atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
"ބޭސްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައުން" އެއީ ވިލާ ފައުންޑޭޝަނަށް ފޮނުވާލި ރޮކެޓެއްދޯ!
08 ސެޕްޓެންބަރ 2010
image
އެމްޑީޕީގެ މެނިފެސްޓޯގައިވާ، ގުލްސަންޕާމަލުގެ ނުވަތަ ޓެމްޕްލް ފުލާވަރުގެ ފަސްފިޔައަށް ޚާއްޞަކޮށްފައިވާ ފަސް ވަޢުދުގެތެރެއިން އެންމެ މުހިއްމު އެއްވަޢުދަކީ "ބޭސްސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނައުން" ހިމެނޭ ވަޢުދެވެ. އެވަޢުދަކީ، ... ތަފްސީލް
 
ކުޅިވަރު
ދިރާގު ދިވެހި ލީގުގެ ފަހުބުރު: ލީގު ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ބުނަމުން އަންނަ ވީބީ އިއްޔެރޭ ކުޅުނު މެޗްވެސް ކާމިޔާބު ކޮށްފި
07 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގުގެ ފަހުބުރުގެ ކުޅުންވެސް ނިމުމަކަށް އަންނައިރު، ލީގް ކާމިޔާބު ކުރާނެކަމަށް ގިނަބަޔަކު ބުނަމުން އަންނަ ވީބީ ސްޕޯޓްސް ކުލަބް އިއްޔެ ރޭ ކުޅުނު މެޗްވެސް ... ތަފްސީލް
 
އަދުގެދުނިޔެ
ގުއަތިމަލާއަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެންގޮސް، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މެކްހަށް ޖަހައިފި
07 ސެޕްޓެންބަރ 2010
image
މެކްސިކޯގެ ދެކުނަށާއި، ގުއަތިމަލާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންގޮސް، ގެއްލިފައިވާ މީހުން ހޯދުމާއި، ޙާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތް މެކްހަށް ޖަހައިފިއެވެ. މިއީ، ... ތަފްސީލް
 
ޗެރިޓީ ފުޓްބޯޅަ ޓޯނަމެންޓުން ލިބުނު ފައިސާ މާފުށީގައި ހުންނަ ކުޑަކުދިންގެ މަރުކަޒަށް ހަދިޔާކޮށްފި
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަން
 
09 މާޗް 2010
މުޙަންމަދު ޝާން - ހާމަނޫސް
image
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަންހެން ފުލުހުން އިސްނަގައިގެން ހިންގި ޚާއްސަ ޗެރިޓީ ފުޓްބޯޅަ ޓޯނަމެންޓުން ލިބުނު ފައިސާ މާފުށީގައި ހުންނަ ތަޢުލީމާއި ތަމްރީނު އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށް ހަދިޔާކޮށްފިއެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ޓިކެޓް ވިއްކައިގެންނާއި އަދި ދަނޑުގައި ބެހެއްޓިފައިހުރި ފަންޑު ފޮށްޓަށް ލިބުނު ޖުމްލަ 21650.35 ރ (އެކާވީސްހާސް ހަސަތޭކަ ފަންސާސް ރުފިޔާ ތިރީސްފަސް ލާރި) އެސެންޓަރާއި ހަވާލުކޮށްދެއްވީ އިއްޔެ ޓޯނަމެންޓްގައި ބައިވެރި 4 ޓީމުގެ ކެޕްޓަނުންނެވެ. އަދި މިފައިސާއާއި ސެންޓަރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެތަނުގެ ޕްރިންސިޕަލް އަޙުމަދު ޝަފީޤުއެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ފުލުހުންގެ އިތުރުން ބައިވެރިވެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، އައިލެންޑް އޭވިއޭޝަން، އަދި ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުންނެވެ. މިމުބާރާތުގެ ފައިނަލް މެޗުގައި އިމިގްރޭޝަނާއި ޕޮލިސް ބައްދަލުކުރި މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިމިގްރޭޝަންޓީމެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށާއި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ތައްޓާއި ހަނދާނީ ލިޔުން ބައްސަވާދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑރ. އައިމިނަތު ޖަމީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީހް އެވެ. މުބާރާތުގެ ކްއީން އޮފް ދަ ޓޯނަމަންޓަކަށް ހޮވުނީ އިމިގްރޭޝަންގެ ފަދުވާ ޒާހިރެވެ.

އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި މިހަރަކާތް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑރ. އައިމިނަތު ޖަމީލްއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް މުޙައްމަދު ޝިހާބް އާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަޞީހް އާއި މިޙަރަކާތުގައި ބައިވެރިވި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުންވެސް ބައިވެރިވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd