atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
ޖީސީއީ އޯލެވެލް ނަތީޖާ: ބޭނުންވި ނަތީޖާ ވޭތިވެދިޔައަހަރު ހާސިލް ނުކުރެވުނުކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ
ގަދަ ކަމަކީ ދަރިވަރުންތަކެއް ގަދަ ދިހައެއްގައި ހިމެނުމެއް ނޫން. ފަސްމާއްދާއިން ފާސްވާ މިންވަރު އިތުރުކުރުން: ޑރ.މުސްޠަފާ ލުޠުފީ
 
08 ފެބްރުއަރީ 2010
އަސަދުﷲ މުޙައްމަދު - ހާމަނޫސް
image
ނިމިގެންދިޔަ ދިރާސީއަހަރު (2009 )ގެ އޯލެވެލްއިން ހާސިލްކުރަން ބޭނުންވި މިންވަރަށް ނަތީޖާ ހާސިލް ކުރެވިފައި ނުވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

މިދިޔައަހަރުގެ އޯލެވެލް އިމްތިޙާނުގެ ސްކޫލްތަކުގެ ނަތީޖާ އިޢްލާންކުރެއްވުމަށް މިއަދު ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މިދިޔަ ދިރާސީއަހަރު އެޑިއުކޭޝަން މިނިސްޓްރީން ހާސިލްކުރަން ބޭނުންވާ މިންވަރުކަމަށް ކަނޑައަޅާފައިވަނީ 5 މާއްދާއިން ފާސްވާކުދިންގެ މިންވަރު 7 އިންސައްތައަށް އިތުރުކުރުން ކަމަށާއި، އެހެންނަމަވެސް އެމިންވަރަށް ފާސްވެފައިވަނީ 5 އިންސައްތަ ކުދިން ކަމަށެވެ.

މިއަހަރުގެ ނަތީޖާއަށް ބަލާއިރު 2008 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވާ ނިސްބަތަކީ، 27 އިންސައްތަ ކުދިންނެވެ. އަދި މިއަހަރު ފާސްވި ކުދިންގެ އަދަދަކީ 32 އިންސައްތަ ކުދިންނެވެ. 5 މާއްދާއިން 60 އިންސައްތައަށްވުރެ ގިނަކުދިން 9 ސްކޫލަކުންވަނީ ފާސްވެފައެވެ. މިސްކޫލްތަކުގެތެރޭގައި އަތޮޅުތަކުން ބައިވެރިވި ސްކޫލްތަކުގެ އަދަދު އިތުރުކަމަށް އެޑިޔުކޭޝަނުން މައުލޫމާތު ދެއްވައެވެ.

އަދި "ޔޫ" ގްރޭޑް ލިބިފައިވާ ނިސްބަތް 22 އިން 19 އިންސައްތައަށް ކުޑަކުރެވިފައިވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހާމަކުރެއްވިއެވެ. 21 ސްކޫލެއްގެ އެއްވެސް ދަރިވަރަކު 5 މާއްދާއިން ފާސްވެފައިނުވާއިރު، 2009 އަހަރު، އިމްތިހާނުތަކުގައި އެއްވެސް މާއްދާއަކުން "ސީ" ގްރޭޑް ލިބިފައިނުވާ ކުދިންގެ ނިސްބަތަކީ 23 އިންސައްތައެވެ. 2008 ވަނަ އަހަރު މިފަދަ ދަރިވަރުންގެ ނިސްބަތަކީ 24 އިންސައްތައެވެ.

މިދިޔައަހަރުގެ ނަތީޖާއަށްބަލާއިރު، 2008 ވަނަ އަހަރަށްވުރެ 5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވީނަމަވެސް، ނަތީޖާއާއިމެދު ހިތްހަމަނުޖެހޭ ކަމަށާއި، "ޔޫ" ގްރޭޑް ލިބޭ ކުދިންގެ އަދަދު ދަށްކުރުމަށް އަދިވެސް މަސައްކަތްތައް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2008 ވަނައަހަރުގެ ނަތީޖާތަކަށްބަލާއިރު "ޔޫ" ގްރޭޑް ލިބިފައިވަނީ 11958 ދަރިވަރުންނަށެވެ. ނިމުނު 2009 ވަނަ އަހަރު "ޔޫ" ގްރޭޑް ލިބުނު ކުދިންގެ އަދަދަކީ 9218 ކުދިންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މިއީ އެއްވެސް ނަތީޖާއެއް ލިބިފައިނުވާ މިކަރުދާސްތަކަށް 8.3 މިލިއަން ރުފިޔާ ކަމަށާއި، މިއީ ވަރަށްބޮޑު ހޭދައެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ބޮޑު ހޭދައެއް ބޭކަރުވެގެންދާކަމީ ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "ބައެއް ސްކޫލްތަކުން ކުރިން އަބަދުވެސް ކިޔަމުން އައީ، ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުން އިތުރުވުމަކީ ގަދަކަމެއް ކަމަށް. އެކަމަކު ހަޤީގަތުގައި އެއީ ގަދަކަމެއް ނޫން. އަސްލު ގަދަކަމަކީ، "ޔޫ" ގްރޭޑް ލިބޭ ކުދިންގެ އަދަދު ދަށްކުރުން. 5 މާއްދާއިން ފާސްވާ ކުދިންގެ އަދަދު އިތުރުކުރުން. އަޅުގަނޑު ހުރިހާ ސްކޫލްތަކަށް ގޮވާލަން 5 މާއްދާއިން ފާސްވާ ދަރިވަރުންގެ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރުމަށް." މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، މިއަހަރު ހާސިލްކުރަން ބޭނުންވާ މިންވަރުކަމަށް މިހާރު އެމިނިސްޓްރީން ކަނޑައަޅާފައިވާ ނިސްބަތަކީ، 32 އިންސައްތައިން 41 އިންސައްތައަށް 5 މާއްދާއިން ފާސްވާ ކުދިންގެ އަދަދު އިތުރުންކުރުން ކަމަށެވެ. އެއީ މިދިޔައަހަރުގެ ނަތީޖާއަށްވުރެ 9 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި "ޔޫ" ގްރޭޑް ލިބޭ ކުދިންގެ އަދަދު 5 އިންސައްތައަށް މަދުކުރުމަކީވެސް އެމިނިސްޓްރީގެ މިއަހަރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd