atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އަޝްކަރުވެރިކަމަށް މަޖިލީހުގެ ރުހުން ހޯދަންޖެހެނީ ރައީސަށް އިތުބާރުނުކުރެވޭތީ
11 މާޗް 2010
image
ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ މާބިރުގަންނަކަމެކެވެ. ރާއްޖޭގެ ޤާނޫނުއަސާސީ ތަރުތީބުކުރެވިފައިވާގޮތުން ބަޔަކު ކިތަންމެ ނުރުހުނަސް ރައްޔިތުންގެ މަޖިލީހަކީ އެންމެ ބާރުވެރިފަރާތެވެ. ތިންބާރު ވަކިވެފައިއޮތަސް ރައްޔިތުންގެ ބާރަކީ ... ތަފްސީލް
 
ކުޅިވަރު
ސީޒަން ހުޅުވާމެޗްގައި މިރޭ ވީބީއާއި ވިކްޓަރީ ބައްދަލު ކުރަނީ
11 މާޗް 2010
image
ފުޓްބޯޅަ ސީޒަން ހުޅުވުމުގެގޮތުން ކުޅޭ ޗެރިޓީ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ އެންމެ ވާދަވެރި ދެކުލަބްކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވީބީ ސްޕޯޓްސް ކުލަބް ބައްދަލްކުރާ މެޗް ގަލޮޅު ... ތަފްސީލް
 
އަދުގެދުނިޔެ
އެމެރިކާއާއި އީރާން އަފްޣާނިސްތާނުގައި ތޮޅެނީ
11 މާޗް 2010
image
ކާބުލް: އެމެރިކާ ލަދުގަންނަވާލުމަށްޓަކައި އީރާނުގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ. ނިޖާދު ވިދާޅުވީ އަފްޣާނިސްތާނުގައި ބައިނަލްއަޤްވާމީ ބާރުތައްކަމަށް ބުނާ ލަޝްކަރުތަކަށް ޓެރަރިޒަމް ނުހުއްޓުވޭނެ ކަމަށާއި، ... ތަފްސީލް
 
ދިޕޫލް 2010 ނިމިއްޖެ
 
08 ފެބްރުއަރީ 2010
މުޙަންމަދު ޝާން - ހާމަނޫސް
image
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ.

ޖުމްލަ 72 ކުޅުންތެރިން ބައިވެރިވި މިމުބާރާތް ކުރިޔަށްދިޔައީ އަންހެން އަދި ފިރިހެން ދެޑިވިޝަން ވަކިންނެވެ. މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ އަހުމަދު ސައީދުއާއި މުހައްމަދު އަޒުވަރުއެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ ހަމްދާ މުހައްމަދާއި މާޝާ ލުތުފީއެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޙައްމަދު އަޒުވަރުއެވެ. އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ މާޝާ ލުތުފީއެވެ.

ނުވަގަޑިއިރަށް ދެމިގެންދިޔަ މިމުބާރާތުގެ ކޮންމެބަޔަކުންވެސް އެންމެމޮޅު ކުޅުންތެރިޔާ އަދި ދެވަނަ ކުޅުންތެރިޔާ ހޮވި މިމުބާރާތުގައި، ވަނަވަނައަށްއައި ފަރާތަކަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކުރެއްވީ މިމުބާރާތުގެ މެއިން ސްޕޮންސާކަމުގައިވާ މެލޭޝިޔާގެ ޔޫ.ސީ.އެސް.އައި ޔުނިވާސިޓީގެ އޮފިޝަލުންނާއި އަދި މުބާރާތުގެ ޗީފްގެސްޓް، މޯލްޑިވުްސް ހައިކޮމިޝަންގެ ކައުންސެލަރ އަލްފާޟިލާ ފަރުޒާނާ ޒާހިރުއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd