އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
"ހެލްޕް ޕާކިސްތާން" ގެ ނަމުގައި ރާއްޖޭގެ މީޑިއާއިން ޚާއްޞަ ޓެލެތޯންއެއް ބާއްވަނީ
މަކުނުދޫ ރައްޔިތުން ފުރަތަމަ ދުވަހުގެ ރޯދަ އަލުން ހިފަންޖެހޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ލަފާދެއްވައިފި
އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް ރައީސް ނަޝީދަށާއި ޗެއާޕާސަންއަށް ދަންނަވާފައިވާނޭކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެ
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙްތަކާއެކުވެސް ބައެއް ހުރަސްތައް އަދިވެސް އެބަހުރި: އިލެކްޝަންސް
ކޮލިފިކޭޝަން އޮތޯރިޓީގެ އައު ބޯރޑުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 2 މީހަކު ހައްޔަރުކޮށްފި
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ...
ތަފްސީލް
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ...
ތަފްސީލް
ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، ބައެއް މީޑިޔާތަކުން ޕާޓީ ބަދުނާމްކުރާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ސިވިލް ސަރވިސް ކޮމިޝަންތެރެއަށްވަދެ އަޑުގަދަކުރި މީހުންގެ މައްސަލަ ތަޙްޤީޤްކޮށް، ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި
08 ފެބްރުއަރީ 2010
އިބްރާހިމް ވަހީދް (އަސްވާޑް)
މިމަހުގެ އެއްވަނަދުވަހު "ސަރުކާރު ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް" ސިވިލް ސާވިސް ކޮމިޝަންގެ އޮފީހަށްވަދެ އަޑުގަދަކުރިކަމަށް ބުނެ ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، އެޕާޓީ ބަދުނާމްވާގޮތަށް ބައެއް މީޑިޔާތަކުން ޚަބަރުފަތުރާފައިވާތީ، އެކަމާ ހިތާމަކޮށް، މީޑިޔާގެ އެއަމަލު އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
މިކަމާއިގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައިވަނީ، އެއްވެސް ހާލެއްގައި ސަރުކާރުގެވެސް އަދި މިނިވަން މުއައްސަސާއެއްގެވެސް ހުރުމަތް ކަނޑާލުމަށް އެއްވެސްފަރާތަކަށް ހިތްވަރުދީފައު ނޯންނާނެކަމަށެވެ. އަދި އެފަދަ އަމަލެއް ބަޔަކު ކޮށްފައިވާނަމަ، އެކަން ހިނގަން މެދުވެރި ސަބަބަކާއި، އެއަމަލު ހިންގިގޮތް ތަޙްޤީޤްކޮށް، ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެމްޑިޕީންވަނީ ގޮވާލާފައެވެ. "ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އިޤްތިޞާދީގޮތުން ގައުމު ވެއްޓިފައިމިވާ ފުންއަނދަވަޅުން އަރައިނުގަނެވެނީސް، ސިވިލް ސާވިސް މުވައްޒަފުންގެ ކުރީގެ މުސާރަ އިޔާދަކުރުމަށް އެކޮމިޝަނުން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެގޮތުން ބަޔަކު ސިވިލް ސާވިސް ކޮމިޝަނުގެ އޮފީހަށް ވަދެ އަޑުގަދަ ކުރުމަކީ އެއްވެސް ހާލެއްގައި އެމްޑީޕީ އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއްކަމުގައި ނުދެކެން" އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ. އަދި އެފަރާތްތަކާ މުޚާޠަބުކުރުމުގައި ބައެއް މީޑިއާތަކުން "އެމްޑީޕީގެ އެކްޓިވިސްޓުން"ގެ ނަން ބޭނުންކޮށް، ޕާޓީ ބަދުނާމްވާގޮތަށް ވާހަކަދެއްކުމަކީ އެޕާޓީން ވަރަށް ކަންބޮޑުވާ ކަމެއްކަންވެސް ހާމަކޮށްފައި ވެއެވެ.
މުސާރަ ބޮޑުނުކޮށްދިން މައްސަލާގައި، ސަރުކާރުގެ ބައެއް އޮފީސްތަކުގެ ބައެއް މުވައްޒަފުން މިމަހު އެއްވަނަދުވަހު މަސައްކަތް ހުއްޓާލައިފައިވަނިކޮށް، ބަޔަކު ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުން ތިއްބަވާ އޮފީހަށްވަދެ އަޑުގަދަކުރަމުންދިޔައިރު ނަގާފައިވާ ވީޑިއޯއެއްވަނީ އާއްމުވެފައެވެ. މިވީޑިއޯއިން ފެންނަގޮތުގައި، އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާއި ވާހަކަދައްކާ އަޑުގަދަކުރަމުންދިޔައީ އެމްޑީޕީއަށް ނިސްބަތްވާ އެޕާޓީގެ ހަރުގޭގައިއުޅޭ އެކްޓިވިސްޓުންތަކެކެވެ. ނަމަވެސް އެމީހުން އެތަނަށްދިޔައީ އެމްޑީޕީ ނުވަތަ ސަރުކާރުން އަންގައިގެން ނުވަތަ ތަމްސީލުކުރުމަށްކަމަށް ބުނާއަޑެއް އެވީޑިއޯއިން ނުފެނެއެވެ. އޭގެބަދަލުގައި އެވީޑިއޯއިން ފެންނަނީ އެމްޑިޕީއަށް ނިސްބަތްވާ ބަޔަކު އަޑުގަދަކޮށް ވާހަކަދެއްކިއިރު، އެމީހުންގެ "ހައްގު" ކޮބައިތޯ ސުވާލުކުރާތަނެވެ. ބޭއަދަބީ ބަސްތައް ނުވަތަ މީހެއްގެ ގަޔަށް އަތްލާ ތަނެއްވެސް އެވީޑިއޯއިން ނުފެނެއެވެ.
ސިވިލް ސަރވިސް ކޮމިޝަންތެރެއަށް ބަޔަކު ވަން މައްސަލަ އެކޮމިޝަނުން ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ގެންދަވަނީ އެމައްސަލަ ބަލަމުންކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް