އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
އިންފޮމޭޝަން ޑިޕާޓްމަންޓުން އުފައްދާފައި އޮންނަ ކޮންޓެންޓް ކޮމިޓީ ވަގުތުން އުވާލުމަށް ގޮވާލައިފި
ބައިބަލާ މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކަންކަން ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި
ކޮޅުވެއްޓީގެ މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރުއަތުން ބަދަލުހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި
ހައުސިންގ އެންޑް އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެބޭފުޅަކަށް
އީ-ގަވަރމަންޓް ނިޒާމްގެދަށުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޕޯޓަލް އިފްތިތާހްކޮށްފި
މާއްދާއެއް އުނިކުރިނަމަވެސް، ޤާނޫނާ ޚިލާފަށް ނިންމާފައިވާ މައްސަލަތައް ބެލުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ: ނަޝީދު
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ...
ތަފްސީލް
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ...
ތަފްސީލް
ސަރިދާލޭސް: އާދުނިޔެ (2)
04 ފެބްރުއަރީ 2010
ސަރިދާލޭސް
ކޮލަމްބަސްގެ ތަޢުލީމީ ދައުރުގައިވެސް ޖިއޮގްރަފިކަލް ރިސާރޗްތައް ހަދަމުން، ދުނިޔެއާމެދު ވިސްނަމުން ގެންދިޔައެވެ. އެދުވަސްވަރަކީ ޔޫރަޕްގެ ރެނެއިސަންސްގެ ދުވަސްވަރެވެ. ރެނެއިސަންސްއަކީ "އަލުން އުފެދުން" މާނަކޮށްދޭ ފުރާންސް ބަހެކެވެ.
އަލުން އުފެދުމަކީ ނުވަތަ ރެނެއިސަންސަކީ، ހުޅަނގު ޔޫރަޕަށް މިޒަމާނުގެ ތަރައްޤީ ގެނުވި ޙަރަކާތެވެ. އެއީ، ރޯމަން އެމްޕެޔަރ ވެއްޓުމާއެކު އުފެދުނު ޙަރަކާތެކެވެ.
ރޯމަން އަމްބަރާ ޠޫރިއްޔާގެ ވެރިރަށަކީ، ކޮންސްޓަންޓިނޯޕްލްއެވެ. މިއީ މިހާރު ތުރުކީގެ އިސްތަންބޯލެވެ. މިރަށަކީ، މީލާދުގެ ކުރީގެ 657 އަހަރުކުރިން، ގުރީކުގެ ރާޖާއެއްކަމަށްވާ ބިޒާސް ޢިމާރާތްކުރި ރަށެކެވެ. މީނާ މިރަށް ޢިމާރާތްކުރީ، ބޮސްފަރަށް ކަނޑުއޮޅީގެ ދެފަރާތުގައި ރަށުގެ ދެފަޅި އޮންނަގޮތަށް ފަރުބަދަ މަތީގައެވެ. ހުޅަނގުގައިވަނީ ގުރީސްއާއި ބަލްގޭރިޔާއެވެ. އިރުމަތީގައި ތުރުކީވިލާތެވެ. މިއީ، އޭޝިޔާއާއި، ޔޫރަޕް ވަކިކުރާ ބޯޑަރެވެ. މިރަށް އާބާދުކުރުމަށްފަހު، ބިޒާސް ރާޖާ، އޭޝިޔާއާއި ޔޫރަޕް ގުޅާލިއެވެ. އަދި މިރަށަށް ބިޒޭންޓިއަމް މިނަން ދިނެވެ.
މިހެން އޮއްވާ، ރޯމަން އެމްޕެޔަރގެ ބާރު ގަދަވެގެން ދިޔަދުވަސްވަރު، އެމްޕެޔަރ ކޮންސްޓޭންޓައިން، ބިޒޭންޓައިން ހިފައި، އެރަށަށް ކޮންސްޓޭންޓިނޯޕްލްގެ ނަންދީ، އެއީ، ރޯމަން އެމްޕެޔަރގެ ވެރިރަށް ކަމުގައި ހެދިއެވެ. އެއީ 330މ. ވަނަ އަހަރުއެވެ.
މިކަން މިހެން ހިނގަމުން އަންނަނިކޮށް، ޢުސްމާނީ ޚިލާފަތު އުފެދި، ތުރުކީގައި އެރަސްކަން ކުރިއަރަމުން އައި ދުވަސްވަރު، ޚަލީފާ މުޙައްމަދު އަލްފާތިޙު (2) މިރަށް ފަތަޙަކޮށް، މިއީ، ޢުސްމާނީ ޚިލާފަތުގެ ވެރިރަށްކަމަށް ހަމަޖައްސައިފިއެވެ. އަދި، އިސްތަންބޯލްގެ ނަންދީފިއެވެ. އެއީ 1453މ. ގައެވެ.
ރޯމަން އެމްޕެޔަރއަކީ، ބީސީ 2000 ގައި އުފެދުނު ބާރެކެވެ. ގުރީކްގައި އުފެދުނު މިބާރު ފުޅާވަމުންގޮސް، އިޓަލީ، ފުރާންސް އަދި އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި، ތުރުކީއާއި، އޭޝިޔާގެ ބައެއް ޤައުމު މިއެމްޕަޔަރުގެ ދަށަށް ދިޔައެވެ. މިވެރިކަން ދަށަށްދާން ފެށުމުން ފުރަތަމަ ވެއްޓުނީ ހުޅަނގުގައިވާ ބާރެވެ. ދެންއޮތީ، އިރުމަތީ ޔޫރަޕްގައިވާ ބާރެވެ. މިބާރު ވެއްޓުމުން، ރޯމަން އެމްޕެޔަރ ވެއްޓުނީއެވެ. އެއީ، ޢުސްމާނީ ޚަލީފާ މުޙައްމަދު އަލްފާތިޙު (2) ގެ ރަސްކަމުގައެވެ. އިސްތަންބޯލް ހިފުމަށްޓަކައި، ޢުސްމާނީ ލަޝްކަރު 8 މީޓަރގެ ބޮޑުބަޑީގައި، 548 ކިލޯގުރާމްގެ އުންޑަ އިސްތަންބޯލަށް ފޮނުވިއެވެ. އެއީ، މޭމަހުގެ 29 ވަނަ ދުވަހުއެވެ. އެދުވަހު، ކޮންސްޓޭންޓައިން (11) ގަނޑުވަރުގައި ހުރެގެން ހަނގުރާމައަށް އޯޑަރުފޮނުވިއިރު، ދިފާޢުގައި ނުކުތީ މަދު މީސްކޮޅެކެވެ. އެހެންކަމުން، ރަސްކަން ވެއްޓުނީއެވެ.
މިކަމާގުޅިގެން، އިސްތަންބޯލާއި، އެތަންސާއި، އަދިވެސް އިރުމަތީ ޔޫރަޕްގައި ތިބި، ރޯމަން ޢިލްމުވެރިންނާއި ފައްނުވެރިން ހުޅަނގު ޔޫރަޕަށް ހިޖުރަކުރިއެވެ. ޔޫރަޕްގެ އަލުން އުފެދުން ފެށުނީ، މިސައެންޓިސްޓުންނާއި ޓެކްނިކަލް މީހުންގެ ފަރާތުން ލިބުނު ފިލާވަޅުތަކުގެ އަލީގައެވެ. މިދުވަސްވަރު ކޮލަމްބަސް އަދި ކުޑައެވެ.
(ނުނިމޭ)
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް