އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
ހަބަރު
މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައްސަލައަކީ، އިންތިޚާބުތަކާ ގުޅިފައިވާ މައްސަލައަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައފި
ސްޓެލްކޯ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ނުވާނެކަމަށް ބުނެފި
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަހަރީ ރިޕޯޓް: 2009 ވަނަ އަހަރުގެތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނީ 254 މައްސަލަ: ރިޕޯޓް
އަލްއަޒްހަރުގެ އިސް އިމާމްގެ މައްޗަށް މާދަމާ މުޅިރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރަނީ
އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަކީ ހަމައެކަނި ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާއެއް ނޫން: ބަންޑާރަ ނައިބް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓް، އަނބުރާ އެކޮމިޓީއަށް ފޮނުވާލައިފި
ރިޕޯޓް
އަޝްކަރުވެރިކަމަށް މަޖިލީހުގެ ރުހުން ހޯދަންޖެހެނީ ރައީސަށް އިތުބާރުނުކުރެވޭތީ
11 މާޗް 2010
ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ މާބިރުގަންނަކަމެކެވެ. ރާއްޖޭގެ ޤާނޫނުއަސާސީ ތަރުތީބުކުރެވިފައިވާގޮތުން ބަޔަކު ކިތަންމެ ނުރުހުނަސް ރައްޔިތުންގެ މަޖިލީހަކީ އެންމެ ބާރުވެރިފަރާތެވެ. ތިންބާރު ވަކިވެފައިއޮތަސް ރައްޔިތުންގެ ބާރަކީ ...
ތަފްސީލް
ކުޅިވަރު
ސީޒަން ހުޅުވާމެޗްގައި މިރޭ ވީބީއާއި ވިކްޓަރީ ބައްދަލު ކުރަނީ
11 މާޗް 2010
ފުޓްބޯޅަ ސީޒަން ހުޅުވުމުގެގޮތުން ކުޅޭ ޗެރިޓީ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ އެންމެ ވާދަވެރި ދެކުލަބްކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވީބީ ސްޕޯޓްސް ކުލަބް ބައްދަލްކުރާ މެޗް ގަލޮޅު ...
ތަފްސީލް
އަދުގެދުނިޔެ
އެމެރިކާއާއި އީރާން އަފްޣާނިސްތާނުގައި ތޮޅެނީ
11 މާޗް 2010
ކާބުލް: އެމެރިކާ ލަދުގަންނަވާލުމަށްޓަކައި އީރާނުގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ. ނިޖާދު ވިދާޅުވީ އަފްޣާނިސްތާނުގައި ބައިނަލްއަޤްވާމީ ބާރުތައްކަމަށް ބުނާ ލަޝްކަރުތަކަށް ޓެރަރިޒަމް ނުހުއްޓުވޭނެ ކަމަށާއި، ...
ތަފްސީލް
ހުޅުމާލެ ފެރީއަކާއި ލޯންޗެއްޖެހި 11 މީހަކަށް އަނިޔާވެއްޖެ
08 ފެބްރުއަރީ 2010
ޙާމިދު - ހާމަނޫސް
ހުޅުމާލެ ފެރީއަކާއި، ލޯންޗެއްޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ފެރީގައިތިބި މީހުންގެ ތެރެއިން 8 މީހަކަށާއި، ލޯންޗުގެ ފަޅުވެރިއަކު ޒަޚަމްވެއްޖެއެވެ.
މިއަދު މެންދުރު 12:00 ހާއިރު މިހާދިސާ ހިނގާފައިވަނީ "ނިޔާމަ- 7" ނަމަކަށްކިޔާ ހުޅުމާލެ ފެރީ، މާލެ ކައިރީގައި އޮންނަ ފުނަދޫ ބޭރުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ "ސޮވެނިއާ 13" ލޯންޗު، ފެރީ ހުރަސްކުރަން އުޅުމުގެތެރޭގައި ފެރީގެ ދިރުނބާކޮޅުގައި ޖެހިގެންކަމަށް މިހާތަނަށް އެނގިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް "ހާމަ" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ، ފެރީގައިތިބި 3 ކުޑަ ކުއްޖަކަށާއި ބޮޑު 8 މީހަކަށެވެ. މީގެތެރެއިން 5 މީހަކަށް ބޮޑެތި އަނިޔާތައް ލިބުނު ކަމަށާއި، ނަމަވެސް އެއްވެސްމީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އެކްސިޑެންޓްވި ލޯންޗްގެ ފަޅުވެރިޔަކަށްވެސް އަނިޔާވިކަމަށް ފުލުހުން ވިދާޅުވެއެވެ.
މިއެކްސިޑެންޓުގައި އަނިޔާވި 9 މީހަކު އޭޑީކޭއަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އޭޑީކޭއިން މައުލޫމާތު ދެއްވިގޮތުގައި، އެހޮސްޕިޓަލަށް ފަރުވާދިނުމަށް ގެނެވުނު 9 މީހުންގެތެރޭގައި ސީރިއަށް އަދި ބޮޑު ޒަޚަމެއް ނުވަތަ އަނިޔާއެއް ވެފައިވާމީހަކު ނެތް ކަމަށާއި، ފަރުވާދިނުމަށްފަހު 8 މީހަކު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ. އަދި މިއެކްސިޑެންޓްގައި ލޯންޗުން ދަތުރުކުރި މީހަކަށް ފަރުވާދެމުން އަންނަ ކަމަށްވެސް ބުންޏެވެ.
މިހާދިސާގައި ހާނީއްކަވެގެން އައީޖިއެމްއެޗަށް ގެންދިޔައީ ތިންމީހުންކަމަށް ކޯސްޓްގާޑުން މައުލޫމާތު ދީފައިވެއެވެ. މީގެތެރޭގައި އަންހެނަކާއި، ދެފިރިހެނުން ހިމެނޭކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއްވައެވެ. މީމީހުންނަށް އައިޖީއެމްއެޗުގެ އިމަރޖެންސީ ރޫމުގައި ފަރުވާދެމުންދާކަމަށްވެސް ައުލޫމާތު ދީފައިވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، މިއެކްސްޑިންޓްގައި އެންމެބޮޑަށް އަނިޔާލިބުނު މީހުން ގެންގޮސްފައިވަނީ އައިޖީއެމް ހޮސްޕިޓަލަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، ފެރީގެ ކުރީގައި އިންމީހަކު ވިއްސައިގެންގޮސް ބިއްލޫރިގަނޑުގައިޖެހި، އެމީހާގެ އެކިތަންތަން ކަފައިގެންގޮސް، އޭނާއަށްވަނީ ވަރަށްބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ.
މީގެއިތުރުން ފެރީގައިހުރި 15 ވަރަކަށް ޕްލާސްޓިކް ގޮނޑި ހަލާކުވެ، ދޯނީގެ ދިރުނބާކޮޅުގެ ޗެންޗޭންވެސް ހަލާކުވެ، ދޯންނަށާއި، ލޯންޗަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މިހާދިސާ ތަހުޤީގް ކުރަމުންދާތީ މިހާދިސާއާއިބެހޭ މާބޮޑު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.
މިހާތަނަށް ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި އެކްސިޑެންޓްވި ލޯންޗަކީ ރަންނާޅި ރިސޯޓުން ފަތުރުވެރިންތަކެއް ގޮވައިގެން ހުޅުލެއަށް ދިއުމަށް ދިޔަ ލޯންޗެކެވެ. ޓޫރިސްޓުން ގޮވައިގެން މާލޭ އިންޓަނެޝަނަލް އެއާޕޯޓަށް ދަތުރު ކުރަމުން ދިޔަ މި ލޯންޗަކްގައި، ހަތަރު ކުރޫންނާއި 36 ފަސިންޖަރުންނާ އެކު ލޯންޗުގައި ދަތުރު ކުރަމުން ދިޔައީ ޖުމްލަ 40 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. މިއެކްސިޑެންޓްވި އެމްޓީސީސީން ހުޅުމާލެއާއި މާލެ އާއި ދެމެދު އޮޕަރޭޓްކުރާ ފެރީގައި ގާތްގަނޑަކަށް 80 މީހުން ތިބޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ.
މޯލްޑިވެސް ޕޮލިސް ސާރވިސްގެ މެރިން ޕޮލިސްއިން މިހާރު ގެންދަނީ މިއެކްސިޑެންޓް އިތުރަށް ތަހްޤީޤްކުރަމުންނެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް