atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
އިޙްތިޖާޖުގެ ޖަލްސާގެ ރެކޯޑިންގ ކަނޑާލީ ރައީސް ނަޝީދަށް ކުރި އަސަރެއްގެ ބޮޑުކަމުންކަމަށް އިހްތިޖާޖުން ބުނެފި
 
03 ޑިސެންބަރ 2009
އިބްރާހިމް ވަހީދް (އަސްވާޑް)
image
އީދުވިލޭރޭ ނ. މިލަދޫގައި، އެރަށުގެ ޑީއާރުޕީ ގޮފިން ދިން ދަޢުވަތަކަށް އިޙްތިޖާޖުން ބޭއްވި އެއްވުމުގެ ރެކޯޑިންގ ރޭ 9.30 ން 11.00 އަށް ދިޓީވީން ދައްކަމުންދިޔަވަގުތު، ކޭބަލް ޓީވީ އޮޕަރޭޓަރ މީޑިޔާނެޓުން ދިޓީވީގެ ސިގްނަލް އެކިފަހަރުމަތިން ކަނޑާލާފައިވާކަމަށާއި، މިކަންކުރީ، ރައީސް ނަޝީދަށް ކުރި އަސަރެއްގެ ބޮޑުކަމުންކަމަށް ޑީއާރްޕީއާއި އުމަރު ނަސީރު އިސްވެހުންނަވައިގެން އުފައްދަވައިގެންއުޅޭ އިހްތިޖާޖުން ބުނެފިއެވެ.

މާލެއާއި މާލެކައިރި ރަށްރަށުގެ ރައްޔިތުންނަށް މިސަރުކާރާމެދު، އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ނަފްރަތުގެ ޝުޢޫރުތައް އެނގި އޮޅުންފިލާފާނެތީ، ސީދާ ރައީސްއޮފީހުގެ އެންގުމަށް، މީޑިޔާނެޓުން ހިންގާފައިވާ މިޢަމަލަކީ ވަރަށްވެސް ފިނޑި ޢަމަލެއްކަމަށާއި، ރޭ ދެއްކި ޖަލްސާ ރައީސް ނަޝީދު ބެލުމުން އޭނާގެ ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުން، ވަގުތުން އެޓެލެކާސްޓް ކަނޑާލަން މީޑިޔާނެޓަށް އެންގީކަމަށްވެސް އިހްތިޖާޖް ޓީމުން ބުނެއެވެ.

ބާރުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން، މިނިވަން މީޑިޔާ ނިކަމެތިކޮށް، ޚުދުމުޚްތާރު ވެރިކަމެއް ހިންގަން ނަޝީދު ކުރަމުންދާ މަސައްކަތް މާލަސްތަކެއްނުވެ ފޭލްވާނެކަން ރޭވަނީ އިތުރަށް ޔަގީންވެފައިކަމަށްވެސް އެޓީމުން ބުނެއެވެ. ސަބަބަކީ، ދައުލަތުގެ ޓީވީން ނަގާ ޕޯލުތަކުންވެސް ރައީސް ނަޝީދާމެދު ރައްޔިތުން ނުރުހޭކަން މިހާރު ފެންނަމުންދާތީކަމަށްވެސް ބުނެފައިވެއެވެ.

ދިޓީވީގެ ސިގްނަލް ކަނޑާލިކަމަށްބުނެ އެކަން ކުށްވެރިކޮށް، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، މީޑިޔާނެޓުގެ އަތުގައިއޮތް މިމޮނޮޕޮލީ ބާރާއިމެދު ފިޔަވަޅުއެޅުމަށް އެދި އިޙްތިޖާޖުން ވާނީ މިއަދު އިންފޮމޭޝަން މިނިސްޓްރީއަށް ރަސްމީ ސިޓީއެއް ފޮނުވާފައިކަމަށްވެސް، ބުނެފައިވެއެވެ. އަދި ވިޔަފާރި އުޞޫލުން ވަގުތު ގަނެގެން ދައްކަމުންދިޔަ މިޕްރޮގްރާމަށް މީޑިޔާނެޓުން ހުރަސްއެޅުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިޓީވީއަށްވެސް ވާނީ ރަސްމީ ސިޓީއެއް ފޮނުވާފައިކަމަށް އިހުތިޖާޖުން ބުނެއެވެ.

މިމައްސަލާގައި މީޑިއާނެޓުން ބުނަނީ، އެއީ ގަސްދުގައި ކުރިކަމެއް ނޫންކަމަށާއި، އެގޮތަށް ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd