އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
ހަބަރު
މޫސުމަށް އަންނަ ބަދަލުތަކާގުޅޭ މައްސަލައަކީ، އިންތިޚާބުތަކާ ގުޅިފައިވާ މައްސަލައަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައފި
ސްޓެލްކޯ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ނުވާނެކަމަށް ބުނެފި
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަހަރީ ރިޕޯޓް: 2009 ވަނަ އަހަރުގެތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނީ 254 މައްސަލަ: ރިޕޯޓް
އަލްއަޒްހަރުގެ އިސް އިމާމްގެ މައްޗަށް މާދަމާ މުޅިރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރަނީ
އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަކީ ހަމައެކަނި ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާއެއް ނޫން: ބަންޑާރަ ނައިބް
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު ދިރާސާކުރެއްވި ކޮމިޓީގެ ރިޕޯޓް، އަނބުރާ އެކޮމިޓީއަށް ފޮނުވާލައިފި
ރިޕޯޓް
އަޝްކަރުވެރިކަމަށް މަޖިލީހުގެ ރުހުން ހޯދަންޖެހެނީ ރައީސަށް އިތުބާރުނުކުރެވޭތީ
11 މާޗް 2010
ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ މާބިރުގަންނަކަމެކެވެ. ރާއްޖޭގެ ޤާނޫނުއަސާސީ ތަރުތީބުކުރެވިފައިވާގޮތުން ބަޔަކު ކިތަންމެ ނުރުހުނަސް ރައްޔިތުންގެ މަޖިލީހަކީ އެންމެ ބާރުވެރިފަރާތެވެ. ތިންބާރު ވަކިވެފައިއޮތަސް ރައްޔިތުންގެ ބާރަކީ ...
ތަފްސީލް
ކުޅިވަރު
ސީޒަން ހުޅުވާމެޗްގައި މިރޭ ވީބީއާއި ވިކްޓަރީ ބައްދަލު ކުރަނީ
11 މާޗް 2010
ފުޓްބޯޅަ ސީޒަން ހުޅުވުމުގެގޮތުން ކުޅޭ ޗެރިޓީ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ އެންމެ ވާދަވެރި ދެކުލަބްކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވީބީ ސްޕޯޓްސް ކުލަބް ބައްދަލްކުރާ މެޗް ގަލޮޅު ...
ތަފްސީލް
އަދުގެދުނިޔެ
އެމެރިކާއާއި އީރާން އަފްޣާނިސްތާނުގައި ތޮޅެނީ
11 މާޗް 2010
ކާބުލް: އެމެރިކާ ލަދުގަންނަވާލުމަށްޓަކައި އީރާނުގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ. ނިޖާދު ވިދާޅުވީ އަފްޣާނިސްތާނުގައި ބައިނަލްއަޤްވާމީ ބާރުތައްކަމަށް ބުނާ ލަޝްކަރުތަކަށް ޓެރަރިޒަމް ނުހުއްޓުވޭނެ ކަމަށާއި، ...
ތަފްސީލް
ރާއްޖޭގައި ޤާއިމްކުރި ދެވަނަ ޑިޓޮކްސިފިކޭޝަން ސެންޓަރ އައްޑުއަތޮޅު ހުޅުދޫގައި ހުޅުވައިފި
19 ޑިސެންބަރ 2009
އަސަދުﷲ މުޙައްމަދު - ހާމަނޫސް
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ކުދިންނަށް ފަރުވާދިނުމަށް ރާއްޖޭގައި ޤާއިމްކުރި ދެވަނަ ޑިޓޮކްސިފިކޭޝަން ސެންޓަރ އައްޑުއަތޮޅު ހުޅުދޫގައި މިއަދު ހުޅުވައިފިއެވެ. ހުޅުދޫގައި ހުޅުވުނު، ހުޅުމީދޫ ޑިޓޮކްސިފިކޭޝަން ސެންޓަރ ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބްރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުއެވެ.
މިސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ނައިބްރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިހާރު މުޖުތަމައުގައިތިބި މަސްތުވާތަކެތީގެ ވަބާޖެހިފައިވާ ކޮންމެ ކުއްޖެއްވެސް އެބައިން ދުރުކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަންވެއްޖެ ކަމެއްކަމަށާއި، އެއިން ކޮންމެ ކުއްޖަކަށްވެސް ފަރުވާދީގެން މުޖްތަމަޢަށް ގެނައުމަށް މިފަދަ ސެންޓަރުތަކަކީ ވަރަށް ބޭނުންތެރި މުހިންމު ސެންޓަރުތަކެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރާ ފަރާތްތަށް އަތުލައިގަނެވޭ މިންވަރު އިތުރުވެފައިވާކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރެވޭ މަސްތުވާތަކެތީގެ އަދަދު މަދުވަމުންދާކަމަށް ފާހަގަ ކުރަށްވައި، ފުލުހުން ކުރައްވާ މަސައްކަތްތަކަށް ތައުރީފް ކުރެއްވިއެވެ.
ހުޅުދޫ ރަށްވެހިގޭގެގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތުގައި ހުޅުވުނު ޑިޓޮކްސިފިކޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ޑޮކްޓަރ އައިމިނަތު ޖަމީލުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރުގެ ސަރުކާރުގެ އެއްވައުދު ކަމަށާއި، އެކަމުން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
އަދި އެހެންކަމުން އެތަކެތި ބޭނުންކުރާމީހުން އެކަމުން ދުރުހެލިކޮށް، އަލުން އެނބުރި މުޖްތަމައަށް ނުކުތުމަށް މިހުޅުވާލާ ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ބޭނުންކުރުމަށް އެދިވަޑައިގަތެވެ. އަދި ކުރިއަށްއޮތްތަނުގައި އައްޑުއަތޮޅުގެ އެހެން ރަށްރަށުގައިވެސް މިފަދަ ސެންޓަރުތަށް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
ހުޅުމީދޫ ޑިޓޮކސިފިކޭޝަން ސެންޓަރަކީ 5 މީހުންގެ ޖާގައިގެ ސެންޓަރެއްނަމަވެސް، ކުރިއަށް އޮތްތަނުގައި މިތަނުގެ ޖާގަ 10އަށް އިތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިތަނުގެ މަސައްކަތް ފުރަތަމަ ފަށައިގަންނައިރު ޚާއްސަ ޑޮކްޓަރަކާއި ނަރުހެއް އެތަނުގައި މަސައްކަތް ކުރާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.
މަސްތުވާތަކެތީގައި ވަބާގައިޖެހޭ ޒުވާނުންނަށާއި މީހުންނަށް، އެކަމުން ސަލާމަތްވުމަށް ދެވޭ ފުރަތަމަފަރުވާ ދިނުމަށް ޤާއިމްކުރެވޭ މިޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގެ އެހީގައި ގިނަބަޔަކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާނެ ަމަށް ހެލްތު މިނިސްޓްރީން އުންމީދު ކުރައްވައެވެ.
ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑިޓޮކްސިފިކޭޝަން ސެންޓަރ ހުޅުވާފައިވަނީ މާލޭގެ އަވަށެއް ކަމަށްވާ، ވިލިމާލޭގައެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް