atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ސަރިދާލޭސް: ރަބީޢުގެ ޒިކްރާ
 
04 މާޗް 2010
ސަރިދާލޭސް
image
ނަޝީދެއް އުދުހެލީހެ ރަބީޢުގައި ކުރި، މުޅި ދުނިޔެ ރޯޝަން
    ނަސީބާ ނިޢުމަތުގެ ވައިރޯޅި ހިނިތުން ކޮއްލިއޭރު ޒަމަން

ކަރުނައަޅަމުން މިބިން ޝިރުކުގެ ބަލީގައި ނެތިޝިފާ ދިޔަހާ
    ޤަރުނުތަކުގައި ލިބުނު އަފްސޫސު މޮޅިވެރިކޮއްބަލާށެ ވަޒަން

ޖަހާލަތް އޭރު ކިހިނެއްހޭ، ޢަޤީދާތައް ޝިކާރަ ކުރީ
    ވަހާކުލަ އިޖްތިމާޢީ ގެއްލިދިއުމުން، އިންދިރާސްވެ ޗަމަން

އެހިތްދަތި ރޭތަކުގެ އިޙްސާސުގައި ކުރި ދުނިޔެޝަކުވާތައް
    އެހީތަ، ރަބީޢު ވެރިކޮއްލީ، މިޒާރަށް ނިޢުމަތާއި  އަމަން

ޞަބާޙުގެ ރޯޅި ހިނިތުންކޮއްލިގޮތް، މާތައް ވިލާވަރު ގައި
    ކޮބާ، ދެކެލީންހެ، ސާފުނަދާ، ފެށީ ފިޔަތައްމަތީ ފިރުމަން

ޙިރާގެ ވުޖޫދު ތައުޙީދުގެ ޝުޢާޢުން ބެބުޅިލީ ކިހިނެއް،
    ބިރާ ފުރެދުމުގެ މިޙަޔާތުން ފިލާ  ނާމާންކަމާ  ބަނަކަން

ކައުނު އުފަލުން ސަނާނުކިޔާހެ، ހިނިތުންވީ ހިނދުން ޢާލަމް
    ޝައުޤުވެރިނޫރު އުފުޤުން އުދަވުމުން، ރަޙުމަތުގެ މާތްނޫރަން

އެހިނދުއައި މަރުޙަބާގެ ނިދާ، މިޢާލަމް ގުގުމަމުން ފަތިހަށް
    އެހިރިޔާ ފާތުރާށައެކީ ވެގެން ދިޔައީ، ދުނިޔެ ކިޔަމަން

އެޖާހުން އައި ސަޢާދާ ރަމްޒުކުރި މަޙެފިލްގެ މަންބަޢުގައި
    އެޖާހިލް ހިޔަނިފުހެ، ތެދުމަގުގެ އިރު ނުފަށާހެ ސާފުވިދަން

ތަރާނާ ހެޔޮނަޞީބުގެ އުދުހި ވަޙްދާނީ ކަލިމަ އުހުލައި
    ޤަރާރުކުރީހެ ޢާލަމުގައި ޙަޔާތުގެ ޢިއްޒަތާ ކައުކަން

ރިސާލަތް ރަޙުމަތުގެ ކޮއްލައިފި ދުނިޔެ އެކީ ބަދަލް އެހިނދުން
    ނިޝާންތައް "އުސްވަތުންޙަސަނާ"ގެ،ފެށުމުން އުދަރެހުން ފެންނަން

މުޙައްމަދު މުޞްތަފާށަވެދުން، ސަލާމާ އަބަދު ޞަލަވާތުން
    މުޙައްބަތްތެރި ހިތުގެ ތަޢުޒީމުގައި ލޯތްބާއެކީ ފޮނުވަން

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd