atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އިސްލާމީ ހަމައިގައި އުޅެވޭތޯ ބަލާމީހުނަށް ފުރައްސާރަކުރުމަކީ ޝައިޠާނީ އަމަލެއް
08 ސެޕްޓެންބަރ 2010
image
ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިޠުރު ޢީދާ ކުރިމަތިލާހިނދު ހެޔޮއެދުން އަރިސްކުރަމެވެ. މުސްލިމު ދިވެހި މުޖުތަމަޢަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ކުރިއަރާދާ އަޚުވަންތަ މުޖުތަމަޢެއްގޮތުގައި ﷲ ތަޢަލާ މިންވަރުކުރެއްވުމަކީ ... ތަފްސީލް
 
ކުޅިވަރު
ވެޓަރަންސް ކަޕް: ފަހު ވަގުތުކޮޅު ޖެހިލަނޑުން ވެލެންސިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
08 ސެޕްޓެންބަރ 2010
image
ރާއްޖޭގެ ފުޓްބޯޅައާއިބެހޭ މައި އިދާރާ އެފްއޭއެމްއިން އިންތިޒާމްކޮށްގެން މިރަމަޟާންމަހު ކުރިއަށްގެންދިޔަ އެލްމޯބައިލް ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވެލެންސިޔާއިން ހޯދީ ... ތަފްސީލް
 
އަދުގެދުނިޔެ
މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ފައްޅިއަކުންކުރާ މަސައްކަތް ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައި
08 ސެޕްޓެންބަރ 2010
image
ސެޕްޓެމްބަރު 11 ގެ ޙަމަލާގެ އަހަރީ ދުވަހާއިދިމާކޮށް ކީރިތި ޤުރުއާނުގެ މުސްޙަފްތަކެއް އަންދާލުމަށް އެމެރިކާގެ ޕްލޮރިޑާގެ ކްރިސްޓިއަން ފައްޅިއަކުން ރާވާފައިވާ ރޭވުން ހުއްޓުވުމަށް އެމެރިކާ ސަރުކާރު ނުކުޅެދިފައިވާކަމަށް ... ތަފްސީލް
 
ސައުތު އޭޝިއަން ގޭމްސް 2010: ސާފް ގޭމްސްގައި ރާއްޖޭގެ ފިރިހެނުންގެ 200މ ދުވުމުގެ ޤައުމީ ރިކޯޑް އައުކޮށްފި
 
07 ފެބްރުއަރީ 2010
މުޙަންމަދު ޝާން - ހާމަނޫސް
image
ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެނުންގެ 200މ ދުވުމުގެ ޤައުމީ ރިކޯޑް އައުކޮށްފިއެވެ.

މުބާރާތުގައި 200މ ޤައުމީ ރިކޯޑް އާކޮށްފައިވަނީ ޙަސަން ސާޢިދުއެވެ. ޑާކާގައި 1993 ވަނަ އަހަރު ބޭއްވުނު 6 ވަނަ ސާފް ގޭމްސްގައި، އެސޯސިއޭޝަންގެ މިހާރުގެ ހެޑްކޯޗް މުޙައްމަދު ޢާމިރު ހަދާފައިވާ 22.50 ސިކުންތުގެ ރިކޯޑް ސާޢިދު މުގުރާލާފައިވަނީ 22.20 ސިކުންތުން  ރޭސް ނިންމައިގެންނެވެ.
 
11ވަނަ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސްގައި ރާއްޖެއިން ވާދަކުރި ފުރަތަމަ އިވެންޓަކީ ފިރިހެނުންގެ 200މ ދުވުމުގައެވެ.

މިއިވެންޓްގައި ފުރަތަމައޮތީ 200މ ދުވުމުގެ ފުރަތަމަ ހީޓެވެ. މިހީޓްގައި ރާއްޖެއިން ވާދަކުރީ ޒާހިރު ނަޞީރެވެ. މިރޭސް ޒާހިރު ނަޞީރު ނިންމާފައިވަނީ 22.50 ސިކުންތުން 7 ވަނަ އަށެވެ. މިއީ ރާއްޖޭގެ 200މ ދުވުމުގެ މިހާރުގެ ރިކޯޑާ އެއްވަރުގެ ވަގުތެކެވެ. 7 ވަނަ އަށް ރޭސްނިންމުމުން ފައިނަލްގައި ދުވުމުގެ ފުރުޞަތު ޒާހިރު ނަޞިރަށް ވަނީ ގެއްލިފައެވެ.
 
200މ ދުވުމުގެ 2 ވަނަ ހީޓްގައި ރާއްޖެއިން ވާދަކުރީ ޙަސަން ސާޢިދުއެވެ. މިރޭސް ޙަސަން ސާޢިދު ނިންމާފައިވަނީ 22.20 ސިކުންތުން 3 ވަނަ އަށެވެ. މިއީ ރާއްޖޭގެ 200މ ދުވުމުގެ ޤައުމީ އައު ރިކޯޑެކެވެ. 3 ވަނަ އަށް ރޭސް ނިންމުމުން ސާޢިދު ވަނީ 200މ ދުވުމުގެ ފައިނަލަށް ހޮވިފައެވެ.
 
ރާއްޖެއިން ދެންވާދަކުރީ ފިރިހެނުންގެ 1500މ ދުވުމުގައެވެ. މިދުވުމުގައި ރާއްޖެއިން ވާދަކުރީ ޝިފާޒް މުޙައްމަދުއެވެ. ޝިފާޒް ރޭސް ނިންމާފައިވަނީ 4މިނިޓް 29.60 ސިކުންތުންނެވެ.
 
މުބާރާތުގައި ރާއްޖެއިން ދެންވާދަކޮށްފައިވަނީ އަންހެނުންގެ 200މ ދުވުމުގައެވެ. މިރޭހުގައި ރާއްޖެއިން ވާދަކުރީ ޙައްވާ ޙަނީފާއެވެ. ޙައްވާ ހަނީފާ މިރޭސް ނިންމާފައިވަނީ 26.90 ސިކުންތުން 7 ވަނަ އަށެވެ.
 
މުބާރާތުގައި ރާއްޖެއިން ވާދަކުރި 4 ވަނަ އިވެންޓަކީ ފިރިހެނުންގެ 200މ ދުވުމުގެ ފައިނަލްއެވެ. ފައިނަލްގައި ޙަސަން ސާޢިދު 200މ ރޭސް ނިންމާފައިވަނީ 22.46 ސިކުންތުން 5 ވަނަ އަށެވެ.
 
ސާފްގޭމްސްގައި ރާއްޖެއިން މިއަދު ވާދަކުރާނީ ފިރިހެނުންގެ 100މ ރިލޭގައެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd