atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
18 އަހަރު ނުފުރޭ ބޭރު އަންހެން ކުއްޖަކާއި ދިވެހި ދެފިރިހެނަކު ކައިވެނިކޮށްގެން އުޅޭކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
 
03 ޑިސެންބަރ 2009
މުޙައްމަދު ޝާން (ހާމަ ނޫސް)
image
ޢުމުރުން 18 އަހަރުންދަށުގެ އިންޑިޔާގެ އަންހެން ކުއްޖަކާއި، ދިވެހި ދެ ފިރިހެނަކު ކައިވެނިކޮށްގެން އުޅުނުކަމަށްބުނާ މައްސަލައެއް ފުލުހުން ތަހްޤީޤްކުރަން ފަށައިފިއެވެ. މިމައްސަލަ ފުލުހުންނަށް ފާހަގަކުރެވިފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހުގެ 31 ވަނަދުވަހު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންކަމަށް ފުލުހުން ހާމަކުރައްވައެވެ.

މިއަދު މެންދުރު ފުލުހުންގެ މައިމަރުކަޒުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކުރައިމް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، ފުލުހުންނަށް މިއަންހެން ކުއްޖާގެ މަޢުލޫމާތު ލިބިފައިވަނީ އައްޑުއަތޮޅުގައި ބިދޭސީ އަންހެނަކު އަމިއްލައަށް މަރުވާން އުޅޭކަމަށް ޢާއްމު ފަރާތަކުން ކުރި ރިޕޯރޓަކުން ކަމަށެވެ.

މިމައްސަލާއިގުޅިގެން އިތުރަށް ހޯދިހޯދުންތަކުން، މިއަންހެން ކުއްޖާއަކީ މީގެ ދެއަހަރުކުރިން، 2007 ވަނައަހަރު އޭނާގެ ޢުމުރުން އެންމެ 15 އަހަރުގައި ދިވެހި ފިިރިހެނަކާ ކައިވެނިކޮށްފައިވާ ކުއްޖެއްކަން އެގުނު ކަމަށާއި، އަދި އެދިވެހި ފިރިހެން މީހާއާއި މިއަންހެން ކުއްޖާ ކައިވެނިކޮށްގެން އުޅެމުން، މިއަހަރުގެ ޖުލައިމަހު އެހެން ދިވެހި ފިރިހެނަކާވެސް ކައިވެނިކޮށްފައިވާކަން ފާހަގަކުރެވުނުކަމަށް ހަމްދޫން ރަޝީދު ވިދާޅުވިއެވެ. އަދި މިދެމީހުންނާވެސް މިއަންހެންކުއްޖާ ކައިވެނިކޮށްފައިވަނީ އިންޑިޔާގައި ކަމަށާއި، މިދިވެހި ދެފިރިހެނުންގެތެރެއިން އެކަކީ ރާއްޖޭގެ ދެކުނު އަތޮޅެއްގެ ޢުމުރުން 32 އަހރުގެ މީހެއްކަމަށާއި، އަދި އަނެއްމީހަކީ ރާއްޖޭގެ މެދުއަތޮޅެއްގެ ޢުމުރުން 40 އަހަރުގެ މީހެއްކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ނަންތައް ފުލުހުން ހާމައެއް ނުކުރައްވައެވެ.

މިމައްސަލައާއިބެހޭ އިތުރު ތަފްޞީލް ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މިއަންހެންކުއްޖާ ދެވަނައަށް ކައިވެނިކުރި މީހާއާއިއެކު މިއަހަރުގެ އޮކްޓޯބަރުމަހުގެ 1 ވަނަދުވަހު ރާއްޖެ އައިސްފައި ވާކަމަށާއި، މިމައްސަލައާއިގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއަންހެން ކުއްޖާއަށް 18 އަހަރު ނުފުރޭތީއާއި، މިއަންހެން ކުއްޖާ ކުރިން ކައިވެންޏެއް ކޮށްފައިވާތީ، މިދެކައިވެނިވެސް ރާއްޖޭގައި ރަޖިސްޓްރީކުރުމުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށާއި، މިކަންކަން ފުލުހުން މިހާރުދަނީ އިތުރަށް ސާފްކުރަމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ. މިއަންހެންކުއްޖާ މިދެކައިވެނި ކޮށްފައިވަނީވެސް އެކުއްޖާގެ ބައްޕަގެ އެދުމުގެމަތިންކަމަށް ހަމްދޫން ވިދާޅުވިއެވެ. އަންހެންކުއްޖާ މިދެކައިވެނިވެސް ކޮށްފައިވަނީ ޢުމުރު އޮޅުވާލައި، 18 އަހަރު ފުރިފައިވާކަމަށް ހަދައިގެން ކަމަށް ފާހަގަކުރެވިފަި ވާކަމަށާއި، މިމައްސަލާގައި އަންހެން ކުއްޖާގެ ފަރާތުން ސާފްކުރަން ބޭނުންވާ މަޢުލޫމާތު ސާފްކުރުމަށްފަހު އޭނާ މިހާރުވަނީ އޭނާގެ ޤައުމަށް ފޮނުވާލެވިފައިކަމަށްވެސް ފުލުހުން މިއަދު ވިދާޅުވިއެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ދިވެހިރާއްޖޭގައި ހުންނަ އިންޑިޔަން ހައިކޮމިޝަން ގުޅިގެން ދަނީ ތަޙްޤީޤްކުރަމުންނެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd