އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
ހަބަރު
އިންފޮމޭޝަން ޑިޕާޓްމަންޓުން އުފައްދާފައި އޮންނަ ކޮންޓެންޓް ކޮމިޓީ ވަގުތުން އުވާލުމަށް ގޮވާލައިފި
ބައިބަލާ މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކަންކަން ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފި
ކޮޅުވެއްޓީގެ މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރުއަތުން ބަދަލުހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި
ހައުސިންގ އެންޑް އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެބޭފުޅަކަށް
އީ-ގަވަރމަންޓް ނިޒާމްގެދަށުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޕޯޓަލް އިފްތިތާހްކޮށްފި
މާއްދާއެއް އުނިކުރިނަމަވެސް، ޤާނޫނާ ޚިލާފަށް ނިންމާފައިވާ މައްސަލަތައް ބެލުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވޭ: ނަޝީދު
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ...
ތަފްސީލް
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ...
ތަފްސީލް
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ...
ތަފްސީލް
ސަރިދާލޭސް: އާ ދުނިޔެ
02 ފެބްރުއަރީ 2010
ސަރިދާލޭސް
އާ ދުނިޔެއަކީ، އެމެރިކާ ބައްރަށް ކިޔާ ނަމެކެވެ. އެއީ، ދުނިޔޭގެ 7 ބައްރުންކުރެ (ނުވަތަ 7 ކޮންޓިނެންޓް ނުވަތަ 7 ޤާއްރާއިންކުރެ) ދެބައްރެވެ. އުތުރު އެމެރިކާއާއި ދެކުނު އެމެރިކާއެވެ. ދެން އޮންނަނީ، ޔޫރަޕް، އޭޝިޔާ، އެފްރިކާ، އޮސްޓްރެލޭޝިއާ އަދި އެންޓާރކްޓިކާއެވެ. ދުނިޔޭގެ ބިން މި 7 ބަޔަށް ބަހާއިރު، އުތުރު އެމެރިކާއަށް ލިބެނީ 14.77 ޕަސެންޓެވެ. ދެކުނު އެމެރިކާއަށް ލިބެނީ 12.92 ޕަސެންޓެވެ. އޭޝިޔާއަށް 31.38 ޕަސެންޓެވެ. ޔޫރަޕަށް 5.68 ޕަސެންޓެވެ. އެފްރިކާއަށް 20.39 ޕަސެންޓެވެ. އޮސްޓްރެލޭޝިއާ އަށް 5.63 ޕަސެންޓެވެ. އެންޓާރކްޓިކާއަށް 9.23 ޕަސެންޓެވެ. ދެ އެމެރިކާ އެއްކޮށްލުމުން ބިމުގެ ޕަސެންޓަކީ 27.69 އެވެ. އެހެންވުމުން، އޭޝިޔާ ފިޔަވާ ދެން އެންމެބޮޑު ބައްރަކީ އާ ދުނިޔެއެވެ.
އާ ދުނިޔެ އޮންނަނީ، ޕެސިފިކް ކަނޑުގެ އިރުމަތީގައި، އެޓްލާންޓިކް ކަނޑުގެ ހުޅަނގުގައެވެ. މިއީ، ދުނިޔޭގައިވާ ބޮޑު ހަތަރު ކަނޑުގެތެރެއިން އެންމެބޮޑު ދެކަނޑެވެ. ދެން އޮންނަނީ އިންޑިޔާ ކަނޑާއި އާކްޓިކް ކަނޑެވެ. ޕެސިފިކް ކަނޑަކީ، ކަނޑުތަކުގެ ނިސްބަތުން 50.14 ޕަސެންޓެވެ. ދެބައިކުޅަ އެއްބަޔަށް ވުރެވެސް ބޮޑެވެ. އެޓްލާންޓިކް ކަނޑުގެ ޕަސެންޓަކީ 24.15 އެވެ. ގާތްގަނޑަކަށް ¼ އެވެ. އިންޑިޔާ ކަނޑަށް ލިބެނީ 21.78 ޕަސެންޓެވެ. އާކްޓިކް ކަނޑަށް 3.93 ޕަސެންޓެވެ. މީލާދީ 15 ވަނަ ޤަރުނު ނިމުމާ ހަމައަށް އައިއިރުވެސް ދުނިޔޭގެ މީހުން ބަލަނީ، އެޓްލާންޓިކް ކަނޑުގެ ހުޅަނގުގައި، ޕެސިފިކްގެ އިރުމަތީގައި ބައްރެއް ނޯންނާނެ ކަމުގައެވެ. މިކަމާމެދު، އެންމެ ފުންކޮށް ވިސްނައި، ޢިލްމީ ދިރާސާކުރި މީހަކީ، ކުރިސްޓޮފަރ ކޮލަމްބަސް އެވެ. އާދުނިޔެ ހޯދީ މީނާއެވެ.
ކޮލަމްބަސްއަކީ، އިޓަލީވިލާތުގެ ޖެނޯއާގެ ރައްޔިތެކެވެ. މީނާ އުފަންވީ 1446މ. ވަނަ އަހަރުއެވެ. ކޮލަމްބަސް ވަރަށް ކުޑައިރު، ދުނިޔެއާމެދު ވިސްނާންފެށިއެވެ. މުސްލިމް ސައިންޓިސްޓް އަލްއިދްރީސީ، ދުނިޔެއަކީ ވައް އެއްޗެއްކަމަށް ބުނެފައިވުމާއެކު، އަދި އޭނާ ގުލޯބަލެއް ހަދައި، އުތުރު ތަނޑިއާއި ދެކުނު ތަނޑި ބިނާކޮށް، އިރުގެ ވަށައިގެން ދުނިޔެ ދައުރުވާގޮތް (ދައުރާނަ) ބަޔާންކޮށްފައިވާތީ، އެކަމުގެ ތެދުކަން އިތުރަށް ހޯދުމުގެ މަސައްކަތް ކުރިއެވެ.
ބުނެވޭގޮތުގައި، ކޮލަމްބަސް ކުޑައިރު ޖެނޯއާގެ ގޮނޑުދޮށަށްގޮސް، ހިކި ކުނިބުނި މޫދަށް އުކައެވެ. އެހުރިހާ އެއްޗެއްމެ، ގޮނޑަށް ލަގުވައެވެ. މިކަމާމެދު ވިސްނުމަށްފަހު، މީނާ އަމިއްލައަށް އުޅެވޭ ވަރުވުމުން، ތަފާތު އުޅަނދު ފަހަރަށް އަރައިގެން، އައްސޭރިފަށަށް ނުކުމެއެވެ. ވަކި ހިސާބަކަށް ބޭރަށް ނުކުމެފައި އުކާ ކުނިބުނި ޖެނޯއާއަށް ނުލައްގައި ބެހޭން ފެށިއެވެ. އެހެންވުމުން އެއީ، އެހެން ރަށެއްގެ ގޮނޑަށް ލަގުވަނީ ކަން، ކޮލަމްބަސްއަށް ވިސްނުނެވެ.
އެހިސާބުގައި މިއޮންނަނީ، ހުޅަނގުން އިޓަލީގެ ބައެކެވެ. ދެން ފަރަންސޭސިވިލާތުގެ މޮނާކޯއެވެ. ދެކުނަށް އޮންނަނީ، ކޯރސިކާއެވެ. އެއީ، ކޮލަމްބަސްގެ އުފަންރަށް ކަމަށްވާ ޖެނޯއާ، އެކަނޑެއްގެ އައްސޭރީގައި އޮންނަ ލިގްރިއާން ކަނޑުގައިވާ ޖަޒީރާއެކެވެ.
(ނުނިމޭ)
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް