atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އަޝްކަރުވެރިކަމަށް މަޖިލީހުގެ ރުހުން ހޯދަންޖެހެނީ ރައީސަށް އިތުބާރުނުކުރެވޭތީ
11 މާޗް 2010
image
ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ މާބިރުގަންނަކަމެކެވެ. ރާއްޖޭގެ ޤާނޫނުއަސާސީ ތަރުތީބުކުރެވިފައިވާގޮތުން ބަޔަކު ކިތަންމެ ނުރުހުނަސް ރައްޔިތުންގެ މަޖިލީހަކީ އެންމެ ބާރުވެރިފަރާތެވެ. ތިންބާރު ވަކިވެފައިއޮތަސް ރައްޔިތުންގެ ބާރަކީ ... ތަފްސީލް
 
ކުޅިވަރު
ސީޒަން ހުޅުވާމެޗްގައި މިރޭ ވީބީއާއި ވިކްޓަރީ ބައްދަލު ކުރަނީ
11 މާޗް 2010
image
ފުޓްބޯޅަ ސީޒަން ހުޅުވުމުގެގޮތުން ކުޅޭ ޗެރިޓީ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ އެންމެ ވާދަވެރި ދެކުލަބްކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވީބީ ސްޕޯޓްސް ކުލަބް ބައްދަލްކުރާ މެޗް ގަލޮޅު ... ތަފްސީލް
 
އަދުގެދުނިޔެ
އެމެރިކާއާއި އީރާން އަފްޣާނިސްތާނުގައި ތޮޅެނީ
11 މާޗް 2010
image
ކާބުލް: އެމެރިކާ ލަދުގަންނަވާލުމަށްޓަކައި އީރާނުގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ. ނިޖާދު ވިދާޅުވީ އަފްޣާނިސްތާނުގައި ބައިނަލްއަޤްވާމީ ބާރުތައްކަމަށް ބުނާ ލަޝްކަރުތަކަށް ޓެރަރިޒަމް ނުހުއްޓުވޭނެ ކަމަށާއި، ... ތަފްސީލް
 
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ ރާއްޖެ ވަޑައިގެންފި
 
08 ފެބްރުއަރީ 2010
ޙާމިދު - ހާމަނޫސް
image
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ. ރާހުލް ގާންދީގެ މިދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ރާހުލް ގާންދީއަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މީގެއިތުރުން ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާޙިމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން އަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު، ރާހުލް ގާންދީގެ އިސްތިޤްބާލުގައި ތިއްބެވިއެވެ.

ރާއުލް ގާނދީގެ ތިންދުވަހުގެ މިދަތުރުފުޅަކީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސިޔާސީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެގޮތުން ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ހާމަކުރައްވައެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd