atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
ޔުރޭނިއަމް މުއްސަނދިކުރުމުގެ އަމުރު އީރާނުގެ ރައީސް ދެއްވައިފި
 
08 ފެބްރުއަރީ 2010
ޖާދު - ހާމަނޫސް
image
ތެހެރާން: ހުޅަނގުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހުރަސްއަޅައި އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށް ރައްދު ދިނުމުގެގޮތުންނާއިއެކު އީރާނުން ބުނާ ސިއްހީ ދިރާސާތަކަށް ބޭނުންވާ ނިއުކްލިއަރ އިންޖީނު ހިންގާ ހަކަތަ އުފެއްދުމަށްޓަކައި ޔުރޭނިއަމް ފައްކާކޮށް މުއްސަނދިކުރުމުގެ އަމުރު ރައީސް މަހްމޫދު އަހްމަދީ ނިޖާދު ނެރުއްވައިފިއެވެ.

އީރާނުގެ ޓީވީން ރަސްމީ ސިފައެއްގައި މިއަމުރު ނިޖާދު ނެރުއްވީ އީރާނަށް ގެނައި އިސްލާމީ އިންގިލާބަށް 31 އަހަރު ފުރުމާއިގުޅިގެން ދެއްވި ޚިޠާބުގައެވެ. އަދި މެސެޖް ނިޖާދު މިދެއްވީ އީރާނުގައި މައްސަލަތައް ބޮޑުވެ ހަމަނުޖެހުން ހިނގުމުގެބިރު ކުރިމަތިވުމާއިވެސްއެކު އީރާނަކީ ހަރުދަނާ ގައުމެއްކަމަށް ދެއްކެވުމުގެ މަސައްކަތްޕުޅު ނިޖާދު ކުރައްވަމުން ވަޑައިގަތުމުގައެވެ.

ލޭޒަރ ޓެކްނޮލޮޖީއާއި ބެހޭގޮތުން ވާހަކަދައްކަވަމުން ނިޖާދު އެންގެވީ މިހާރު އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް 20 އިންސައްތައަށް މުއްސަނދި ކުރުމަށެވެ. އަދި މިމައްސަލައިގާ ހުޅަނގަށް އިޝާރާތް ކުރައްވަމުން ނިޖާދު ވިދާޅުވީ، މިމައްސަލަޔާއިމެދު މަޝްވަރާ ކުރުމަށް ތައްޔާރުވުމުން އީރާނުން އެކަން ހުޅުވާލާނެ ކަމުގައެވެ. އަދި މިއީ ހުޅަނގުން އެމީހުން ބޭނުންވާ ގައުމަކަށް އީރާނުގައި ކަސްކޮށް އުފައްދާފައިވާ ޔުރޭނިއަމް ގެންގޮސްގެން މުއްސަނދި ކުރުމަށް ނިންމާފައިވާ ދަރަޖައެވެ.

އީރާނާއި އދ.ގެ ހަކަތައާއިބެހޭ އިދާރާއާއި ދެމެދު ނިއުކްލިއަރ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުން އަމިއްލައަށް ނިއުކްލިއަރ މުއްސަނދި ކުރާނެކަމުގެ އިންޒާރު އީރާނުންވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ދީފައެވެ. 

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd