atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
އީރާނުން ނިއުކްލިއަރ މުޢާހަދާއަކަށް ތައްޔާރު ނުވާކަމުގައި އެމެރިކާއާއި ޖަރުމަނުން ބުނެފި
 
07 ފެބްރުއަރީ 2010
ޖާދު - ހާމަނޫސް
image
އަންކާރާ/މިއުނިކް: އީރާނުން ހުޅަނގާއިމެދު އުފެދިފައިވާ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެއްބަސްވެވިދާނެ ކަމަށްބުނާ ނިއުކްލިއަރ މުޢާހަދާއާއިމެދު ހިތްހަމަޖެހޭގޮތަށް ވާހަކަ ދެއްކެވިނަމަވެސް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމަށް އެއްވެސް އިޝާރާތެއް ނުދައްކާކަމުގައި އެމެރިކާއާއި ޖަރުމަނުން ބުނެފިއެވެ. އަދި އީރާނަށް ހުށަހަޅާފައިވާ ނިއުކްލިއަރ މުއްސަނދި ކުރުމުގެ  ހުށަހެޅުން އީރާނުން ގަބޫލުކުރާނެކަމަށް ނުފެންނަ ކަމުގައިވެސް މިދެގައުމުން ބުނެއެވެ.

އީރާނުގެ ޚާރިޖީވަޒީރު މަނޫޝޭރް މުއްތަޤީ ވިދާޅުވިގޮތުގައި، އީރާނުން އުފައްދާފައިވާ ފައްކާކޮށްފައިވާ ޔުރޭނިއަމް މަތީފެންވަރުގެ ނިއުކްލިއަރ ހަކަތައަށް ބަދަލުކޮށް އީރާނުގެ އިންޖީނުގޭގައި ބޭނުންކުރުމުގެ އެއްބަސްވުމާއިމެދު ވަރަށް ބިނާކުރަނިވި މަޝްވރާތަކެއް އދ.ގެ ނިއުކްލިއަރ ހަކަތައާއިބެހޭ އިދާރާއާއިއެކު ދެކެވުނު ކަމުގައެވެ. މިއިދާރާގެ އާޑިރެކްޓަރ ޖެނެރަލް ޔަކިޔާ އަމާނޯ ވިދާޅުވެފައިވަނީ އީރާނާއިއެކު މިކަން އަވަސްކުރުމަށްޓަކައި މަޝްވަރާކުރަން ބޭނުން ކަމުގައެވެ.

އަމާނޯ ވިދާޅުވިގޮތުގައި، އެންމެ މުހިންމުކަމަކީ އީރާނުގައި އުފައްދާ ޔުރޭނިއަމް އެހެންތަނަކަށް ގެންގޮސް ފައްކާކޮށް މުއްސަނދިކޮށްގެން އަނބުރާ އީރާނަށް ގެނައުމާއިބެހޭ މަޝްވަރާ ދަނީ ހިނގަމުންނެވެ. ނަމަވެސް މިކަންކުރުން އަވަސްކުރަން ޖެހިފައިވާ ކަމުގައެވެ. އަދި މިގޮތަށް ނިއުކްލިއަރ ބަދަލުކުރުމާއިބެހޭ އާ ހުށަހެޅުމެއް އީރާނުން ދީފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd