އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
އިންފޮމޭޝަން ޑިޕާޓްމަންޓުން އުފައްދާފައި އޮންނަ ކޮންޓެންޓް ކޮމިޓީ ވަގުތުން އުވާލުމަށް ގޮވާލައިފި
ބައިބަލާ މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކަންކަން ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި
ކޮޅުވެއްޓީގެ މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރުއަތުން ބަދަލުހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި
ހައުސިންގ އެންޑް އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެބޭފުޅަކަށް
އީ-ގަވަރމަންޓް ނިޒާމްގެދަށުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޕޯޓަލް އިފްތިތާހްކޮށްފި
މާއްދާއެއް އުނިކުރިނަމަވެސް، ޤާނޫނާ ޚިލާފަށް ނިންމާފައިވާ މައްސަލަތައް ބެލުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ: ނަޝީދު
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ...
ތަފްސީލް
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ...
ތަފްސީލް
ރައީސް ނަޝީދު ރާހުލް ގާންދީއާ ބައްދަލުކުރެއްވުން: ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ވަރަށްބޮޑަށް ބޭނުން - ރައީސް ނަޝީދު
08 ފެބްރުއަރީ 2010
ޙާމިދު - ހާމަނޫސް
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އޯލް އިންޑިޔާ ކޮންގްރެސް ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ ރާހުލް ގާންދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ސިޔާސީ ނިޒާމް އިންޑިޔާގައި ބައްޓަންވެފައި އޮންނަ ގޮތާބެހޭގޮތުންވެސް ވާހަކަފުޅުދެއްކެވިއެވެ.
އިންޑިޔާއިން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމަށްޓަކައި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުގައާއި، ރާއްޖެއަށް ދެއްވާފައިވާ މާލީ އެހީތެރިކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިންގެ ސިއްޙީ ދުޅަހެޔޮކަމަށްވެސް އިންޑިޔާއިން ވަރަށްބޮޑު އެހީތެރިކަމެއް ރާއްޖެއަށް ލިބިފައިވާ ކަމަށާއި، އެގޮތުން މާލޭގައި ހުންނަ އެންމެބޮޑު ހޮސްޕިޓަލު ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ، އިންޑިޔާ ސަރުކާރުގެ ވަރަށް ދީލަތި އެހީތެރިކަމާއެކު ބިނާކުރެވިފައިވާ ހޮސްޕިޓަލެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ވަރަށްގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އިންޑިޔާއަކީ ދުނިޔޭގައިވާ އެންމެބޮޑު ޑިމޮކްރަސީކަމަށްވުމާއެކު މިކަންކަން ޙައްލުކުރެއްވުމުގައި އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންތެރި ކަމުގައިވެސް ވިދާޅުވިއެވެ.
ރާހުލް ގާންދީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ވަރަށްބޮޑަށް އުފާފުޅު ކުރައްވާކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއަކީ އިންޑިޔާއާ އަބަދުވެސް ވަރަށްގާތް ޤައުމެއް ކަމަށާއި، ވެދެއްވެންއޮތް ހުރިހާ އެހީއެއް އިންޑިޔާއިން ދިވެހިރާއްޖެއަށް ވެދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އިންޑިޔާގެ ސިޔާސީ ނިޒާމް އޮންނަގޮތާބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ރާހުލް ގާންދީ ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތުދެއްވިއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް