atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
ރާއްޖޭގެ ޝޫޓިންގ ޓީމުވެސް މުބާރާތަށް އަލްވަދާއު ކިޔައިފި
 
07 ފެބްރުއަރީ 2010
މުޙަންމަދު ޝާން - ހާމަނޫސް
image
ބަގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ 11 ވަނަ ޝައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޝޫޓިންގ ޓީމްވެސް މުބާރާތަށް އަލްވަދާއު ކިޔައިފިއެވެ.

މުބާރާތުގައި ހިމެނޭ ޝޫޓިންގގެ 23 އިވެންޓުގެތެރެއިން ރާއްޖެއިން ބައިވެރިވާ ހަމައެކަނި އިވެންޓުގައި ވާދަކުރި ފަސް ގައުމުގެތެރެއިން ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. ކޮންމެ ގައުމަކުން ތިން ޝޫޓަރުން ޝޫޓްކުރިއިރު ވަނަ ކަނޑައަޅަނީ ތިން ޝޫޓަރުންގެ އެވްރެޖް މާކްސްއަށް ބެލުމަށް ފަހުއެވެ.

ރާއްޖޭގެ ސޫޓިންގ ޓީމަކީ މީގެކުރީން މިމުބާރާތުގައި ހަތަރު މެޑަލް ހޯދާފައި ވާޓީމެކެވެ.

ޝޫޓްކުރުމަށްފަހު ނަތީޖާ ސާފުކުރަން ތިންގަޑިއިރަށްވުރެ ގިނަވަގުތު ހޭދަވިއެވެ. މިޒަމާނުގެ ވަސީލަތްތަކުގެ ބަދަލުގައި މެނުއަލީ ނަތީޖާ އެއްކުރި މިއިވެންޓުން ރަން މެޑަލް ހޯދީ އިންޑިޔާއެވެ.

އިއްޔެގެ އިވެންޓުގެ އެންމެމޮޅު ދިހަ ޝޫޓަރުން އިންޑިވިޖުއަލް ބަޔަށް ވާދަކުރާގޮތަށް ކުރިން އޮތްނަމަވެސް ދިމާވި މައްސަލަތަކާހެދި އިންޑިވިޖުއަލް ބައި ވަކިން ނުބާއްވައި، އެބަޔަށް އިންސާފުކޮށްފައިވަނީ މިއިވެންޓުގެ ނަތީޖާއަށް ބެލުމަށް ފަހުއެވެ. އިންޑިވިޖުއަލް ބައިންވެސް ރާއްޖޭގެ ޝޫޓަރަކަށް ވަނައެއް ނުލިބެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd