އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
ހަބަރު
ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، ބައެއް މީޑިޔާތަކުން ޕާޓީ ބަދުނާމްކުރާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ހުއްދަ ނުހޯދައި ޑީއާރްޕީގެ ނަމާއި ލޯގޯ ބޭނުންނުކުރުމަށް އިހްތިޖާޖް ޓީމަށް އަންގައިފި
ހުޅުމާލެ ފެރީއަކާއި ލޯންޗެއްޖެހި 11 މީހަކަށް އަނިޔާވެއްޖެ
ޖީސީއީ އޯލެވެލް ނަތީޖާ: ބޭނުންވި ނަތީޖާ ވޭތިވެދިޔައަހަރު ހާސިލް ނުކުރެވުނުކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ
ނައިބު ރައީސް ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ޢާންމު ޚިދްމަތްދޭ ތަންތަން ބައްލަވާލައްވައިފި
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ ރާއްޖެ ވަޑައިގެންފި
ރިޕޯޓް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ ...
ތަފްސީލް
ކުޅިވަރު
ދިޕޫލް 2010 ނިމިއްޖެ
08 ފެބްރުއަރީ 2010
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ. ޖުމްލަ 72 ...
ތަފްސީލް
އަދުގެދުނިޔެ
ޠާލިބާނުންގެ ވެރިޔާ ބަލޫޗިސްތާނުގައިއުޅޭ ކަމާއިމެދު ޝައްކު
08 ފެބްރުއަރީ 2010
ގުއެއްޓާ: ގުއެއްޓާގެ ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި، ތާލިބާނުންގެ އިސްވެރިން އެހިސާބުގައި އުޅެމުންދާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ތުހުމަތުކުރާފަދައިން ތާލިބާނުންނާއި އަލްގައިދާގެ ލީޑަރުން އެހިސާބުގައި އުޅޭނަމަ ...
ތަފްސީލް
އިތުބާރު ނެތްކަމަށް ނެގި ވޯޓުން ޑރ.ޝަހީދު ސަލާމަތްވެވަޑައިގެންފި
މިއީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް: ޑރ.ޝަހީދު
10 ނޮވެމްބަރ 2009
އިބްރާހިމް ވަހީދް (އަސްވާޑް)
ޚާރިޖީ ވަޒީރު ޑރ.އަޙްމަދު ޝަހީދާއި ދެކޮޅަށް އިދިކޮޅު ޑީއާރްޕީ ކޯލިޝަނުން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓް ފާހެއްނުވިއެވެ. ޑރ.ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރަން 39 ވޯޓް ބޭނުންވާއިރު، މިމައްސަލައިގެ ބަހުސް ނިންމުމަށްފަހު ރިޔާސަތުން ވޯޓަށް އެއްސެވުމުން ޑީއާރްޕީ ކޯލިޝަނަށް ލިބިވަޑައިގެންފައިވަނީ 37 ވޯޓެވެ. މިވޯޓްގައި، ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ޕާޓީއާއި އެޕާޓީއަށް ތާޢީދުކުރި މެމްބަރުން ވޯޓްލާ ބަޓަންގައިވެސް އަތްނުލާ ތިއްބެވިއިރު، މިވޯޓްގައި ވަކިކޮޅަކަށް ވޯޓް ނުދެއްވާ 2 މެމްބަރުންވެސް ތިއްބެވިއެވެ. ވޯޓަށް އެއްސެވިއިރު މަޖިލީހުގައި 73 މެމްބަރުން ތިއްބެވިއެވެ. ޤާނޫނުއަސާސީ ބުނާގޮތުން ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްވާނީ މަޖިލިސްގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ކަމަށްވާ 39 ވޯޓު ލިބިގެންނެވެ.
ޕާޓީ ލައިނުން ބޭރުން ވޯޓް ދެއްވުން:
ޑރ.ޝަހީދުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓް ހުށަހެޅި ބަހުސް ކުރިއަށްދިޔައިރު އެންމެބޮޑަށް ފާހަގަކުރެވުނީ، ޑރ.ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓް މަޖިލީހަށް ވެއްދި ލިސްޓުގައި ހިމެނޭ އައްޑުއަތޮޅު ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ "ހެޔޮވިސްނިވަޑައިގެން" އެމްޑީޕީގެ މެމްބަރުންނާއި އެއްކޮޅަށް ވޯޓް ދެއްވުމެވެ.
ޑީއާރްޕީގެ ހަރަކާތްތަކާއި ދުރު، އަދި ދާދިފަހުން އައްޑޫއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އަލްހާން ފަހުމީ މިއަދުގެ ޖަލްސާގައި ވިދާޅުވީ، ޝަހީދާ ދެކޮޅަށް ހުށަހަޅާފައިވަނީ އެކަށީގެންވާ ސަބަބެއް ނޫންކަން ފަހުން ވިސްނިވަޑައިގެންފިކަމަށެވެ. އަދި ޝަހީދާ ދެކޮޅަށް ވޯޓެއް ނަގައިގެން ސަރުކާރު ޒިންމާދާރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށާއި، މިވޯޓް ޑރ.ޝަހީދާއި ދެކޮޅަށް ނެގުމަކީ ހައްގުކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މިކަމާއިގުޅިގެން ޑީއާރްޕީގެ އިސްތަރުޖަމާން އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ޑީއާރްޕީގެ މެމްބަރުން ވޯޓްދެއްވިގޮތް ވަރަށް ސާފްކޮށް ފެންނަން އޮންނާނެކަމަށާއި، އަލްހާން ޑީއާރްޕީގެ ފިކުރާއި ދެކޮޅަށް ވޯޓް ދެއްވި ސަބަބު އެނގިވަޑައިގަންނަވާނީ އަލްހާނަށް ކަމަށެވެ. ނަމަވެސް އަލްހާން މިއަދު އަމަލުކުރެއްވީ އެބޭފުޅުންނަށް ގަބޫލުކުރެވޭގޮތަކަށް ނޫންކަމަށް ވިދާޅުވިއެވެ.
ޑިމޮކްރަސީއަށް ލިބުނު ކާމިޔާބު:
މިމައްސަލާގައި ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އަހުމަދު ޝަހީދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވީ، މިމައްސަލާގައި ދުސްތޫރީ އަދި އިޖްރާތީ މައްސަލަތަކެއް ފާހަގަކުރެއްވޭކަމަށެވެ. މިމައްސަލާގައި ޖަވާބުދާރީވުމަށް ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތު ނުދެއްވާކަމަށާއި، ދައުލަތުގެ ވަޒީރެއްގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ކުރެވިފައިވާއިރު، އެކަމުގެ ހަގީގަތް ބައްލަވާފައިނުވާތީ ހިތާމަކުރައްވާކަމަށެވެ. މިހާރުގެ ސަރުކާރުން އިސްރާއީލާއި ސިޔާސީ ގުޅުންތައް ގާއިމުކޮށްފައިވާކަމަށް ތުހުމަތުކުރެވިފައިވާ މައްސަލަ އަހުމަދު ޝަހީދު ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ މިފަދަ ގުޅުމެއް ރާއްޖެއިން އިސްރާއީލާއި ގާއިމުކޮށްފައި ނުވާނެކަމަށާއި، އެހެންނަމަވެސް ކުރިއްސުރެ އޮންނަ ގުޅުންތަކެއް އޮންނަކަމަށެވެ.
މިއަދުގެ ވޯޓް ޑރ.ޝަހީދަށް ކާމިޔާބުކުރެވުމުން ޝަހީދުވަނީ އެކަމާއި ވަރަށްބޮޑަށް އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގެ ޑިމޮރްސީއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށްވެސް ވިދާޅުވިއެވެ.
ޑރ.ޝަހީދު އިތުރަށް ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުން ޚާރިޖިއްޔާއާއި ބެހޭގޮތުން އެއްވެސްކަމެއް އޮޅުންފިލުވުމަށް ބޭނުންނަމަ އެމަނިކްފާނަށް ދަންނަވާލި ކޮންމެ ވަގުތެއްގައި އެމައުލޫމާތު ހާމަކުރައްވާނެކަމަށެވެ. އިޒްރޭލުގެ މައްސަލާގައިވެސް މެމްބަރުންނަށް އެގޮތަށް އަމަލުކުރެއްވޭނެކަމަށާއި، ނަމަވެސް މައުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވީ އެންމެ މެމްބަރެއްކަން ފާހަގަކުރެއްވިއެވެ.
ރިޝްވަތާއި ނުފޫޒް ފޯރުވުން:
މިއަދުގެ ޖަލްސާގައި މެމްބަރުން ވޯޓްދެއްވިގޮތަށް ބަލާއިރު ވަރަށްބޮޑަށް ރިޝްވަތާއި ފައިސާގެ ނުފޫޒް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ފޯރުވާފައިވާކަމަށް ޑީއާރްޕީން ތުހުމަތުކުރެއެވެ. މިގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ޤައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޑރ.ޝަހީދު މިއަދު ދެއްކެވި ވާހަކަފުޅުގައި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް އިޝާރާތްކުރައްވާ ވާހަކަ ދައްކާފައިވާތީ، ކަމެއް ހިނގާފައިވާކަން ދޭހަވާކަމަށެވެ. އެހެންކަމުން ސަރުކާރުން މިއަދުގެ ވޯޓް ފެއިލްކޮށްލުމުގައި އެކި މެމްބަރުންނަށް ފައިސާއާއި ނުފޫޒް ބޭނުންކޮށްގެން ބިރުދައްކާފައިވާކަމަށެވެ.
އެޕާޓީއަށް ލިބޭނެކަމަށް އުއްމީދުކުރި 4 މެމްބަރެއްގެ ވޯޓް ނުލިބޭކަންވެސް ޑީއާރްޕީންވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއްކަމެއް ވިދާޅެއްނުވެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމްވެސް ވިދާޅުވީ "އަޑި ނޭނގޭ" ކަންތައްތަކެއް ހިނގާފައިވާކަމަށެވެ. ނަމަވެސް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ 37 މެމްބަރުން ޑރ.ޝަހީދުގެ އިތުބާރުނެތްކަމަށް ވިދާޅުވިކަމީ ލިބުނު ކާމިޔާބެއްކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ޑރ.ޝަހީދުގެ އަމަލްތަކަށް ބަލައި ސަރުކާރު ޒިންމާދާރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށެވެ.
ރިޝްވަތާއި ފައިސާގެ ނުފޫޒް ފޯރުވައި ބިރުވެސް ދެއްކިކަމަށް ޑީއާރްޕީގެ ބައެއް މެމްބަރުން ކުރެއްވި ތުހުމަތު އެމްޑީޕީންވަނީ ވަރަށްބޮޑަށް ކުށްވެރިކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ޑީއާރްޕީން ބުނުމަކީ ހިތާމަވެރިކަމެއް ކަމަށާއި، އެފަދަ ވާހަކަތައް ނުދެއްކުމަށް އެޕާޓީންވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންގެ ހައްގުގައި، ޑީއާރްޕީގެ މެމްބަރުންނާއި، މިނިވަން މެމްބަރުން އަދި އެމްޑީޕީގެ ހުރިހާ މެމްބަރުން އަމަލްކުރެއްވިގޮތަށް އެޕާޓީންވަނީ ޝުކުރުއަދާކޮށްފައެވެ.
މަޖިލިސް ބޭރުގައި މުޒާހިރާ:
ޚާރިޖީ ވަޒީރު ޑރ.އަޙްމަދު ޝަހީދާއިދެކޮޅަށް މިއަދު ހުށަހެޅި މައްސަލައާއިދެކޮޅު ހެދުމުގެގޮތުން ވެރިކަންކުރާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރިއަށް އެއްވެ ވަނީ ނުރުހުން ފާޅުކޮށްފައެވެ. ހެނދުނު ޖަލްސާ ފެށިއިރު މަދު އަދަދެއްގެ ބަޔަކު ތިބިނަމަވެސް، ޖަލްސާ ކުރިއަށްދިޔަވަރަކަށް އެތަނަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ޑީއާރްޕީއަށް ނިސްބަތްވާ މެމްބަރުންގެ އިސްތިޢުފާއަށް ވަނީ ގޮވާފައެވެ. ދޭތެރެދޭތެރެއިން ސަލާމަތީ ސަފު ފޫއަޅުވާލައި، އެމްޑީޕީގެ ސަޕޯޓަރުން ނުކުންނަން މަސައްކަތްކުރިނަމަވެސް، ފުލުހުންގެ ގިނަ އަދަދެއްގެ ބަޔަކުދިޔައީ އެސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. ދޭތެރެ ދޭތެރެއިން އެމްޑީޕީގެ މަޖިލިސް މެމްބަރުން އެސަރަހައްދަށް ވަޑައިގެން އެސަރަހައްދުގައި ސުލްހަވެރިކަމާއެކު ތިބުމަށް އެދިވަޑައިގަންނަވައެވެ.
ޚާރިޖީ ވަޒީރު ޑރ.އަޙްމަދު ޝަހީދާއި ދެކޮޅަށް އިދިކޮޅު ޑީއާރްޕީ ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްނުވެ، މަޖިލީހުގައި ނެގުނު ވޯޓްގައި ޝަހީދަށް ކާމިޔާބުވެވަޑައިގެންވުމުން އެމްޑީޕީގެ ސަޕޯޓަރުން ގެންދަނީ އުފާފާޅުކުރަމުންނެވެ. މިމައްސަލައަށް ނުރުހުން ފާޅުކޮށް މަޖިލީސް ކައިރިއަށް އެއްވި އެމްޑީޕީގެ ދިދަ ހިފައިގެންތިބި ސަޕޯޓަރުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ގެކޮޅުދޮަށަށްގޮސް، ޝާހިދުގެ އިސްތިޢުފާއަށްވެސް ގޮވާފައެވެ. ނަމަވެސް މާގިނައިރުތަކެއްނުވެ، އެމީހުންވަނީ އެސަރަހައްދު ދޫކޮށް ހަރުގެއަށްގޮސް އުފާފާޅުކުރަން ފަށާފައެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް