atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ގޭންގް ކުށްތައް މަނާކުރުމުގެ ބިލާއި، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް ތަޞްދީޤު ކުރެއްވުން: މައްސަލަތައް ޙައްލުވާނީ ކިހާވަރަކަށް؟
06 ސެޕްޓެންބަރ 2010
image
މިދިޔަ އޯގަސްޓްމަހުގެ 19ވި ބުރާސްފަތި ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ގަދަ ހަތަރަކަށް އެރުމުގެ ފެހިސިގްނަލް މާޒިޔާއަށް ލިބިއްޖެ
05 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި އިއްޔެރޭ ކުޅުނުމެޗް ކާމިޔާބުކޮށް، ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފެހި ސިގްނަލް މާޒިޔާއަށް ލިބިއްޖެއެވެ. މިފުރުޞަތު މާޒިޔާއަށް ކަށަވަރުވީ، އިއްޔެރޭ ... ތަފްސީލް
 
އަދުގެދުނިޔެ
ބޮޑުވަޒީރެއް އިންތިޚާބުކުރުމަށް ނެޕާލްގެ ޕާލަމެންޓުން ކުރަމުންދާ މަސައްކަތް ހަވަނަ ފަހަރަށް ނާކާމިޔާބު ވެއްޖެ
05 ސެޕްޓެންބަރ 2010
image
ނޭޕާލްގައި ބޮޑުވަޒީރެއް އިންތިޚާބު ކުރުމުގައި ޕާލަމެންޓް އަނެއްކާވެސް ނާކާމިޔާބު ވެއްޖެއެވެ. މިއީ، ބޮޑުވަޒީރަކު އިންތިޚާބުކުރުމަށް ޕަލަމެންޓުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވި ހަވަނަ ފަހަރެވެ. މިއާއެކު، ... ތަފްސީލް
 
ސަރިދަލޭސް: ޝިޒާރާ
 
28 ޖެނުއަރީ 2010
ސަރިދާލޭސް
image
ރޯމަންއެމްޕެޔަރ ވެއްޓުނުދުވަސްވަރު، އިޓަލީސިފައިންގެ ކޮމާންޑަރެއްގެ މަޤާމުގައިހުރި ޝިޒާރާއަކީ، ބޯރޖިޔާ ދަރިކޮޅުގެ މީހެކެވެ. ޝިޒާރާގެ ބައްޕައަކީ، ރޯމަން ކެތަލިކް މަޒުހަބުގެ ޕޯޕެއްކަމަށްވާ، އެލެގްޒެންޑަރ (3ވަނަ) އެވެ. ޝިޒާރާ އުފަންވީ 1474 މ. ވަނައަހަރުއެވެ. ރޯމަން އެމްޕަޔަރގެ ވެރިރަށް ކަމަށްވާ، އިސްތަންބޯލް ހިފައި، އުސްމާނީ ރަސްގެފާނު މުޙައްމަދު އަލް ފާތިޙް (2) އޭނާގެ ލަޝްކަރުގެ ބާރުގައި، ރޯމަން އެންޕެޔަރ ވައްޓާލީ 1453މ. ވަނައަހަރުއެވެ. އެކަމާގުޅިގެން، ގުރީކާއި އިޓަލީގައިވާ ޢިލްމުވެރީންނާއި ފައްނުވެރިން، ހުޅަގު ޔޫރަޕަށް ހިޖްރަކުރާންފެށިއެވެ. ދުވަހަކުވެސް، އިޓަލީއަށް ނުލިބޭފަދަ ނިކަމެތިކަން މިދުވަސްވަރު ލިބެމުންދިޔައެވެ. އަދި، ވެޓިކަންސިޓީގައި، ދީނީ ހަމަތަކާއި، އިންސާފު ގެއްލި، އަނިޔާއާއި ފާޙިޝް ކަންކަން ޢާއްމުވަމުން ދިޔައެވެ.

މިދުވަސްވަރު، ޕޯޕްގެ މަޤާމުގައި ޝިޒާރާގެ ބައްޕަ އެލެގްޒަންޑަރ (3) ހުރިކަމަށްވެއެވެ. ޕޯޕްގެ މަޤާމްފުރި އެންމެ ނުބައި ފާދިރީއަކީ މީނާކަމަށް ރެކޯޑްކުރެވިފައިވެއެވެ. އެޠަބީޢަތް ނިކަން ރަނގަޅަށް ޝިޒާރާއަށް ލިބިފައިވެއެވެ. ނަމަވެސް، ޝިޒާރާއާއި އެއްބަނޑުއެއްބަފާ އަންހެނަކާއި ތިންފިރިހެނުން ތިބިއިރު، އެއީ އެފަދަ ނުބައި ބައެއްކަމަށް ނުވެއެވެ. ޝިޒާރާ ވަރަށް ޒުވާންފުރާގައި އިޓަލީގެ ސިފައިންގެ ތެރެއަށްވަނެވެ. ހަމަދާދި އަވަހަށް ކޮމާންޑަރެއްގެ މަޤާމް ލިބިއްޖެއެވެ.

ޝިޒާރާގެ ބައްޕަގެފަރާތުން މަންދޫބެއްގެގޮތުގައި، ޝިޒާރާއާއި އޭނާގެ ބޭބެ، ބޭރު ޤައުމަކަށް ފޮނުވުމުން، ރަސްމިއްޔާތު ނިމިގެން އެނބުރި އައި މަގުމަތީގައި، ޝިޒާރާގެ ކަނޑިން އޭނާގެބޭބެ ޤަތުލުކޮއްލިއެވެ. އަދި ރަށަށްއައިސް، ބޭބެއަށްވީގޮތެއް ނޭނގޭކަމަށް ބުންޏެވެ. އޭގެފަހުގައި ޝިޒާރާގެ އަންހެން ކޮއްކޮއާ ލޯބީގެގޮތުން އޭނާގުޅުނެވެ. އެދުވަސްވަރު އަންހެންކޮއްކޮ (ލޯކްރިސްޓިއާ) މީހަކާ ކައިވެނިކުރުމުން، އެކަމުގެރުޅީގައި، ޝިޒާރާގެ ކަނޑިން، ވެޓިކަންސިޓީގެ ބޮޑުމަގުމަތީގައި، ޅިޔަނު ޤަތުލުކޮއްލިއެވެ.

މިވާހަކަ ރަށުތެރޭގައި ދެކެވޭންފެށުމުން، އެވާހަކަ ދައްކާކަން ޝިޒާރާއަށް އެނގޭހުރިހާ މީހުންގެނެސް ހައްޔަރުކޮށް ތަފާތުއަނިޔާ ދެމުންގެންދިޔައެވެ. އޭގެތެރޭން އެކަކުގެ ދޫކަނޑާލައި، ބޮޑުފައްޅީގައި އެލުވިއެވެ. އޭގެފަހުން ވެޓިކަންސިޓީގައި، ޝިޒާރާގެ އަނިޔާވެރިކަން ދިޔައީ އިތުރުވަމުންނެވެ. މިމައްސަލާގައި، އިޓަލީވިލާތުގެ އެކިހިސާބުތަކުގައިވާ އަމީރުން، ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކާން ފެށުމުން، އެހުރިހާ ވެރިން ވެޓިކަންސިޓީއަށް އެއްކޮށް ޝިޒާރާގެ ކަނޑިން، އެހުރިހާވެރިން ޤަތުލުކުރިއެވެ.

މިދުވަސްވަރު، ޝިޒާރާގެ ބައްޕަ (ޕޯޕް) ނިޔާވެއްޖެއެވެ. އެދުވަހު ޝިޒާރާ، ބައްޕަގެ މޫނު ދެކެންވެސް ދިޔަކަމަކަށް ނުވެއެވެ. ދެން، ޕޯޕްގެ މަޤާމަށް އިސްކުރެވުނީ ޕަޔަސް (3) އެވެ. އޭނާއަށް އެމަޤާމް ލިބުމާއެކު، ރަސްމީބޭނުމެއްގައި، ޝިޒާރާ އިސްޕޭނަށް ފޮނުވިއެވެ. އަދި (ރޭވުމެއްގެދަށުން) އިސްޕޭން ސިފައިން ޝިޒާރާ ހައްޔަރުކޮށް ޤަތުލުކޮއްލިއެވެ. އެއަށްފަހު، އަހެއްގެމަތީގައި ބަނދެފައި، ރޯމަށް ފޮނުވިއެވެ. އެއީ 1504މ. ވަނައަހަރެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd