atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
ސަރިދާލޭސް: އިވާން ރާޖާ
 
31 ޖެނުއަރީ 2010
ސަރިދާލޭސް
image
ރަޝިޔާގެ ޝާހީ ރަސްކަމުގެ ތާރީޚު ދުށް އެންމެ އަނިޔާވެރި ރާޖާއަކީ، އިވާން ރާޖާކަމަށް ބުނެވެއެވެ. 40 އަހަރުވަންދެން ރަޝިޔާގެ ރަސްކަންކުރި އިވާން ރާޖާ އުފަންވީ 1530މ. ވަނަ އަހަރުއެވެ. އޭނާގެ ޢުމުރުން 14 އަހަރުގައި ރަސްކަން ލިބިއްޖެއެވެ. މީނާ މަޝްހޫރުވީ އިވާން (4) ގެ ނަމުންނެވެ. އިވާނަށް ރަޝިޔާގެ ރަސްކަން ލިބުނީ، އޭނާގެ ބައްޕަ، ވާސިލީ (3) ނިޔާވީމައެވެ.

އިވާނަށް ޕްރިންސެއްގެ މަޤާމް ރަސްމީގޮތުން ލިބުމާއެކު، ބާރު ވަޒަންކޮއްލުމުގެ ގޮތުން، ރަޝިޔާގެ ޝާހީ ޢާއިލާގެ އަމީރަކު ހައްޔަރުކުރުމަށް އެންގިއެވެ. މިއަމުރާއެކު، ޝާހީ ފޯސް ނުކުމެ، އެއަމީރު ހައްޔަރުކޮށް، އަނިޔާކުރުމަށްފަހު ޤަތުލުކޮއްލިއެވެ.

އިވާނަށް ރަސްކަން ލިބުމާއެކު (ޢުމުރުން 14 އަހަރުގައި) އޭނާގެ ލަސްކަރީން އެއްކޮށް، އޭނާ އިންނާނެ ކުއްޖަކު ހޯދައިދިނުމަށް އަމުރުކުރިއެވެ. ބަރާބަރު 40 ދުވަހުގެތެރޭ ރަޝިޔާގެ އެކި ކަންކޮޅުތަކުން، ފަނަރަސަތޭކަ އަންހެންކުދިން، މޮސްކޯއަށް ޖަމާކުރެވިއްޖެއެވެ. އިވާން ރާޖާ އެހުރިހާ ކުދިންނާ، ލޯބީގެގޮތުން ބައްދަލުކުރިއެވެ. އެއަށްފަހު، އޭގެތެރެއިން އެއްކުއްޖަކާ ކައިވެނިކޮށް، ބާކީތިބި (1499) ކުދިން ޤަތުލުކޮއްލިއެވެ. އޭގެފަހުން އިތުރު 7 އަނބީން ހޯދިއެވެ. އީވާން ރާޖާގެ ޙަޔާތުގައި އޭގެތެރެއިން 5 އަނބީން ނިޔާވެއްޖެއެވެ. އެއާއެކު، އެމީހުންނަށް ދީފައިވާ ތަކެއްޗާއި، އެމީހުންގެ ޢާއިލާގެ މުދަލާއި ގެދޮރު، ގަނޑުވަރަށް ނަގައި، އެޢާއިލާތައް މަގުމަތި ކޮއްލިއެވެ. އަދި އެމީހުންގެ ދަނޑުފަނގުގައި ރޯކޮއްލިއެވެ.

އިވާން ރާޖާގެ އުފަލަކީ، އޭނާގެ ގާތް ރައްޓެހިންއެދޭ ރީތި އަންހެންކުދިން، ގަދަކަމުން ކުރެމްލިންއަށްގެނެސް، ރޭޕްކުރުމުގެ ފުރުޞަތު ދިނުމަށްފަހު، އެހުރިހާ އަންހެންކުދިން ޤަތުލު ކުރުމެވެ. މިގޮތަށް، ފިރިހެންކުދިން ގެނެވޭ ފަހަރުގައި، އެފިރިހެން ކުދިންވެސް ޤަތުލުކުރެއެވެ.

ރަސްކަމުން 3 ވަނަ އަހަރު، މޮސްކޯގައި އަލިފާން ރޯވިއެވެ. މިކަން ކުރިބަޔަކީ، މޮސްކޯގެ ސިހުރުހާހޫރަ ހަދާ މީހުންކަމަށް، ރާޖާގެ އެކުވެރިން ލަފާދިނެވެ. އެޔާއެކު، ތުހުމަތު ކުރެވުނު އެންމެން (ސިޙުރު ވެރިންނާއި، ރަސްކަމަށް ފާޑުކިޔާމީހުން) އެއްކޮށް އެއެންމެން ޤަތުލު ކުރިއެވެ. މޮންގޯލިޔާގެ ތަތާރުން ރަޝިޔާއާ ޙަމަލަދިންހިނދު، އިވާން ރާޖާ، ތަތާރުންނާ ހަނގުރާމަކޮށް، ކާމިޔާބު ހޯދައި، ތަތާރުންގެ 40،000 މީހުން ޤަތުލު ކޮއްލިއެވެ.

އިވާން ރާޖާގެ އަނންބަކު ނިޔާވުމުން، ޕޮލެންޑުގެ އަމީރާއަކާ ކައިވެނިކުރުމަށް ގަސްތުކޮށް، ޕޮލެންޑުގެ ރާޖާއަށް އެކަން އެންގިއެވެ. ރާޖާ އެންގިކަމަށް ވަނީ، އެދަރިފުޅު ފިންލެންޑުގެ އަމީރަކާ ކައިވެނިކުރުމަށް ކަނޑައެޅިފައިވާ ކަމުގައެވެ. މިމައްސަލާގައި، އިވާން ރާޖާ ލަޝްކަރާއެކު ޕޮލެންޑަށް އެރިއެވެ. މީގެތެރެއަށް، ސުވިޑުންގެ ރާޖާވަދެ، ފިންލެންޑުގެ އަމީރު ހައްޔަރުކޮށް، ޕޮލެންޑުގެ އަމީރާ، އިވާން ރާޖާއަށް ދިނުމަށް ކަނޑައެޅިއެވެ. މިކަން އެނގުމުން، ޕޮލެންޑުގެ އަމީރު، ސުވިޑުންގެ ރާޖާ ގަތުލުކޮށް، ސުވިޑުންގެ ރަސްކަމަށް އިސްވެއްޖެއެވެ. މީގެތެރޭގައި، ތަތާރުންނާއި، އޮޓަމަންޓާކު މީހުން މޮސްކޯއަށް އަރައިގަތެވެ. ނަމަވެސް، ކާމިޔާބުކުރީ އިވާން ރާޖާއެވެ. ބަދަލު ހިފުމުގެގޮތުން ލިތުއޭނިޔާއަށް ލަޝްކަރު ފޮނުވައި، ޤަތުލުޢާއްމު ހިންގައި، އެރަށް ލޭގަނޑަކަށް ހަދައިލިއެވެ. އަދި، ރަޝިޔާއިން 3،000 މީހުން ޤަތުލުކޮއްލިއެވެ. ރާޖާ އިވާން ނިޔާވީ، ފާދިރީއަކަށް ހުއްޓާ، ޒަހަރެއް ބޮވިގެންނެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd