atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
ސަރިދާލޭސް: އާ ދުނިޔެ (3)
 
07 ފެބްރުއަރީ 2010
ސަރިދާލޭސް
image
ކޮލަމްބަސް ރަށުގައިހުރެ ކުރި ދިރާސާތަކަށްފަހު، ރަށުންބޭރުގައި ދިރާސާ ކުރުމަށް ގަސްތުކުރިއެވެ. އޭރު އޭނާގެ ޢުމުރުން، ތިރީހަށްވުރެ މައްޗަށް ހިނގައްޖެއެވެ. ފުރަތަމަ ދިޔައީ، ޔޫރަޕްގެ އެންމެ ހުޅަނގަށް އޮންނަ ޤައުމު ކަމަށްވާ ޕޯޗްގީޒް (މިހާރުގެ ޕޯޗްގަލް) އަށެވެ.

ޕޯޗްގީޒަށްގޮސް، ކޮލަމްބަސްގެ ދިރާސާތައް ފެށިއެވެ. އަދި ހިކި ކުނިބުނި، ކަނޑަށް އުކާންފެށިއެވެ. އެއްދުވަހަށްވުރެ އަނެއްދުވަހު ބޭރަށް ނުކުންނަމުންނެވެ. މިހެންގޮސް އެތައްދުވަހަކު މިމަސައްކަތް ކުރިތަނާ، ކޮލަމްބަސްގެ ކުނިބުނި، ޕޯޗްގީޒަށް ނުލައްގާ ގޮތްވެއްޖެއެވެ. މިކަން މިގޮތަށް ތަކުރާރުވާން ފެށުމުން، ކޮލަމްބަސްއަށް ވިސްނުނީ، އެދިމާލުން އެހެން ކަރައެއް (ނުވަތަ އެހެން ބައްރެއް) ވާކަމުގައެވެ.

ހަމައެއާއެކު، ކޮލަމްބަސްއަށް ވިސްނުނުގޮތުގައި، ޔޫރަޕުން ފުރައިގެން ކަނޑުމަގުން ހަމަ ހުޅަނގަށް ދަތުރުކޮށްގެން އިންޑިޔާއަށް (ސަބްކޮންޓިނެންޓަށް) ދެވިދާނެއެވެ. އެހެންނޫނީ، ކަނޑުމަގުން ދެވެން އޮންނަނީ، އެފްރިކާ ބައްރުގެ ހުޅަނގުންގޮސް، ކޭޕް އޮފް ގުޑްހޯޕް (ނުވަތަ ކޭފުކޮޅު) ވަށާލާފައި، އިރުމައްޗަށް ނުވަތަ އުތުރަށް ދުއްވައިގެންނެވެ. މިގޮތަށް، ޔޫރަޕުން ފުރައިގެން، ކޭފްކޮޅު ވަށާލައި، ކަނޑުމަގުން އޭޝިޔާއަށް ނުވަތަ އިންޑިޔާއަށް ދާނެމަގު ފުރަތަމަ ހޯދީ، ވަސްކޮޑަގާމާއެވެ. އެއީ، 1497މ. ން 1498 މ. އަށެވެ.

ވަސްކޮޑަގާމާގެ އޭޝިޔާ ދަތުރަކީ، މަޝްހޫރު ތިން ނެވިންގެ ދަތުރުތަކުގެތެރެއިން އެއްދަތުރެވެ. މިދަތުރުތަކަކީ، ރެނެއިސަންސާ ގުޅިގެން، އާ ހޯދުންތައް ހޯދުމަށްޓަކައި ކުރެވުނު ދަތުރު ތަކެކެވެ. އޭގެ ސަބަބުން، ޖިއޮގްރަފިކަލް ގޮތުންނާއި، ވިޔަފާރީގެ ގޮތުންނާއި، އިސްތިޢުމާރީގޮތުން، ޔޫރަޕްގެ ބާރު ގަދަވެގެންދިޔައެވެ. އޭގެކުރިން، ޔޫރަޕް މީހުން އޭޝިޔާއަށާއި އިންޑިޔާއަށް ދަތުރުކޮށް އުޅެނީ، އެއްގަމު މަގުންނެވެ. އެއީ، ސިލްކްމަގާއި، އިސްތަންބޯލް ފަދަ ވަސީލަތްތަކެވެ. ރޯމަން އެމްޕެޔަރ ވެއްޓި، ޢުސްމާނީ ޚިލާފަތުގެ ބާރުގަދަވުމުން، ޔޫރަޕް މީހުން، އިރުމައްޗަށް ދަތުރުކުރާ އެއްގަމު މަގުތައް ބަންދު ކޮއްލައިފިއެވެ. ވަސްކޮޑަގާމާ، ކަނޑުމަގުން އިރުމައްޗަށް ދާނެގޮތް ހޯދަންފެށީ އެހެންވެއެވެ.

ވަސްކޮޑަގާމާއަކީ، ޕޯޗްގީޒް މީހެކެވެ. އުފަންވީ 1460 މ. ގައެވެ. މީނާ، ކަނޑުމަގުން އިރުމައްޗަށް ދަތުރުކޮށް، އިންޑިޔާގެ އެކި ހިސާބުތަކަށް ޒިޔާރަތްކުރިއެވެ. އަދި، އެތަންތަނުން ގޮވާމުގެ ތަފާތު ވައްތަރުތައް ޔޫރަޕަށް ގެންދިޔައެވެ. އަދި، އޭނާ ޒިޔާރަތްކުރި ތަންތާނގައި، ޕޯޗްގީޒްގެ ދިދަ ޖެހިއެވެ. ވަސްކޮޑަގާމާ އެނބުރި ޕޯޗްގީޒަށް ދިއުމުން، އޭނާއަށް ގަނޑުވަރު ތެރޭގެ ޢިއްޒަތްތެރިއެއްގެ ޝަރަފު، އެތާގެ ރަސްގެފާނު ދެއްވިއެވެ. އިންޑިޔާގެ ހުޅަނގުފަރާތުގައި، ޕޯޗްގީޒުންގެ ބާރު ގަދަވުމުގެ މައިގަނޑު ސަބަބަކީ މިއެވެ.

މިފަދަ އަނެއް ދަތުރު ވެރިޔަކީވެސް ޕޯޗްގީޒުގެ ނެތްވެކެވެ. 1480މ. ވަނަ އަހަރު އުފަންވި މެގަލަން 1519މ. އިން 1521މ. އަށް، އިރުމަތީ އޭޝިޔާއަށް ކުރި ދަތުރުތަކުން، އިންޑޮނޭޝިއާއާއި، މެލޭޝިޔާއާއި، ފިލިޕީންސް ހޯދިއެވެ. އޭނާ މަރުވީ ފިލިޕީންސްގައެވެ.

ކޮލަމްބަސްއަކީ، މަޝްހޫރު ތިން މާލިމީންކުރެ އެކެކެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd