atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
އިންޑިޔާ ޕާކިސްތާން މަޝްވަރާތަކާމެދު ކަޝްމީރުގެ މޫޑު ރަނގަޅެއްނޫން
 
07 ފެބްރުއަރީ 2010
ޖާދު - ހާމަނޫސް
image
ޝްރީނަގަރް: އިންޑިޔާއާއި ޕާކިސްތާނަށް ބެހިފައިވާ ކަޝްމީރުގެ މައްސަލަތަކާއިމެދު ދެގައުމުން މަޝްވަރާ ކުރުމަށް ތައްޔާރުވަމުންދާއިރު، ދެގައުމު ވަކިވުމަށް ކަޝްމީރުކުރާ މަސައްކަތުގައި ހިތްހަމަޖެހުމެއް ލިބިދާނެކަމަށް ހީނުވާކަމުގެ ކުލަވަރުތައް ކަޝްމީރުން ފެންނަން ފަށައިފިއެވެ. ކަޝްމީރު މީހުން ބުނިގޮތުގައި، އެމީހުންނަށް އިންޑިޔާ ޕާކިސްތާނުގެ މަޝްވަރާތަކުން ނިކުމެދާނެ ނަތީޖާއަކާއިމެދު މާބޮޑު އުއްމީދެއް ނެތެވެ.

އިންޑިޔާއާއި ޕާކިސްތާން އަދި ބަނގްލަދޭޝް މިނިވަން 3 ގައުމުއަކަށް ބެހިގެންދިޔައިރު، ކަޝްމީރު ވެފައިވަނީ ދެގައުމަށް ބެހިގެންގޮސްފައިވާ ހިސާބަކަށެވެ. އަދި ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާއި އިންޑިޔާއާއި ދެމެދު ހޫނު ހަމަލާތައްވެސް ބަދަލުވެގެން ގޮސްފައިވެއެވެ. މިދެގައުމުގެ މެދުގައި ކަޝްމީރުގެ މައްސަލަވަނީ ވަރަށް ގޯސްވެފައެވެ. ކަޝްމީރު ބޭނުންވަނީ ދެގައުމަށް ބައިވެފައި އޮތުމުން މިނިވަންވެ އަމިއްލަތަނަކަށް ހެދުމަށެވެ. ނަމަވެސް ގުދުރަތީގޮތުން ކަޝްމީރު އޮންނަ ހިސާބު ދެބައިވުމުން ކަޝްމީރު ހިމެނިފައިވަނީ ދެގައުމަށް ބެހިފައިވާ ތަނެއްގެގޮތުގައެވެ.

ކަޝްމީރުގެ މައްސަލައިގާ މިހާތަނަށް ހިނގާފައިވާ ހަނގުރާމަތަކުގައި 47،000 އަށްވުރެ ގިނަމީހުން މަރުވެފައިވާކަމަށް ވެއެވެ. އަދި އިންޑިޔާ ފަޅިއަށް އޮންނަ ކަޝްމީރަކީ މުސްލިމް އަޣުލަބިއްޔަތު އޮންނަ ތަނަކަށް ވެފައިވުމުން، ދެބަޔަށް ބެހިފައިވާ މިސަރަހައްދު އިންޑިޔާއާއި ޕާކިސްތާނުން މިނިވަންވެ މުސްތަޤިއްލު ދައުލަތަކަށް ހެދުމަށް ކަޝްމީރު މީހުންދަނީ މަސައްކަތް ކުރަމުންނެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd