atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
މެލަމައިން ހިމެނޭ ކިރުގެ ބާވަތްތަކެއް އަނެއްކާވެސް ޗައިނާއިން ފެނިއްޖެ
 
08 ފެބްރުއަރީ 2010
ޖާދު - ހާމަނޫސް
image
ބީޖިންގ: ޗައިނާގެ ސިއްހަތާއިބެހޭ އޮފިޝަލުން ބެއްލެވި ބެއްލެވުމެއްގައި ޗައިނާގައި ގެރިކިރުގެ ބާވަތްތަކުން އުފައްދާ ބާޒާރަށް ނެރެފައިވާ ކިރުގައި މެލަމައިން ވިހައިގެ އަސަރު ހުރިކަމަށް ފާހަގަ ކުރެވިގެން ކިރުގެ ބާވަތްތައް އުފައްދާ ކާރުޚާނާތަނެއް ބަންދުކޮށްފިއެވެ.

މިމެލަމައިންއަކީ ޗައިނާގައި 2008 ގައި ފެނިފައިވާ ކިރުގެ ބާވަތްތަކާއި ތަޣައްޔަރުވެގެން އެކިރު ބޭނުންކުރި 68 ކުދިން މަރާލާފައިވާ ވިހައެކެވެ.

އިނިސްޕެކްޓަރުންވަނީ ޗައިނާގެ ހުޅަނގު އުތުރު ސަރަހައްދުން 72 ޓަނުގެ ހިކިކިރުގައި މެލަމައިން ވިހަ ހުރެގެން އެތަކެތި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ނައްތާލުމަށްޓަކައި ހިފަހައްޓައިފިއެވެ. މިބޭފުޅުން ވިދާޅުވިގޮތުގައި މިހާރުވެސް މިގޮތަށް ތަޣައްޔަރުވެފައިވާ 100 ޓަނަށްވުރެ ގިނަ ހިކިކިރު ބާޒާރުގެ ފިހާރަތަކުގައި ވެދާނެކަމުގައި އެތަކެތި ފިހާރަތަކުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވިއެވެ.

ޗައިނާގައި މިފަހަކަށްއައިސް ވަރަށްގިނަ އަދަދަކަށް މެލަމައިންއިން ކަޅިވެފައިވާ ކިރުގެ ބާވަތްތައް ވިއްކާކަމުގެ ރިޕޯޓް ލިބިފައިވެއެވެ. އަދި ބައެއް ނޫސްތަކުގައި މިވާހަކަ ލިޔަމުންދާއިރު ކުރިންވެސް މިގޮތަށް ތަޣައްޔަރުވެފައިވާ ކިރުގެ ވާހަކަ ދެއްކިނަމަވެސް ނައްތާނުލާހުރި ތަޣައްޔަރުވެފައިވާ ކިރު ވިއްކާ ވާހަކަވެސް ހާމަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ޗައިނާގެ ކިރުއުފައްދާ ސިނާއަތަށްވަނީ ހީނަރުކަމެއް ވެރިވެ މީހުންގެ އިތުބާރު ގެއްލޭގޮތް ވެފައެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd