atolltech
 
 
 
 
 
ހަބަރު
 
 
ރިޕޯޓް
ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމުގައި މައިނޯރިޓީ ޙައްޤަށް ރައްކާތެރިނުވެއްޖެނަމަ ހީނުކުރާވަރުގެ ދެރަކަންކަމާ ކުރިމަތިލާން ޖެހޭނެ
01 ސެޕްޓެންބަރ 2010
image
ރައީސް ނަޝީދުގެ ސަރުކާރުން ނުބައިނުލަފާކަން ދައްކައިގެން ކާމިޔާބުކުރަން އެންމެބޮޑަށް ބޭނުންވި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އެމްޑީޕީ ބޭނުންވާގޮތަށް ފާސްކުރުމެވެ. ... ތަފްސީލް
 
ކުޅިވަރު
ދިވެހި ލީގުގެ ފަހުބުރު: ވިޔަންސާ ކޮޅަަށް ވީބީން ލަނޑު ގޯންޏެއް ޖަހައިފި
01 ސެޕްޓެންބަރ 2010
image
ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފަހުބުރުގެ ކުޅުން ނިމުމަކަށް އަންނައިރު، އިއްޔެރޭވެސް ވަނީ މިމުބާރާތުގެ ފޯރިގަދަ މެޗެއް ކުޅެފައެވެ. އިއްޔެ ރޭ ގަލޮޅު ރަސްމީ ފުޓްބޯޅަ ... ތަފްސީލް
 
އަދުގެދުނިޔެ
ފްރާންސްގެ މަހާރާނީއަށް އީރާނުގެ ނޫހެއްގައި މަރުގެ އިންޒާރު
01 ސެޕްޓެންބަރ 2010
image
ތެހެރާން: އީރާނުގެ ހަރުކަށި ސިޔާސަތުގެ ނޫހެއްގައި ފްރާންސްގެ މަހާރާނީއަކީ ކަސްބީއެއް ކަމަށްބުނެ ރަޖަމްކުރުމަށް ގޮވާލައިފިއެވެ. އަދި ބުނެފައިވަނީ އީރާނުގައި ޒިނޭކުރާމީހުން ރަޖަމްކުރުުގެ ޙުކުމުގެދަށުން ތަންފީޒުކުރަން އުޅުނު ޙުކުމަކާއި ... ތަފްސީލް
 
ޑިމޮކްރަސީ ފެއަރއަށް 21000 އަށްވުރެ ގިނަމީހުން ޒިޔާރަތްކުރިކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފި
 
15 ނޮވެމްބަރ 2009
އިބްރާހިމް ވަހީދް (އަސްވާޑް)
image
މިދިޔަ ހުކުރުދުވަހު ރެއިންފެށިގެން ދެދުވަހުގެ މުއްދަތަށް މާލޭގައި ބޭއްވުނު ޑިމޮކްރަސީ ފެއަރ ރޭ 11:00 ގައި ނިމުނުއިރު، 21000 އަށްވުރެ ގިނަ ރައްޔިތުން މިފެއަރއަށް ޒިޔާރަތްކުރިކަމަށް ރެކޯޑްތަކުން ދައްކާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިފެއަރ އިންތިޒާމްކުރުމަށް ނެގުނު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ފުރަހަނި ޝުއައިބް އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ރެކޯޑް އަދަދެއްކަމަށެވެ. "މާލޭގެ ދަރުބާރުގޭގެ އެތެރެއާއި ބޭރުގައި މިސަރުކާރުން ފާހަގަކުރި ޑިމޮކްރަސީ ފެއަރއަށް 21500 އަށްވުރެ ގިނަމީހުން ޒިޔާރަތްކުރިކަމަށް އަޅުގަނޑުމެންގެ ރެކޯޑްތަކުން ދައްކަނީ. މިފެއަރ ހުޅުވިރޭ، ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާއި، އާއްމުންގެތެރެއިން ވަޑައިގެންނެވި ބޭފުޅުންގެ ޖުމްލަ އުޅެނީ 7000 ގަ. އިއްޔެ ހަވީރުންފެށިގެން އިރުއޮއްސުމާއިހަމައަށް 4500 މީހުން ޒިޔާރަތްކުރި. އަދި ރޭ 10000 މީހުން ޒިޔާރަތްކުރިކަމަށް ރެކޯޑްތަކުން ފެނޭ" ޑިމޮކްރަސީ ފެއަރއަށް އާއްމުންގެ ތަރުހީބު ލިބުނު މިންވަރު ކިޔައިދެމުން ޝުއައިބް ވިދާޅުވިއެވެ.

ޝުއައިބް ވިދާޅުވިގޮތުގައި، 1993 ވަނަ އަހަރު ދިވެހިރާއްޖޭގައި ސާކް ސަމިޓް ބޭއްވުމަށް ހުޅުވުނު ދަރުބާރުގޭގެ މިދިގު މާޒީގައި އެތަކެއް ނަންނަމުގައި ފެއަރއާއި، ޖަލްސާތަކާއި ޕާޓީތައް ބޭއްވިފައިވާކަމަށެވެ. ނަމަވެސް ޑިމޮކްރަސީ ފެއަރއަށް ޒިޔާރަތްކުރި އަދަދަށް އަދި މިހާތަނަށް ދަރުބާރުގެއަށް އެއް އިވެންޓަކަށް މީހުން ޖަމާނުވާކަމަށެވެ. "ދަރުބާރުގޭގެ ދިގު މާޒީން، މިވަރުގެ ބޮޑު ތަރުހީބެއް ލިބުނު ފެއަރއެއް ނެތް. ރެކޯޑްތަކުން ދައްކަނީ މިއީ އެންމެ ކާމިޔާބު ފެއަރކަމަށް. މީގެއިތުރުން މުޅި ދައުލަތް އެއްތަނަކުން ތަމްސީލުވި ފުރަތަމަ ފެއަރއަށްވެސް މިފެއަރ ވެގެން ހިނގައްޖެ. އަދި ކުރީގެ ދައުލަތްތައް ހިނގާގޮތާއި މިހާރު ދައުލަތް ހިނގާގޮތުގެ ތަފާތު ރައްޔިތުންނަށް ފެނިގެން ހިނގައްޖެ. ދައުލަތުގެ އެންމެހާ މުއައްސަސާތަކާއިބެހޭގޮތުން ކިތަންމެ މައުލޫމާތެއް ރައްޔިތުންނަށް ސާފްވެއްޖެ" ކޮމިޓީ މެމްބަރު ޝުއައިބް ވިދާޅުވިއެވެ.

މިފެއަރގެ މަޤްސަދަކީ ސަރުކާރަށް ހާސިލްކުރެވުނު ކަންތައްތަކާއި، ނުކުރެވޭ ކަންތައްތަކުގެ މައުލޫމާތު އެރުވުންކަމަށާއި، މިގޮތުން ގައުމީ ތަރައްޤީގެ އޮނިގަނޑު އަދި އެމްޑީޕީ އިއްތިހާދުގެ ވެރިކަމަށް އެއްއަހަރު ފުރުނުއިރު ހާސިލުކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ލުއިފޮތުން މިމައުލޫމާތުތައް ލިބެން ހުންނާނެކަމަށްވެސް ޝުއައިބް ވިދާޅުވިއެވެ. މިފެއަރގެ ފުރިހަމަކަމުން، އިތުރު ދުވަސްތަކަކަށް މިފެއަރގެ މުއްދަތު އިތުރުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އެދެމުންދިޔަކަމަށްވެސް ޝުއައިބް ވިދާޅުވިއެވެ.

"ޑިމޮކްރަސީ ފެއަރ 2009" އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިސަރުކާރުން މިއަދު ކުރައްވަމުން މިގެންދަވާ ވެރިކަން ޙަޤީޤަތުގައި ކުރައްވަމުން މިގެންދަވަނީ، ހަމައެކަނި މިއަދު މިރާއްޖޭގައި ތިބި މީހުންގެ މައްޗަށް އެކަންޏެއް ނޫންކަމަށާއި، އެވެރިކަން ކުރައްވަމުން މިގެންދަވަނީ، އަންނަންއޮތް ޖީލުތަކަށާއި، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ ޑިމޮކްރަސީއަށާއި، މުސްތަޤްބަލަށްޓަކައި ކަމަށެވެ. މިފެއަރގައި 100 އަށްވުރެ ގިނަ ސްޓޯލްތައް އާއްމުންނަށް މައުލޫމާތު ދިނުމަށް ހުޅުވާފައިވެއެވެ.

 

 
© 2008 Haama Daily, Ma.Night Rose, Dhilbahaaru Magu, Male' P.O Box 20232, Republic Of Maldives
Tel: (960) 3340077, Fax: (960) 3343726 , E-mail: haama@haamadaily.com
Solution by : Atoll Tech Pvt Ltd