އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
އިންފޮމޭޝަން ޑިޕާޓްމަންޓުން އުފައްދާފައި އޮންނަ ކޮންޓެންޓް ކޮމިޓީ ވަގުތުން އުވާލުމަށް ގޮވާލައިފި
ބައިބަލާ މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކަންކަން ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި
ކޮޅުވެއްޓީގެ މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރުއަތުން ބަދަލުހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި
ހައުސިންގ އެންޑް އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެބޭފުޅަކަށް
އީ-ގަވަރމަންޓް ނިޒާމްގެދަށުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޕޯޓަލް އިފްތިތާހްކޮށްފި
މާއްދާއެއް އުނިކުރިނަމަވެސް، ޤާނޫނާ ޚިލާފަށް ނިންމާފައިވާ މައްސަލަތައް ބެލުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ: ނަޝީދު
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ...
ތަފްސީލް
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ...
ތަފްސީލް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
މުޙަންމަދު ނަޞީރު، އއ.މާޅޮސް
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ އަގު ހެޔޮކޮއްދެއެވެ. ދެކޮޅުނުޖެހޭ ބައި ފޫބައްދަން ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދެނީއެވެ. އެވަރުންވެސް، ސްޓެލްކޯ ދަރަނީއެވެ. ހަމައެކަނި ޑީސަލްގެ ދަރަނި ބޮޑުވެގެންގޮސް، އެސްޓީއޯ ނުހިންގޭވަރު ވީވާހަކަ ދެއްކިޔަސް ވަރިހަމައެވެ. މިއަދާ ހަމައަށްއައިއިރު، ސްޓެލްކޯއޮތީ ދަރާ ވިކިފައެވެ. އެހެންވެގެން، މިހާރުގެ ސަރުކާރުން (ކުންފުނި ހިންގާނީ ކުންފުނި އުސޫލުންނޭ ބުނެފައި) މިކުރިކަމަކީ، ސަބްސިޑީ ނުދީ ހުއްޓާލީއެވެ. ސްޓެލްކޯއިން ކުރިކަމަކީ ކަރަންޓްފީ އަގުބޮޑު ކުރީއެވެ. މާލޭ "ފަގީރުން" ކުރިކަމަކީ މުޒާހަރާ ކުރީއެވެ. ހަމަގޮސްޖެހުނީ، ފުރިތާނގައެވެ. މީޓަރުތަކަށް ހެޔޮފޯރުވާން ޖެހިއްޖެއެވެ. އެއަށް "ސަބްސިޑީ" އެކޭ ނުކިޔައެވެ. އެޔަށް ކިޔަނީ "ޚައިރާތު" އެވެ. ލާރިނަގަނީ ހަމަ ދައުލަތުގެ ބަޖެޓުންނެވެ. މިހެދޭ އެއްޗެއް އެނގޭބާއެވެ. ބަންގާޅީންނަށް ހިލޭ ރީތިފެން ދިނުން ހުއްޓާލިނަމަވެސް މިއަށްވުރެ ތާހިރުވީހެވެ.
މާލޭގައި ފެންހޮޅި އަޅާފައި، ކޮންމެގެއަކަށް ރީތިފެން އިސްކުރެއް ވިއްކާފައި، ފެންވިއްކަންފެށީ، ތިމާވެށި ހަލާކުކުރުމުގެ މަޝްރޫޢުގެދަށުން، މާލޭގެ ފެންފަށަލަ އިތުރަށް ތަޣައްޔަރުވެގެނެވެ. މާލޭ ރައްޔިތުން ރީތިފެން ގަންނަންފެށީއެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގައި ބޮޑުކާފު ކުޑަކާފު ސަޤާފަތު ގެންގުޅެމުންވެސް، ރީތިފެނުން ފެންކުޅިކުޅޭން ޖެހިއްޖެއެވެ. އެހެންވެ، ލޮބުވެތި ރައްޔިތުންނަށްޓަކައި، ހިލޭ ފެންއިސްކުރުތަކެއް ލައިދީފިއެވެ. ހަމަމިއާއެކު، ފެންވިއްކުމަކީ، ކުންފުނި އުސޫލުން ކުރާ ވިޔަފާރިއަކަށް ހަދަންވެއްޖެއެވެ. ފެންކުންފުނި އުފެއްދީއެވެ. އެކުންފުނިން، ކުންފުނި އުސޫލުގައި، އަގުބޮޑުކޮށް ފެންވިއްކަން ފެށީއެވެ. ފެނުގެ އަގާ ނުބައްދަލު ފަގީރުންނަށްޓަކައި، ހިލޭ ފެންއިސްކުރުބަރި ލައިދީފައި، އެބައި ފެންކުންފުންޏަށް ދައުލަތުގެ ބަޖެޓުން ދެނީއެވެ. މިހެދޭ އެއްޗެއް އެނގޭ ބާވައެވެ!
ކަރަންޓާއި ބޯފެން ފޯރުކޮށްދެނީ، އަސާސީ ޚިދުމަތެއްގެ ނަމުގައެވެ. ދޭންވަނީ، ކުންފުންޏެއްގެ ޙައިސިއްޔަތުންނެވެ. ކުރީގައި، ރިޔާސީ ކެންޕޭނެއްގެގޮތުން ކަރަންޓާއި ފެނުގެ އަގު ހެޔޮކުރަނީއެވެ. ހިލޭ އިސްކުރުބަރި ބަހައްޓަނީއެވެ. ދައުލަތުގެ ބަޖެޓުން އެދެކުންފުންޏަށް ސަބްސިޑީ ދެނީއެވެ. ސްޓެލްކޯ ދަރަނީގައެވެ. ފެންކުންފުނިން ސަރުކާރަށް ފައިދާ ދައްކައެވެ. މިއީވެސް، ސިޔާސަތެކެވެ. ވެރިކަމެއް ކުރާށޭ ކިޔައިގެން 30 އަހަރު ދުވަހު، މީހަކު ހޭވި ހަޑިއެވެ. މިހާރު ހާވާހަޑި ވަކި ސަހަލު ހެއްޔެވެ.
ކަރަންޓު ދިނުމަކީ، ކުންފުނި އުސޫލުން ކުރާ ވިޔަފާރިއެއް ކަމަށްވަންޏާ، އެކުންފުނި މިނިވަންކޮށް ދޫކޮއްލަންވީއެވެ. ކަރަންޓު ބޭނުންކުރާމީހުން، އެމީހުންގެ ފެންވަރުން އެމީހުން ބޭނުންކުރާނީއެވެ. މާލޭގައިއުޅޭ "ފަގީރުން" ގެ މީޓަރުތަކަށް ހެޔޮފޯރުވާފައި، ރަށްފުށުގައިއުޅޭ "ފަގީރުން" ގެ މީޓަރުތަކަށް އަޅާނުލާ ދޫކޮއްލާ އުސޫލު ތާކުންތާކުޖެހޭ ހެއްޔެވެ. ވެރިރަށުގައި އުޅޭނީ މުއްސަނދިން ނޫންހެއްޔެވެ. އަހަރެންގާތު މީހަކުބުނީ "ނިއުދިއްލީގައިވެސް، ލަންޑަނުގައިވެސް، ޖޮހަނަސްބާރގްގައިވެސް ފަގީރުން އުޅޭ" ކަމުގައެވެ. އަހަރެން ބޯޖަހާލީމެވެ. ކެރެލާ ސްޓޭޓްގެ ބައެއް ރަށްރަށުގެ ބައެއް ގޭގޭގައި އަދިވެސް ކަރަންޓެއް ނުލައެވެ. ރާއްޖޭގެ "ފަގީރުން" ތިބެންޖެހެނީ މެގަވޯޓް ކަރަންޓް ބޭނުން ކޮށްގެންކަމަށް ސަރުކާރުން ގަބޫލުކުރަނީތާއެވެ.
އެންމެ ރަނގަޅެވެ. މާލޭގެ ފަގީރުންގެ ގޭގެއަށް، ކަރަންޓުގެ "ޚައިރާތު" ދިނީއެވެ. އެކަމަކު ބަންގާޅީންނަށް (ޔަޢުނީ: ބިދޭސީލޭބަރުންނަށް) ފެނުގެ "ޚައިރާތު" ދޭކަށް ނުޖެހޭ ނޫންހެއްޔެވެ. ކުރީގެ މުސްކުޅި ސަރުކާރުން މުސްކުޅި ރައީސް ކޮއްފައިހުރި އެއްވެސްކަމެއް މިއަދަކު ކަމަކުނުދޭ ވިއްޔާއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި، ކުޑަވަރެއްގެ ހަނގުރާމައެއް ސަރުކާރުން (ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއާއި ސިވިލްސާރވިސްއާ ދެކޮޅަށް) ކުރާއިރު، ބަންގާޅީން ފެންވަރާ ފެންބޮއި ހިނާ ޠާހިރުވެ ނަޖިސް ފިލުވަންޏާ ފިލުވަން، ހިލޭ ރީތިފެން ބަހައިދީ، ދައުލަތުގެ ބަޖެޓުން ފެންކުންފުންޏަށް ސަބްސިޑީ ދޭތީ އަހަރެން އަޖައިބުވަމެވެ. މިމައްސަލަ އަދި، އަނެއް ދިވެހިރާއްޖެއަށް ނުދަނީއޭ، މަކައިރީ މީހަކު ބުންޏެވެ. ދިޔަނަމަކަ "ވަގުބަންގާޅީން" ނަކަށް ހިލޭ ރީތިފެނެއް ނުދިނީހެވެ. ރޭނިދި ނުނިދާ، ވަގުބަންގާޅީން ބޭރުކުރަން މަސައްކަތް ކުރަމުން، އެމީހުނަށް ހިލޭ ރީތިފެން ދެމުންދާތީ، ލާނެއް ހިންޏެއް އާދެއެވެ. މުނިސިޕަލްޓީގެ ރައީސް އާދަންމަނިކަށް ރިފޯމްކުރަން ފެންނަނީ، ލޮނުޒިޔާރަތްކޮޅު ކަޅުގާތައް މައްޗެވެ!
ހިލޭ ސަދަގާތު ފެންއިސްކުރު ބަރިތައް އާދަންމަނިކު ނުދެކެނީކަމަށް ވެދާނެއެވެ. އިލްޔާސް ހުސޭނާއި، ލަޠީފަށް ކާރުގައި ދާއިރު ބަލައިނުލެވެނީ ތޯއްޗެކެވެ. ބަންގާޅީން ސައުވީސް ގަޑިއިރު ކިޔޫހަދާފައިކުރާ މަސައްކަތަކީ، އިސްކުރުބަރިން، ރީތިފެން ގެންދިއުމެވެ. ބަންގާޅީން ބެހިގެންވަނީ ތިންބަޔަކަށެވެ. އެއްބަޔަކީ ސަރުކާރުން ގެނެސްފައިވާ މީހުނެވެ. އަނެއްބަޔަކީ، މުއްސަނދީން އެމީހުންގެ ބޭނުންތަކަށް އަޅުންގެގޮތުގައި ގެނެސްފައިވާ މީހުނެވެ. މިދެބައި މީހުނަށް، ފެންދީ ކާންދޭން ޖެހޭނީ ކޮންބަޔަކަށް ބާވައެވެ. ސަރުކާރުން ގެނެސްފައި ތިބިމީހުނަށް ފެންދޭނީ، މަގުމަތީ ސަދަގާތު އިސްކުރުބަރިން ހެއްޔެވެ. މުއްސަނދީން އެމީހުންގެ އަޅުންނަށް ފެންދިނުމަށްޓަކައި ދައްކަނީ މަގުމަތީ އިސްކުރުބަރި ހެއްޔެވެ. ވަގު ބަންގާޅިންނަށް ސަރުކާރުން ހިލޭ ފެންދެނީ ހެއްޔެވެ.
އަޅެ، ބުނެބަލާށެވެ! މަގުމަތީ ސަދަގާތު ފެންއިސްކުރުބަރި ބެހެއްޓީ ކޮން މަޤުޞަދެއްގައި ހެއްޔެވެ. "ތަނަވަސްކަން ކުޑަ ޢާއިލާތަކުގެ ބޭނުމަށްޓަކައި" ކަމަށް ކިޔައި އުޅެއެވެ. އެކެޓަގަރީގައި މިތިބެނީ ބަންގާޅީ ލޭބަރުންތާއެވެ! ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދީގެން، ބަންގާޅީންނަށް ހިލޭ ފެންދިނުމަކީ، ހެއްވާ ކަމެކެވެ. ދިވެއްސަކު ފެންބަލާދިޔަޔަސް، ޖާގަލިބޭނީ، ބަންގާޅީން ޖާގަ ދިނިއްޔާއެވެ. ކުރީގައި ހޮޓާހޮޓަލާއި، ބަދިގެތަކުގައި މުޅީން ބޭނުންކުރަނީ މި ސަދަގާތު ފެނެވެ. މިހާރުވެސް އެބަ ގެންދެއެވެ.
މަގޭކައިރީ، އަވަށުއޮފީހުގެ (ރީނދޫ) ސުޕަވައިޒަރަކު ބުނިގޮތުގައި، އެމީހުންގެ އަވަށުއޮފީހުން ޑިއުޓީބަހާއިރު، ފެން އިސްކުރުބަރިތައް ބަލަހައްޓަން ސުޕަވައިޒަރުން ހަމަޖައްސައެވެ. ތިމަންނާ ފެންއިސްކުރުބަރިއެއް ބެލެހެއްޓި ދުވަހެއްގައި (މާފަންނުކޮޅު) ހޮޓަލަކަށް "ރެކިސާގަނޑު" ގައި ފެން ގެންދެއެވެ. ތިމަންނާ އަވަށުއޮފީހަށް ރިޕޯޓްކުރީމެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. މީނާ މިހެން ބުނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
އަހަރެން ބުނީމެވެ. ބަންގާޅީ ދަނބިދަރިހުރެގެން، ބަންގާޅީން އުޑަށްއަރުވާ ވާހަކަ ދެއްކީ، މުސްކުޅި ސަރުކާރުންނެވެ. މިހާރު މިއީ އެހެން ސަރުކާރެކެވެ. ތިޔަވަނީ ކިހިނެއް ހެއްޔެވެ. ތިޔަޖެހެނީ ހަމަ އެއްތާކުއެވެ.
މިކަންކަން މިހެންހުރީމާ، ހޯމް އެފެއާރޒާއި، މާލޭ މުނިސިޕަލްޓީއާއި، ފިނޭންސް މިނިސްޓްރީއަށް އިލްތިމާހެއް ކުރާން އެބަޖެހެއެވެ. ލޭބަރ މިނިސްޓްރީއާއި، އިމިގްރޭޝަންވެސް މީގައި ހިމަނައިގެންނެވެ. އިލްތިމާހަކީ، ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުން ތިބިނަމަ، ކަރަންޓުގެ އެހީ ("ޚައިރާތު") ދޭގޮތަށް، ފެނުގެ އެހީ ("ޚައިރާތު") ދިނުން އަވަސް ކުރުމެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް