atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
ހަވީރު ސްޕޯޓްސް އެވޯޑްސް 2009: މިސީޒަނުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމް ދަގަނޑޭއަށް
 
19 ޑިސެންބަރ 2009
މުޙަންމަދު ޝާން - ހާމަނޫސް
image
ހަވީރު ސްޕޯޓްސް އެވޯޑްސް 2009 ގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމް ވީބީ ސްޕޯޓްސް ކުލަބްގެ ކެޕްޓަން އަދި ދިވެހި ޤައުމީ ޓީމުގެވެސް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބޭނެކަމަށް ކަށަވަރު ވެއްޖެއެވެ. މިއީ ދަގަނޑޭ 2003 ވަނަ އަހަރު ހެދި ރެކޯޑް މުގުރާލައި، މިރިކޯޑް ހޯދާ ހަތަރުވަނަ ފަހަރެވެ.

ސީޒަނުގެ އެންމެ ގިނަލަނޑުޖަހާ ކުޅުންތެރިއަކަށް ހަވީރުންދޭ 15000ރ. އާއި، ރަން ބޫޓް ދަގަނދޭއަށް ލިބޭނެކަމަށް ކަށަވަރު ވެފައިވަނީ، މިސީޒަނުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާއަށް އޭނާ ހިމެނިފައިވާތީއެވެ. އެގޮތުން އޭނާ މިސީޒަނުގައި ޖުމަލް 39 ގޯލް ޖަހާފައިވާއިރު، ދަގަނޑޭއާއި އެންމެ ކައިރިން ދެން އެންމެ ގިނަގޯލް ޖަހާފައިވާ ދެކުޅުންތެރިންވެސް ޖަހާފައިވާ ގޯލްގެ އަދަދަކީ، 17 ގޯލެވެ. އެދެ ކުޅުންތެރިންނަކީ ފާއިތުވި ތިންއަހަރު ހަވީރުގެ ރަން ބޫޓް ހޯދާފައިވާ ވިކްޓްރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ)އާއި، މާޒިއާގެ ފޯވާޑް އަޙުމަދު ރަޝީދު (އަމްމަޑޭ) އެވެ.

ހަވީރުގެ އިދާރާއިން މައުލޫމާތު ދޭގޮތުގައި، ރަންބޫޓް ދަގަނޑޭއަށް ހަވާލުކުރުން އޮންނާނީ އަންނަ 2010 ވަނަ އަހަރުގެ ފެބްރުއަރީމަހު ބޭއްވުމަށް ހަމަޖެހިފައިވާ "ހަވީރު ސްޕޯޓްސް އެވޯޑް ނައިޓް" ގައެވެ.

ދަގަނޑޭއަށް މިއަހަރުގެ ރަންބޫޓް ލިބުމުން ހަތަރުއަހަރު ހޯދައިގެން އޭނާވަނީ މިއެވޯޑް އެންމެގިނައިން ހާޞިލްކުރާ ކުޅުންތެރިޔާއަށްވެސް ވެފައެވެ. މީގެކުރިން އޭނާ ރަންބޫޓް ގެންގޮސްފައިވަނީ 2003، 2004 އަދި 2005 ގައެވެ. ދެވަނައަށް އެންމެ ގިނައިން ރަންބޫޓް ހޯދާފައިވަނީ އޮއްޕޮއެވެ. އޭނާ މިމަގާމް ތިންފަހަރު ހޯދިއިރު، ކުރީގެ އެއްވަނަ ފޯވާޑް ޝާޙު އިސްމާއިލް (ސާޔާ) އަދި ޝިހާމް (ހުރާއަށްޔަ) ދެފަހަރަށް ހަވީރުގެ ރަންބޫޓް ކާމިޔާބު ކޮށްފައިވެއެވެ.

މިސީޒަންގައި ދަގަނޑޭ ޖެހި 39 ލަނޑަކީ ސީޒަންގައި އެއް ކުޅުންތެރިއަކު މިހާތަނަށް އެންމެ ގިނައިން ލަނޑު ޖެހިފަރުވެސް މެއެވެ. ދަގަނދޭ ފިޔަވައި މިހާތަނަށް ސީޒަނެއްގައި 30 ލަނޑުޖެހި ކުޅުންތެރިއަކުވެސް ނުވެއެވެ.

ދަގަނޑޭއަކީ މިހާތަނަށް ބެލިބެލުމުން، އެންމެގިނަ ރެކޯޑް އޮންނަ ދިވެހި އެއް ކުޅުންތެރިޔާވެސް މެއެވެ. ދިވެހި ޤައުމީ ޓީމަށް، އެއްމެޗެއްގައި އެންމެ ގިނަގޯލް ޖަހާފައިވާ ކުޅުންތެރިޔާގެ މަޤާމްވެސްއޮތީ ދަގަނޑޭ އަތުގައެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd