atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
ރާޑަރަށް ނާރާ ވައްތަރުގެ މަތިންދާބޯޓެއް އީރާނުން އުފައްދައިފި
 
08 ފެބްރުއަރީ 2010
ޖާދު - ހާމަނޫސް
image
ތެހެރާން: އީރާނުން ފުރަތަމަ ފަހަރަށް ރާޑަރަށް ނުފެނި ދަތުރުކުރާ ބާވަތުގެ މަތިންދާބޯޓެއް އުފައްދައި ތަޖުރިބާކޮށްފިކަމަށް ބުނެފިއެވެ.

އީރާނުގެ އަސްކަރީ އޮފިޝަލު އެއަރމާޝަލް ޖެނެރަލް އަޒީޒް ނާސިރު ޒާދިހް ވިދާޅުވީ "ޞަފްރާ މާހީ" ގެ ނަންދީފައިވާ ލުއި މަތިންދާބޯޓެއް ރާޑަރަށް ނާރާގޮތަށް ވަރަށް ކާމިޔާބު ދަތުރެއް އަޅައިފި ކަމުގައެވެ.

"ވެލިމަޑި" ނަމުން ނަންދީފައިވާ މިމަތިންދާބޯޓު އޭގެ ދަތުރުތަކެއް ވަރަށް ކާމިޔާބުކަމާއިއެކު ކުރީ އޭގެ ފުރިހަމަކަމާއި ގާބިލްކަމާއި އެކުގައިކަމުގައި ވިދާޅުވަމުން މިޖެނެރަލް ހާމަކުރެއްވިގޮތުގައި، ވަރަށް އަވަހަށް މީގެ ގިނަ މަތިންދާބޯޓުތަކެއް އީރާނުން ނެރޭނެ ކަމުގައެވެ. އަދި މިހާރު ކުރިއަށް ގެންދާނީ ފުރިހަމަ ބޮޑުމިނުގައި ހަތިޔާރާއިއެކު ދަތުރުކުރާ ބޯޓު އުފެއްދުމެވެ. މިކަމާބެހޭ ހުރިހާކަމެއް ނިމިފައިވާ ކަމަށާއި، މިހާރުއޮތީ އުފައްދައިގެން ނެރުން ކަމުގައެވެ.

އީރާނުންވަނީ ފާއިތުވި އަހަރުގެ ޖޫންމަހު މީހަކުނެތި އުދުހޭ މަތިންދާބޯޓެއް އުފައްދާފައެވެ. އަދި ކާމިޔާބުކަމާއިއެކު ރާޑަރަށް ނާރާ ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިއުޅަނދަކީ ބޮންއަޅާގޮތަށް ފަރުމާކޮށް އުފައްދާފައިވާ މަތިންދާބޯޓެކެވެ.

މިފަހަރު މިއުފެއްދި މަތިންދާބޯޓަކީ ޑްރޯންމޮޑެލްގެ މަތިންދާބޯޓެކެވެ. އެއީ ޑްރޯންގެ ނިސްބަތުން 7 ބައިކުޅަ އެއްބައި އަސްލު ސައިޒުންކުޑަ ދަރަޖައިގެ ބޯޓެކެވެ. އަދި ވަރަށް އަވަހަށް މީގެ އެތައް ބޯޓެއް އީރާނުގެ އަސްކަރިއްޔާގެތެރެއަށް ވަދެގެން ދާނެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd