atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
އަޝްކަރުވެރިކަމަށް މަޖިލީހުގެ ރުހުން ހޯދަންޖެހެނީ ރައީސަށް އިތުބާރުނުކުރެވޭތީ
11 މާޗް 2010
image
ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ މާބިރުގަންނަކަމެކެވެ. ރާއްޖޭގެ ޤާނޫނުއަސާސީ ތަރުތީބުކުރެވިފައިވާގޮތުން ބަޔަކު ކިތަންމެ ނުރުހުނަސް ރައްޔިތުންގެ މަޖިލީހަކީ އެންމެ ބާރުވެރިފަރާތެވެ. ތިންބާރު ވަކިވެފައިއޮތަސް ރައްޔިތުންގެ ބާރަކީ ... ތަފްސީލް
 
ކުޅިވަރު
ސީޒަން ހުޅުވާމެޗްގައި މިރޭ ވީބީއާއި ވިކްޓަރީ ބައްދަލު ކުރަނީ
11 މާޗް 2010
image
ފުޓްބޯޅަ ސީޒަން ހުޅުވުމުގެގޮތުން ކުޅޭ ޗެރިޓީ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ އެންމެ ވާދަވެރި ދެކުލަބްކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވީބީ ސްޕޯޓްސް ކުލަބް ބައްދަލްކުރާ މެޗް ގަލޮޅު ... ތަފްސީލް
 
އަދުގެދުނިޔެ
އެމެރިކާއާއި އީރާން އަފްޣާނިސްތާނުގައި ތޮޅެނީ
11 މާޗް 2010
image
ކާބުލް: އެމެރިކާ ލަދުގަންނަވާލުމަށްޓަކައި އީރާނުގެ ރައީސް މަހްމޫދު އަހްމަދީ ނިޖާދު އަފްޣާނިސްތާނަށް ވަޑައިގެންފިއެވެ. ނިޖާދު ވިދާޅުވީ އަފްޣާނިސްތާނުގައި ބައިނަލްއަޤްވާމީ ބާރުތައްކަމަށް ބުނާ ލަޝްކަރުތަކަށް ޓެރަރިޒަމް ނުހުއްޓުވޭނެ ކަމަށާއި، ... ތަފްސީލް
 
އިންޓަރނެޓް މެދުވެރިކޮށް ކުޑަ އަންހެން ކުއްޖަކަށް ބިރުދައްކައި، ބަދުއަޚުލާޤީ ޢަމަލު ހިންގަން އުޅުނުކަމަށް ބެލެވޭ މީހެއްގެ މައްސަލަ ތަހްޤީޤްކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވައިފި
 
03 ޑިސެންބަރ 2009
މުޙައްމަދު ޝާން (ހާމަ ނޫސް)
image
އިންޓަރނެޓްގެ ޒަރީއާއިން ބިރުދައްކައިގެން 14 އަހަރުގެ އަންހެން ކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ ތަހްޤީޤްކުރުމަށްފަހު މިދިޔަ ހަފްތާގެތެރޭގައި ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވައިފިކަމަށް ފުލުހުން ބުނެފިއެވެ.

މިމައްސަލައާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މިމައްސަލަ ފުލުހުންނަށް ފާހަގަކުރެވިފައިވަނީ، މިއަހަރު ކުރީކޮޅު ޕޮލިސް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުން ސްކޫލްތަކަށްގޮސް، ދަރިވަރުންނަށް ޗައިލްޑް އެބިއުސްއާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެގޮތުން ބޭއްވި ސެޝަނެއްގެ ތެރޭގައި ކަމަށެވެ.

އެގޮތުން ސީރިއަސް އެންޑް ކްރައިމް ޔުނިޓާއި ކްރިމިނަލް އިންޓެލިޖެންސް ޔުނިޓާއި، ޑިޖިޓަލް އެވިޑެންސް އެނާލިސިސް ޔުނިޓް ގުޅިގެންކުރި މަސައްކަތުން، އިންޓަރނެޓު މެދުވެރިކޮށް ބިރުދައްކަމުން ދިޔަކަމަށް ބެލެވޭ އިންޓަރނެޓް ކަނެކްޝަން ހޯދުނު ކަމަށާއި، ފުލުހުން އިތުރަށް ބެލިބެލުމުން، އެއިންޓަރނެޓް ކަނެކްޝަންގެެ ވެރިފަރާތުގެ ކޮޓަރިތެރެއިން ފެނުނު 3 ހާރޑް ޑިސްކާއި، 2 މަލްޓީމީޑިއާ ކާރޑާއި، 2 ޕެންޑްރައިވް އެނަލައިޒްކޮށް ބެލިބެލުމުން، އެއަންހެންކުއްޖާއަށް ބިރުދެއްކުމުގެގޮތުން ކޮށްފައިވާ މުޢާމަލާތްތަކެއް ފެނިފައިވާކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ. އެގޮތުން އޭނާ އެއަންހެންކުއްޖާއާއި ޗެޓްކޮށްފައިވާ ޗެޓްލޮގްތަކަކާއި މެއިލްތަކެއްވެސް ފެނިފައިވެއެވެ.

މީގެއިތުރުންވެސް، މިމައްސަލައާއިގުޅިގެން ފުލުހުން އިތުރަށް ބެލިބެލުމުން، ދިވެހި އަންހެންކުދިންގެ އޮރިޔާން ފޮޓޯއާއި، ވީޑިއޯއާއި އޯޑިއޯ ކްލިޕްސްތަކެއްވެސް ފެނިފައިވާ ކަމަށާއި، އެތަކެތި އެނަލައިޒްކޮށް އޭގައި ހިމެނޭ މީހުންތައް ދެނެގަތުމުގެ މަސައްކަތް މިހާރުވެސްދަނީ ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާތަނަށްކުރި ތަހްޤީޤުން މިޢަމަލު ހިންގަމުން ގެންދަނީ އެއިންޓަރނެޓް ކަނެކްޝަންގެ ވެރިފަރާތުންކަން ޔަޤީންކުރެވޭފަދަ ހެކިތައް ލިބިފައިވާ ކަމަށާއި، އޭނާ ވަރަށްގިނައިން އޮރިޔާން ފޮޓޯތައް ތަފާތު އެކި ވެބްސައިޓްތަކަށް އަޕްލޯޑްކޮށްފައިވާކަމަށް ބެލެބޭ ފޮރެންސިކް ހެކިތައްވެސް ލިބިފައިވާކަމަށްވެސް އިންސްޕެކްޓަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.

ހަމްދޫން އިތުރަށް ވިދާޅުވީ، ކުޑަކުދިންނަށް އިންޓަރނެޓް ބޭނުންކުރުމުގެ ފުރުޞަތު ދިނުމުގައި ބެލެނިވެރިން ވަރަށްބޮޑަށް ސަމާލުވުމަށާއި، އެހެންނޫނީ އެކުދިން އެބިއުސްވުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި އެއްވެސްފަރާތަކުން ބިރުދެއްކިނަމަވެސް އެއްވެސް ކުއްޖަކު އެފަދަ ފަރާތްތަކުން ބުނާތަންތަނަށް ނުދިއުމަށާއި އަދި އެމީހުން ބުނާހާގޮތަކަށް ޢަމަލުނުކުރުމަށާއި އަދި އެފަދަ މަޢުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

މިމައްސަލައިގެ ތަހްޤީޤް މަރުހަލާ ނިމިފައިވުމާގުޅިގެން ކޯޓު އަމުރަށް އޭނާ މިހާރުވަނީ ފުލުހުންގެ ބެލުމުގެދަށުން ދޫކޮށްލާފައެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd