އަރުޝީފް
2007
2008
2009
2010
ޖެނުއަރީ
ފެބްރުއަރީ
މާޗް
އޭޕްރިލް
މެއި
ޖޫން
ޖުލައި
އޮގަސްޓު
ސެޕްޓެންބަރ
އޮކްޓޫބަރ
ނޮވެމްބަރ
ޑިސެންބަރ
Mo
Tu
We
Th
Fr
Sa
Su
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
ހަބަރު
ފަރުދީގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް އެމްޑީޕީގެބޮލުގައި އަޅުވައި، ބައެއް މީޑިޔާތަކުން ޕާޓީ ބަދުނާމްކުރާކަމަށްބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ހުއްދަ ނުހޯދައި ޑީއާރްޕީގެ ނަމާއި ލޯގޯ ބޭނުންނުކުރުމަށް އިހްތިޖާޖް ޓީމަށް އަންގައިފި
ހުޅުމާލެ ފެރީއަކާއި ލޯންޗެއްޖެހި 11 މީހަކަށް އަނިޔާވެއްޖެ
ޖީސީއީ އޯލެވެލް ނަތީޖާ: ބޭނުންވި ނަތީޖާ ވޭތިވެދިޔައަހަރު ހާސިލް ނުކުރެވުނުކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ
ނައިބު ރައީސް ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ޢާންމު ޚިދްމަތްދޭ ތަންތަން ބައްލަވާލައްވައިފި
އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ ރާއްޖެ ވަޑައިގެންފި
ރިޕޯޓް
ރީތިފެނުގެ ސަބްސިޑީ ހުއްޓާލައި، ބަންގާޅީންނަށް ހިލޭ ފެންދޭ ސިޔާސަތު ނިމުމަކަށްގެނެސް، މާލޭގައި ފަގީރުންތިބިނަމަ، ކަރަންޓުގެ އެހީ ދޭގޮތަށް، ފެނުގެ އެހީ ދޭންޖެހިފައި!
08 ފެބްރުއަރީ 2010
ސަރުކާރުގެ އޮފީހަކުން މާލޭ ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތެއްގެގޮތުގައި ހަމަޖެހިފައިއޮތް އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް، ކުންފުންޏެއްގެ ނަމުގައި ދޭންފެށީ ކޮން ވިސްނުމެއްގައި ހެއްޔެވެ. ކޮންމެ ރިޔާސީ ކެންޕޭނެއްގައި ކަރަންޓުގެ ...
ތަފްސީލް
ކުޅިވަރު
ދިޕޫލް 2010 ނިމިއްޖެ
08 ފެބްރުއަރީ 2010
މެލޭޝިޔާގަައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންގެމެދުގައި އެކުވެރިކަން އާލާކުރުމުގެގޮތުން ބޭއްވި ބިލިޔާޑު މުބާރާތް "ދިޕޫލް 2010" ވަރަށް ފޯރިގަދަ މެޗުތަކަކަށްފަހު ނިމިއްޖެއެވެ. ޖުމްލަ 72 ...
ތަފްސީލް
އަދުގެދުނިޔެ
ޠާލިބާނުންގެ ވެރިޔާ ބަލޫޗިސްތާނުގައިއުޅޭ ކަމާއިމެދު ޝައްކު
08 ފެބްރުއަރީ 2010
ގުއެއްޓާ: ގުއެއްޓާގެ ފުލުހުންގެ ވެރިޔާ ވިދާޅުވިގޮތުގައި، ތާލިބާނުންގެ އިސްވެރިން އެހިސާބުގައި އުޅެމުންދާކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ތުހުމަތުކުރާފަދައިން ތާލިބާނުންނާއި އަލްގައިދާގެ ލީޑަރުން އެހިސާބުގައި އުޅޭނަމަ ...
ތަފްސީލް
ރާއްޖޭގައި ޑިމޮކްރަސީގެ ހެޔޮ ވެރިކަމެއް ފެށިތާ އެއްއަހަރު ފުރުން އެމްޑީޕީން މަގުމަތީގައި ފާހަގަކޮށްފި
ހިނގާލުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިނުގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ: އެމްޑީޕީ
10 ނޮވެމްބަރ 2009
އިބްރާހިމް ވަހީދް (އަސްވާޑް)
ރާއްޖޭގައި ބޭއްވުނު ގިނަ ޕާޓީ ވާދަކުރި ފުރަތަމަ ރިޔާސީ އިންތިޚާބު، އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައި، ޑިމޮކްރަސީގެ އުޞޫލުން އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެމަނިކުފާނު ވެވަޑައިގެން ސަރުކާރު ހިންގަވަން ފެއްޓެވިތާ އެއްއަހަރު ފުރުމުގެ މުނާޞަބަތުގައި އެމްޑީޕީން އިންތިޒާމްކޮށްގެން މާލޭގައި ޚާއްޞަ ހިނގާލުމެއް ބާއްވައިފިއެވެ.
ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި، އިއްޔެ ހަވީރު 4.00 ގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން މަޖީދީ މަގު ހުރި ގޮތަށްގޮސް އާރޓިފިޝަލް ބީޗް ސަރަހައްދަށް ނިންމާލި މިހިނގާލުމުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީއާއި، ޗެއަރ ޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ އިތުރުން ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ވަރަށްގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާޢީދުކުރާ ވަރަށްގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ.
މަގުމަތީގައި މުޒާހިރާ ކުރިއަށްދިޔައިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކް ވިދާޅުވީ، ސަރުކާރަށް އެއްއަހަރު ފުރޭއިރު އިދިކޮޅު ޑީއާރްޕީން ޒިންމާދާރުގޮތެއްގައި ހަރަކާތްތެރިވެވަޑައިގަންނަވާތަން ނުފެންނަކަމަށެވެ. އޭގެބަދަލުގައި ޑީއާރްޕީގެ މެމްބަރުންގެ ކިބައިން ފެންނަނީ ސަރުކާރަށް ޖެއްސުންކޮށް، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓާއި، ޕެޓިޝަންތަކާއި ކުއްލި މައްސަލަ މަޖިލީހަށް ވައްދާ މަންޒަރުކަމަށެވެ. އެހެންކަމުން ޑީއާރްޕީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއަކަށްވުމަށް މޫސަ ގޮވާލެއްވިއެވެ.
އެމްޑީޕީން މިބޭއްވި ކާމިޔާބު ސުލްހަވެރި ހިނގާލުން އާރޓިފިޝަލް ބީޗަށް ނިންމާލުމަށްފަހު އިއްތިހާދުގެ ބޭފުޅުން ހިނގާލުމުގެ ބައިވެރިންނާ މުޚާޠަބު ކުރެއްވިއިރު މިހިނގާލުމުގެ ބައިވެރިން އެތުރިގެންތިބީ އާރޓިފިޝަލް ބީޗްގައި އެމްޑީޕީން އެންމެ ފުރަތަމަ ބޭއްވި މުޒާހަރާގެ ހަނދާން އާކުރުމުގެގޮތުން އެމުޒާހަރާގައި އެތުރިގެން ތިބި ބުރުގެ ވަށައިގެންނެވެ.
މިހިނގާލުމުގެ ބައިވެރިންނާ މުޚާޠަބު ކުރެއްވި ބޭފުޅުންގެތެރޭގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީއާއި، ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު އަހުމަދާއި، ގައުމީ އިއްތިހާދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީއާއި، މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ލީޑަރު މުހައްމަދު ނަޢީމްއާއި، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އިބްރާހީމް ދީދީ ވާހަކަފުޅު ދެއްކެވިއެވެ.
ރާއްޖޭގައި 30 އަހަރު ވަންދެން ހިންގަމުން ދިޔަ ސަރުކާރު، ޑިމޮކްރަސީގެ ރިވެތި އުޞޫލާ އެއްގޮތަށް ޤާނޫނީ ހަމަތަކުގެމަތިން ވައްޓާލައި، ރައްޔިތުންގެ ސަރުކާރެއް ޤާއިމްވިތާ އެއްއަހަރުފުރުން ފާހަގަކުރުމަށް މިބޭއްވި ޚާއްސަ ހިނގާލުމުގައި ބޯވާރޭގެތެރޭގައި އެމްޑީޕީގެ އެތައްސަތޭކަ ސަޕޯޓަރުންނާއި، ސަރުކާރަށް ތާޢީދު ކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިކަން ރަމްޒުކޮށްދެނީ އަދުގެ އޯގާތެރި ސަރުކާރަކީ ރައްޔިތުން ބަލައިގަންނަ، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ ސަރުކާރެއްކަން، ކަމަށް އެމްޑީޕީން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާގޮތަށް ކުރިން ހަމަޖެހިފައިއޮތް މިހިނގާލުމުގައި، ރައީސް ނަޝީދު ބައިވެރިވެވަޑައިނުގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މިލިޔުމަށް ހިޔާލުފާޅުކުރެއްވުމަށް
ނަން
އީމެއިލް
ހިޔާލް