެ ކަންކަން ފަސްބައި ކުރައްވައި، އެއިން ކޮންމެ ބަޔަކާ ހަވާލުކުރައްވާފައިވާ 5 ވަޒީރުންނެވެ. އެއީ "ފަންސަފުރަދާނަ" އެވެ. ފަންސަފުރަދާނަ އަކީ، ފަނޑިޔާރު، ހަނދެއިގިރި، މާފަތް، ފާމުލަދޭރި، ދަހަރަދައެވެ. އަނެއް 5 ބޭފުޅުންނަކީ، ވަޒީރުކަމަށް ކޮލިލައްވާފައި ތިބޭ "ބޮޑުމުސްކުޅި" ބޭފުޅުންނެވެ. ހުރިހާ ކިލެގެ ބޭފުޅުންނަކީވެސް ކޮލިލައްވާފައި ތިބޭ ބައެކެވެ. "ހަވަރު" އުފެދުނު ފަހުން، މިއުސޫލަށް ބަދަލު އަތުވެއްޖެއެވެ.

ހަވަރަކީ، ރަސްކަން ހިންގުމުގެ 6 ދާއިރާ ނުވަތަ 6 ބާރެވެ. އެއީ، އިސްވަރު ނުވަތަ ދޮށިމޭނާވަރު، ހަކުރާވަރު، ވެލާނާވަރު، މާފަތްވަރު، ދަހަރާވަރު، ފާމުލަދޭރިވަރެވެ. ހަވަރުގެ ވެރިޔަކީ ދޮށިމޭނާވަރެވެ. މިވަރުތަކާ ހަވާލުވެގެން ތިބެނީ ކިލެގެބޭކަލުންނެވެ. އިސްވަރުގައި ދޮށިމޭނާ ކިލެގެ ހުންނަ އުސޫލުންނެވެ. ދޮށިމޭނާ ވަރަކީ މިހާރުނަމަ، ޑިފެންސެވެ. ހަކުރާވަރަކީ، ޕަބްލިކްވޯކްސް އެވެ. ވެލާނާވަރަކީ، ފޮރިންއެފެއާޒެވެ. ފާމުލަދޭރިވަރަކީ ހެލްތެވެ.

މިއުސޫލުން ހަވަރު އުފެދިފައި ވާއިރު، ބޮޑުވަޒީރާއި، ބޮޑުބަނޑޭރިޔާ އާއި، އަދި ފަނޑިޔާރު މަނިކުފާނުވެސް ހުންނަވައެވެ. މިއީ ހައްތާވެސް ބޭފުޅުންނެވެ.
                                               (ނުނިމޭ)

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd